އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އިސްލާމް ދީނުގެ ޙަޤީޤަތް އެނގުމުން އިސްލާމްވެ ގުއަންޓަނަމޯބޭ ޖަލު ސިއްސުވައިލި އެމެރިކާ ގާޑުގެ ވާހަކަ!

އިސްލާމް ދީނުގެ ޙަޤީޤަތް އެނގުމުން އިސްލާމްވެ ގުއަންޓަނަމޯބޭ ޖަލު ސިއްސުވައިލި އެމެރިކާ ގާޑުގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ޓެރީ ކޮލިން ހޮލްބްރޫކް (އިސްލާމް ވުމަށްފަހު މުޞްތަފާ ޢަބްދުﷲ) އަކީ 7 ޖުލައި 1983ގައި އެމެރިކާގެ އަރިޒޮނާއަށް އުފަން މީހެކެވެ. އޭނާ އަދާކުރަމުން ދިއަ ވަޒީފާއަކީ އެމެރިކާއިން ހިންގާ ގުއަންޓަނަމޯބޭ ޖަލުގެ ގާޑެއްގެ ވަޒީފާއެވެ. އޭނާ އާއި ޖަލުން ބައްދަލުވި މޮރޮކޯގެ މީހަކާއި އޭނާ އާއިދެމެދު ގުޅުން އުފެދި އިސްލާމްދީނުގެ މައުލޫމާތު ހޯދަން އޭނާ ފެށިއެވެ. 

އޭނާ އިސްލާމް ދީން ޤަބޫލުކުރީ ރޭގަނޑު ދަންވަރު ޑިޔުޓީގައި ހުރެއެވެ. އޭނާ ކަރުދާސްކޮޅަކާއި ގަލަމެއް މޮރޮއްކޯ މީހާއަތަށް ދީފައި އެދުނީ އޭގައި އިނގިރޭސި އަކުރުން ޝަހާދަތް ލިޔެދިނުމަށެވެ. ލިޔެދިނުމުން އޭނާ ޝަހާދަތް ކީ ކިޔުނު އެންމެ ބާރަކަށެވެ. ޑިޔުޓީގައި އެ ސަރަހައްދުގައި ތިބި ހުރިހާ ގާޑުންނަށް ވެސް އަޑު އިވޭ ވަރަށެވެ. 

އޭނާ އެ ވަޒީފާ އަދާކުރަން ފެށީ 2003 ވަނަ އަހަރުއެވެ. އިސްލާމްވީ 6 މަސް ދުވަސްފަހުން 2004 ވަނަ އަހަރުއެވެ. 2005 ވަނަ އަހަރު އޭނާ ވަނީ ސިފައިންގެ ވަޒީފާއިން ވަކިވެފައެވެ. އެމރިކާއިން ނިންމީ އޭނާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށެވެ. ވަޒީފާއިން ވަކިވުމަށްފަހު "މޮޔަ މީހާ" ވަނީ އަރިޒޯނާގެ ސްޓޭޓް ޔުނިވަރސިޓީން ސޯސިއޮލޮޖީ އިން މަތީ ތައުލީމް ޙާޞިލުކޮށްފައެވެ. އަދި ޠްރޭޓަރ ގެ ނަމުގައި ފޮތެއްވެސް ލިޔެފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


29%
ވ.ރަނގަޅު
15%
ރަނގަޅު
19%
އޯކޭ
36%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް