އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައުސިންގ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ކަމުގެ މަޤާމަށް މޫސާ ޟަމީރު ޙަސަން ޢައްޔަން ކުރައްވައިފި

ހައުސިންގ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ކަމުގެ މަޤާމަށް މޫސާ ޟަމީރު ޙަސަން ޢައްޔަން ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

މިނިސްޓްރީ އޮފް ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ޕާރމަނަންޓް ސެކްރެޓަރީގެ ކަމުގެ މަޤާމަށް އަލްފާޟިލް މޫސާ ޟަމީރު ޙަސަން މިއަދު ސިވިލް ސާރވިސް ކޮމިޝަނުން ޢައްޔަން ކުރައްވައިފިއެވެ.

ޕަރމަނަންޓް ސެކްރެޓަރީ ޢައްޔަނު ކުރުމުގެ ރަސްމީއްޔާތު ބޭއްވުނީ، މިނިސްޓްރީ އޮފް ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮނަރަބްލް އަލްފާޟިލާ އާމިނަތު ޢާޠިފާއާއި، އެ މިނިސްޓްރީގެ އިސް ބައެއް ވެރިންނާއި، އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ޕާރމަނަންޓް ސެކްރެޓަރީ ކަމުގެ މަޤާމަށް ހޮވިވަޑާއިގެންނެވި އަލްފާޟިލް މޫސާ ޟަމީރު ޙަސަން އެ މަޤާމަށް ޢައްޔަނު ކުރެއްވެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

އަލްފާޟިލް މޫސާ ޟަމީރު ޙަސަން އަކީ 19 އަހަރު ސަރުކާރުގެ އެކި ވަޒީފާތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 1990 ވަނަ އަހަރު މޯލްޑިވްސް ޕަބްލިކް ސަރވިސް އާއި ގުޅިވަޑައިގެންނެވި މޫސާ ޟަމީރު ޙަސަން ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް ގެ އެކިއެކި އިސް މަޤާމްތައް ފުރުއްވާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް ގެ ހެޑް އޮފް ދަ ޕްލޭނިންގް ޑިވިޝަން ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، ރީޖަނަލް އެއަރޕޯރޓްތަކުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމްވެސް އަދާކުރައްވާފައެވެ.

އަދި ދިވެހިރާއްޖޭގެ ހަތަރު ވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގައި އެބޭފުޅާވަނީ ޙާއްޞަ ރޯލެއް އަދާކުރައްވާފައެވެ. އަލްފާޟިލް މޫސާ ޟަމީރު ޙަސަން ވަނީ ބެޗްލަރ އޮފް އޮނާރސް އިން އެންވާރަމެންޓަލް ސައިންސް ގެ ރޮގުން ޑިގްރީ އެއް އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އިންގްލޭންޑް އިން ފުރިހަމަކުރައްވާފައެވެ. އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީ އިން ވަނީ އަރބަން އެންޑް ރީޖަނަލް ޕްލޭނިންގް ގެ ރޮގުން މާސްޓާރސް ޑިގްރީ ފުރިހަމަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ ރައީސް ވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއެއްގޮތަށް އަދި މިނިސްޓަރގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގަވާ ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އޮފީސް ހިންގެވުމުގައި ސިވިލް ސާރވިސްގެ މުވައްޒަފުންނާއި ގުޅިގެން އެކުއެކީގައި މިނިސްޓްރީ އަށް ސަރުކާރުން ކަނޑައަޅުއްވަވާފައިވާ އިޙްތިސޯސް އާއި ސިޔާސަތު ތަންފީޒުކޮށް ދެއްވުމުގައި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއިއެކު މަސައްކަތް ކޮށްދެއްވުމަށްވެސް ކޮމިޝަނުގެރައީސް އެދިވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު