އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންގްލަދޭޝްގައި ހިންގި މާރާމާރީއެއްގައި މަރާލީ ދިވެއްސެއް ނޫން: ފޮރިން މިނިސްޓްރީ

ބަންގްލަދޭޝްގައި ހިންގި މާރާމާރީއެއްގައި މަރާލީ ދިވެއްސެއް ނޫން: ފޮރިން މިނިސްޓްރީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 36 މިނެޓް, 4 ސިކުންތު

ބަންގްލަދޭޝްގައި އިއްޔެ ހިނގި މަރާމާރީއެއްގައި ދިވެއްސަކު މަރުވެފައިވާ ކަމަށް ފެތުރެމުން އައި ވާހަކަ ރާއްޖޭގެ ފޮރިން މިނިސްޓްރީން ދޮގު ކޮށްފިއެވެ.

 

"މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ މިއުވާން މުޙައްމަދު ވިދާޅުވީ، ބަންގްލަދޭޝްގައި ހިންގި މާރާމާރީއެއްގައި ދިވެއްސަކަށް ހަމަލާދީ މަރާލާފައިވާ ކަމުގެ މައުލޫމާތު ލިބިގެން އެމްބަސީން އެކަމުގެ މައުލޫމާތު ހޯދި ހޯދުމުން އެނގިފައިވަނީ އެއީ ދިވެއްސެއް ނޫން ކަމަށެވެ.

 

"އެއީ ދިވެއްސެއް ނޫން. އެކަމަކު އަޅުގަނޑަށް ބޮޑަށް ހީވަނީ ރާއްޖޭގައި މަސައްކަތް ކުރި ބިދޭސީއެކޭ ލިޔަން ވެގެން ކަންނޭނގެ ދިވެއްސެއް ކަމަށް ލިޔެފަ އެއިނީ. އަޅުގަނޑުމެންނަށް އެކަހަލަ ގޮތަކަށް މައުލޫމާތު ލިބިފައިވަނީ، އެއީ ރާއްޖޭގައި ކުރިން މަސައްކަތް ކުރި ބިދޭސީއެއް ކަމަށް. ކޮންމެހެނަކަސް އެއީ ދިވެއްސެއް ނޫން." މިއުވާން ވިދާޅުވިއެވެ.

 

ބަންގްލަދޭޝްގެ ޗުނަރަގަތު ސްޓޭޓްގައިވާ ސަދޭކްޕޫރު އަވަށުގައި އިއްޔެ ހިނގި މާރާމާރީގައި މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ލާލު ޝާހު ނަމަކަށް ކިޔާ މީހެކެވެ.

 

މި ހާދިސާ ހިނގާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖާބިދު އަލީގެ ދަރިއަކާ ދެމެދު ކަމަށާއި، މިހަމަނުޖެހުންތަކުގައި ޖަބީދުގެ އާއިލާގެ ބައެއް މީހުން ގޮސް ތޫނު އެއްޗަކުން ލާލް ޝާހަށް ހަމަލާދީ އޭނާ ޒަހަމް ކޮށްލި ކަމަށް ބަންގްލަދޭޝްގެ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

 

އޭނާއަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ ޗުނަރަގަތް ސްޓޭޓްގައިވާ ސަދޭކްޕޫރްގެ ހޮސްޕިޓަލަކަށް ކަމަށްވާއިރު، އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް އެގައުމުގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ