އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕްރޮފެސަރުންނަށް ވިހިހާސް، ޕޯޑިއަމްގަ އަޑުގަދަކުރީމަ ސާޅީސްހާސް ދީގެން ޒުވާނުންގެ "މެންޓަލް ހެލްތް" ރަނގަޅު ކުރެވޭނެތަ؟

ޕްރޮފެސަރުންނަށް ވިހިހާސް، ޕޯޑިއަމްގަ އަޑުގަދަކުރީމަ ސާޅީސްހާސް ދީގެން ޒުވާނުންގެ "މެންޓަލް ހެލްތް" ރަނގަޅު ކުރެވޭނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 8 ސިކުންތު

ދިވަހި ޒުވާނުންނަކީ މާބޮޑަށް "މެންޓަލް ހެލްތް" ދަށްވެ ފަރުވާ ހޯދަން ޖެހިފައިވާ ބައެއް ކަމަށްވެގެން އޮސްޓްރޭލިއާ އާއި އެހެންވެސް ޤައުމުތަކުގެ ބޮޑެތި ތަޖުރިބާކާރުން ރާއްޖެ އައިސް ހަރަކާތްތެރިވަމުން އަންނަ ކަމުގެ ވާހަކަތައް އެބަ ދެކެވެއެވެ. 

މިފަދަ ވާހަކަތައް ދެކެވޭއިރު ޒުވާނުންނަށް އެންމެ ބޮޑުވެފައި މިވަނީ 2 މައްސަލައެކެވެ. އެއް މައްސލައަކީ ކިޔެވި ނަމަވެސް ދިރިއުޅެލެވޭވަރުގެ މުސާރަ ނުލިބޭ މައްސަލައެވެ. ދެވަނަ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ. ދެން ހުރި ހުރިހާ މައްސަލަތަކެއް ވަށައިގޮސް ގުޅެނީ މި ދެ މައްސަލަ ޢާއިއެވެ.

ރާއްޖޭގައި ތިއްބެވި ޕްރޮފެސަރުން ފެންވަރުގެ ބޭފުޅުން ތިއްބެވީ ޤައުމީ ޔުނިވަރސިޓީގައެވެ. އެބޭފުޅުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވަނީ މަހަކު 20000 ރުފިޔާ ވަރެވެ. އެއްވެސް ތައުލީމެއް ނެތި ނަމަވެސް ނުވަތަ ކޮންމެވެސް ޑިގްރީއެއް ލިބިގެން ނަމަވެސް ޕޯޑިއަމްތަކުގައި އަޑުގަދަކުރީމާ ލިބޭ ސިޔާސީ ވަޒީފާގައި މަހަކު 30000 ރުފިޔާ އާއި 40000 ރުފިޔާއިން މަތީގެ މުސާރަތައް އެބަ ލިބެއެވެ. 

މިކަން މިހެން އޮތްއިރު ޕޯސްޓް ބެހުން ފަދަ ކަންކަމުގައި އުޅޭތަން ފެންނަނީ ބިދޭސީންނެވެ. ބިދޭސީންނަށް ކޭޝިއަރުކަން ނުކުރެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް ފިހާރަތަކާއި ހޮޓާތަކުގައި ފައިސާ ބަލައިގަންނަން ތިބެނީ ވެސް ބިދޭސީންނެވެ. މާރުކޭޓު ގޮޅިތަކުގައި ބިދޭސީންނަށް މަސައްކަތް ނުކުރެވުނު ނަމަވެސް ގޮޅިތަކުގައި މަސައްކަތް ކުރަނީ ބިދޭސީންނެވެ. ކުނިކަހާ މީހަކަށް މަހަކު 30000 ރުފިޔާ ލިބޭ އަގުބޮޑު ރިޒޯޓުތަކުގައި ކުނިކަހަންވެސް ތިބެނީ ބިދޭސީންނެވެ. 

"ގޮތް ބަލައިލަން ނަމަވެސް މަހަކު 30000 ލިބޭނެ ގޮތަށް ކުނިކެހުމުގެ ވަޒިފާގެ ފުރުޞަތު ނިކަން އަހަރެމެންނަށް ހުޅުވާލަބަލަ! ކުރިމަތިލަނީ ކިތައް ހާސް ޒުވާނުންކަން އެނގިގެންދާނެ. އަހަރެމެން މިބަލަނީ މަޤާމަކަށް ނޫން. މަޤާމަށް ކިޔާ ނަމަކަށް ނޫން. ލިބޭ މުސާރައަށް." ކަމަށް ބުނާ ޒުވާނުން މަދެއް ނޫނެވެ. 

މި ލިސްޓް ކިތަންމެ ހައިވެސް ދިގުކުރެވިދާނެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު ރާއްޖެއިން އަބަދުވެސް ނަމޫނާއަކަށް ބަލައި ނަމޫނާއަކަށް ދައްކާ ސިންގަޕޫރުގައި މަސްތުވާތަކެތީގެ މައްސަލަތަކެއް ނެތެވެ. އެތެރެ އެއްވެސް ނުކުރެވެއެވެ. ރާއްޖޭގައި ލިބުން އެންމެ ފަސޭހައީ މަސްތުވާތަކެއްޗެވެ.  

މި ދެ މައްސަލަ އަށް ޙައްލެއް ނުހޯދައި ޒުވާނުންނަށް ކުރިމަތިވެފައިވާ "މެންޓަލް ހެލްތް" މައްސަލަތަކާއި މުޅި ޤައުމުގައި އޮތް އިޖުތިމާޢީ މައްސަލަތައް ހައްލުކުރެވޭނެ ގޮތެއް އޮތް ކަމަށް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ. ގިނަ ބައަކު ބުނަނީ ދޮން މީހުންގެ ފިކުރާ އުޞޫލުތަކުން ފަރުވާދީގެން މިމައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ. އެފަރުވާއިން ކުރެވޭނެ ހަމައެކަނި ކަމަކީ ޒުވާނުން އިސްލާމް ދީނާއި ދުރަށް ޖެއްސުން ކަމަށެވެ. އެކަން ކުރެވިދާނެ ކަމަށެވެ. 

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ދިވެހި ޒުވާނުންނަށް މިއަދު ބޭނުންވަނީ ދިރިއުޅެލެވޭވަރުގެ މުސާރައެއް ލިބޭނެ ވަޒީފާއެވެ. އިސްލާމީ ތަރުބިއްޔަތެވެ. ހުޅަނގުގެ ފިކުރު އަށަގެންނެވުމެއް ނޫނެވެ! އިސްލާމް ދީނުގެ ތެރެއިން މައްސަލަތައް ހައްލުކުރުމުގެ ހުނަރެވެ! އެކަންކަން ފުރިހަމަކޮށްދެވިއްޖެނަމަ "މެންޓަލް ހެލްތް"ގެ ހުރިހާ މައްސަލަތަކެއް ފިލުވައިލެވިދާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް