އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މިބުނާ ގޮތަށް ފާފަ ފުއްސެވުމަށް އެދޭ މީހާގެ މަރު ގެންދަވާނީ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާ ހާލުގަ!: މުފްތީ މެންކް

މިބުނާ ގޮތަށް ފާފަ ފުއްސެވުމަށް އެދޭ މީހާގެ މަރު ގެންދަވާނީ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާ ހާލުގަ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 57 ސިކުންތު

އެންމެ ކާމިޔާބު މީހަކީ ކޮބައިތޯ؟ ސުވާލުކޮށްފިނަމަ ގިނަ ބައަކު އަބަދުވެސް ބުނާނީ ޤައުމުގެ އެންމެ އިސް ވެރިން ނުވަތަ އެންމެ ބޮޑެތި ބިލިއަނަރުންގެ ވާހަކައެވެ. އެންމެ ރަނގަޅު މީހަކީ ކޮބައިތޯ؟ ސުވާލުކޮށްފިނަމަ އެންމެ ގިނައިން މީހުންނަށް ފައިސާ ބަހައި ނުވަތަ އެހެން ގޮތަކުންވެސް އެހީތެރިވާ މީހެއްގެ ވާހަކައެވެ. 

މިއީ ދުނިޔަވީ ނަޒަރަކުން ބެލުމުން ކަންކަން ފެންނަ ގޮތެވެ. ވިސްނައި ޤަބޫލުކުރެވޭ ގޮތެވެ. ނަމަވެސް މިއީ ޙަޤީޤަތެއް ނޫނެވެ. އެންމެ ކާމިޔާބު މީހަކީ އެންމެ ގިނައިން ތައުބާވާ މީހާއެވެ. ގިނަ ގިނައިން ދެއަތް އުފުލައި "ޔާ ﷲ! މިއަދުވެސް މިއަޅާއަށް އެނގިގެންނާއި ނުއެނގި ހުރެ ހާދަހައިވާ ގިނަ ފާފަތަކެއް ކުރެވިއްޖެއެވެ. މިއަޅާގެ ފާފަތައް ފުއްސަވައިދޭނވެ! މިއަޅާ ގެއިން ނުކުތުމުން ވަނީ ބަލައިގެން ނުވާނެ އެތައް ތަނަކަށް ބެލިފައެވެ. ޝައިޠާނާ ވަނީ މިއަޅާގެ ހިތަށް ނުބައި ވަސްވާސްތައް ވައްދުވައިފައެވެ. އަދި މިއަޅާގެ ބަލިކަށިކަމުން މިވެނި އެވެނި ފާފަތަކެއް މިއަދުވެސް ވަނީ ކުރެވިފައެވެ. ޔާ ﷲ! މިއަޅާއަށް ޤަޞްދުގަ އާއި ޤަޞްދަކާއި ނުލައި ކުރެވުނު ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާނދޭވެ!" ދަންނަވާ މީހާއެވެ! އެންމެ ރަނގަޅު މީހަކީ އެންމެ ވަރުގަދައަށް ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ހުންނަ މީހާއެވެ! 

އަހަރެމެން ކޮންމެ މީހަކީ ވެސް އަޖަލު ހަމަވުމުން ދުނިޔެ ދޫކޮށް ކައްވަޅަށް ދާންޖެހޭނެ މީހެކެވެ. އެއްވެސް މީހަކު މިކަމަށް ދެކޮޅެއް ނުހަދާނެއެވެ. ހަމައެކަނި ނުއެނގެނީ އަޖަލު ހަމަވެ ދުނިޔެ ދޫކުރަންޖެހޭނެ ދުވަހާއި ވަގުތެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢަލާއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޛިކްރް ކުރުމާއި ފާފަފުއްސެވުން އެދި ދުޢާ ކުރަމުން ދުވަސް ފަށާށެވެ! އަދި ދުވަސް ފަށައިގެން ނިމޭއިރު މަދުވެގެން 100 ފަހަރު ތައުބާވުމަށް މަސައްކަތްކުރާށެވެ. ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދޭށެވެ! އަދި ހަމަ އެގޮތަށް ދުވަސް ނިންމައިވެސްލާށެވެ! އެކަން ކުރެވޭނީ އެކަމަށް ވަރަށް ބޮޑަށް ވިސްނައި މަސައްކަތް ކޮށްގެންނެވެ. މިސާލަކަށް ވަރުބަލިވެ ނިދި އައިސްގެން ހުރެ ނިދަން އޮށޯންނަ މީހާއަށް އެކަމެއް ނުކުރެވޭނެއެވެ. އެކަން ކުރެވޭނީ ހަމަ ޖެހިލައިގެން ހުރު ނިދަން އޮށޯންނަ މީހަކަށެވެ. ނިދުމުގެ ކުރިން ކިޔަން ޖެހޭ ޛިކްރްތައް ކިޔައި ދުޢާތައް ކޮށްލާނެ ވަގުތު ލައިގެން ނިދަން އޮށޯންނަ މީހަކަށެވެ. އެކަމުގައި ރަސޫލް (ޞޢވ) ވަނީ މީސްތަކުންނަށް ނަމޫނާ ދައްކަވައިދެއްވަވައިފައެވެ. އަހަރެމެންނަށް އޮތީ އެގޮތުގައި ހިފެހެއްޓުމެވެ. 

ފެންނަން ހުރި ކަންކަމަށްބަލާއިރު ދޭން އޮތީ ވަރަށް އުފާވެރި ޚަބަރެކެވެ. މި ބުނި ގޮތަށް ފާފަތައް ފުއްސެވައި ދެއްވެވުން އެދި އެދި ހުންނަ މީހާ މަރުވާ ދުވަހު މަރުވާނީ ފާފަތައް ފުއްސަވައި ދެއްވަވާފައިވާ އަޅެއްގެ ގޮތުގައެވެ! އިން ޝާ ﷲ! 

ތިބާ ކޮން މެ ދުވަހަކު އެތައް ފަހަރަކު ތައުބާވެއެވެ! މަރުވި ދުވަހު ވެސް ދުވަސް ފެށީ ތައުބާވުމުންނެވެ. ވީއިރު ތިބާ ކޮންމެ ދުވަހަކު ﷲ ތަޢާލާގެ ޙަޟްރަތުގައި ފާފަތައް ފުއްސަވައި ދެއްވެވުން އެދި ކުރި ހުރިހާ އާދޭސްތަކުން ތިބާއަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް ހީކުރުމެއް ނެތެވެ! އިސްލާމް ދީނަކީ އުންމީދު ކުރުމުގެ ދީނެވެ! ނަމަވެސް ހަމައެކަނި އުންމީދެއް ނޫނެވެ! އަމަލުކުރުމާއިވެސް އެކުގައެވެ. 

ހިތަށް ގެންނާށެވެ! ތިބާ މަރުވި ދުވަހު ހެނދުނު ވެސް ތިބާ ހުރީ ކުރަންޖެހޭ ކަންކަން ކޮށްގެންނެވެ. އެގޮތުގައި ހުއްޓައި ތިބާގެ ފުރާނަ ހިއްޕެވީއެވެ. ތިބާގެ ފުރާނަ ވަގުތުން އުޑަށް އުފުލޭނެތެވެ! އުފާވެރި ވަގުތަކީ އެއީއެވެ. އެ ފުރާމައަށް މަލާއިކަތުން މަރްޙަބާ ވިދާޅުވާނެއެވެ. ހެޔޮ ދުޢާ ކުރައްވަވާނެއެވެ. އިތުރަށް ބޭނުންވާނީ ކޮން ކަމެއް ހެއްޔެވެ؟ ހުރިހާ ކަމެއް ޙާޞިލުވެ ނިމުނީ ނޫން ހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

 

 

އާރޓިކަލް ރޭޓްކުރައްވާ


34%
ވ.ރަނގަޅު
15%
ރަނގަޅު
16%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް