އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދިރިއުޅުމަކީ އިމްތިހާނެއް ކަމުގައި މާތް ﷲ ލެއްވެވީ ކީއްވެ؟ - މުފްތީ މެންކް

ދިރިއުޅުމަކީ އިމްތިހާނެއް ކަމުގައި މާތް ﷲ ލެއްވެވީ ކީއްވެ؟ - މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 32 ސިކުންތު

ދަރުހެއްގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު އަރިހު ކުޑަ ކުއްޖަކު ސުވާލެއް ކުރެއެވެ.

 

"ދިރިއުޅުމަކީ އިމްތިހާނެއްގެ ގޮތުގައި މާތް ﷲ ލެއްވެވީ ކީއްވެ؟" ހެއްޔެވެ.

 

މުފްތީ މެންކު ވިދާޅުވިއެވެ.

 

"ތިޔައީ ވަރަށް ރަނގަޅު ސުވާލެކެވެ. ކޮންމެ އިމްތިހާނަކަށް ފަހު ވެސް އިނާމު ދިނުމުގެ ޚަފްލާއެއް އާދޭ ދޯއެވެ. އިމްތިހާނުގައި ރަނގަޅަށް މަސައްކަތް ކޮށްފައިވާ އަދި ރަނގަޅު ނަތީޖާއެއް ލިބިފައިވާ ކުދިންނަށް ނުވަތަ މީހުންނަށް އިނާމު ލިބޭ ނޫންެހެއްޔެވެ. ދިރިއުޅުމަކީ ވެސް އެފަދަ އިމްތިހާނެކެވެ. މާތް ﷲ ވަނީ އެއިމްތިހާނުން ފާސްވާ ނުވަތަ ރަނގަޅު ނަތީޖާއެއް ހޯދާ ކުދިންނަށާއި މީހުންނަށް އެންމެ މޮޅު އަދި އެންމެ ރީތި އިނާމު ތައްޔާރު ކުރައްވާފައެވެ. އެއީ 'ޖަންނަތު' (ސުވަރުގެ) އެވެ.

 

އެތަނުގައި (ސުވަރުގޭގައި) އަހަރުމެން މުޅި އުމުރަށް ދިރިހުންނާނެއެވެ. އަދި ބޭނުން ކޮންމެ އެއްޗެއް އެތަނުން ލިބެން ހުންނާނެއެވެ. ބޭނުން ކޮންމެ އެއްޗެއް ލިބެން ބޭނުން ނުވާނެ ހެއްޔެވެ؟ އެހެންކަމުން، އެއިނާމު ހާސިލު ކުރުމަށްޓަކައި މިއިމްތިހާނުން ފާސްވާން އެބަޖެހެއެވެ. މިދުނިޔޭގައި އުޅޭއިރު ކޮންމެ ކަމަކާއި ކުރިމަތިވި ނަމަވެސް ހިތްވަރު ކޮށްފައި ހަނދާނުގައި ބަހައްޓަންވީ، މިއަށްވުރެ ރަނގަޅު، މިއަށްވުރެ އުފާވެރި ތަނެއް މާތް ﷲ ތިމަން އަށް ލިބުމަށް އިރާދަކުރައްވާފައިވާ ކަމަށެވެ. އަދި ހެޔޮ ޢަމަލުކޮށް މަސައްކަތް ކުރަންވީ އެއިނާމާއި ހަމައަށް ދެވޭތޯއެވެ.

 

މިދުނިޔޭގެ ޙަޔާތަކީ އިމްތިޙާނެއްގެ ގޮތުގައި މާތް ﷲ ލެއްވެވީ، ތާއަބަދު ދެމިހުންނާނެ ތަނެއް ތަޤްވާރެރިންނަށް ދެއްވުމަށެވެ."

އާރޓިކަލް ރޭޓްކުރައްވާ


26%
ވ.ރަނގަޅު
13%
ރަނގަޅު
20%
އޯކޭ
40%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ