އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައިބު ރައީސް ފިންލޭންޑަށް ވަޑައިގެންފި

ނައިބު ރައީސް ފިންލޭންޑަށް ވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

އައިޓީބީ ފެއާގައި ބައިވެރިވެ ވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް ފިންލޭންޑަށް ވަޑައިގެންފިއެވެ.

 

އެނގިފައިވާ ގޮތުގައި އެމަނިކުފާނު ފިންލޭންޑަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ.

 

ނައިބު ރައީސް ފައިސަލް ނަސީމް ފިންލޭންޑަށް މިފެއްޓެވި ދަތުރުފުޅަކީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކަންކަން މިހާރަށްވުރެ ރަނގަޅު ކުރެއްވުމަށްޓަކައި އެޤައުމުގެ ތައުލީމީ ދާއިރާގެ ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާތައް ކުރެއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓަރާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ އަދި ސޯޝަލް ސެކިއުރީޓީ އެޑްވައިޒަރު ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

 

ފިންލޭންޑަށް ފުރާވަޑައިގެންނެވުމުގެ ކުރިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ނިޒާމަށް ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އަދި ތައުލީމީ ނިޒާމަށް ބަދަލުތައް އަންނަން ޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާލުވިއެވެ.

 

ފިންލޭންޑަކީ މުޅި ދުނިޔޭގައިވެސް އަދި ޔޫރަޕްގައިވެސް އެންމެ ކުރިއަރާފައިވާ ތައުލީމީ ނިޒާމް އޮތްތަން ކަމަށް ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ނިޒާމް ބަދަލު ކުރުމަށްޓަކައި ގެނެވޭނީ ކޮންކޮން ބަދަލުތަކެއްތޯ ބަލައި ފިންލޭންޑުގެ ތަޖުރިބާ އާއި މިހާރު ހޯދާފައިވާ އެ ކުރިއެރުން ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް ގެންނަން ބޭނުންވާ ކަމުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ