އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޓީސީސީ އަކީ ރައްޔިތުން ވަރަށް ގިނަ އުންމީދުތައް ކުރާ ކުންފުންނެއް!: ޝާހް

އެމްޓީސީސީ އަކީ ރައްޔިތުން ވަރަށް ގިނަ އުންމީދުތައް ކުރާ ކުންފުންނެއް!: ޝާހް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

އެމްޓީސީސީއަކީ ރާއްޖޭގައި ހިންގާ ތަރައްޤީގެ ވަރަށް ބޮޑު ބައިވެރިއެއް ކަމަށާއި އެމްޓީސީސީ އަކީ ރައްޔިތުން ވަރަށް ގިނަ އުންމީދުތައް ކުރާ ކުންފުންނެއް ކަމަށް އެމްޓީސީސީގެ ސީއީއޯ ޙަސަން ޝާހް ވިދާޅުވެއްޖެއެވެ. 

އެމްޓީސީސީ އިން ކުރާ ތަރައްޤީޣެ މަސައްކަތްތްކުގެ ތެރޭގައި އެއާޕޯޓްތައް ތަރައްޤީކުރުމާއި ބަނދަރު ހެދުމާއި ކަނޑުތޮށިލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ފާލަން އެޅުމާއި ފާޚާނާ/ފެން ހޮޅިވަޅުލުމާއި މަގުހެދުމުގެ މަޝްރޫއުތަކާއި ބިން ހިއްކުމާއި މިނޫންވެސް ގިނަ ތަފާތު މަޝްރޫއުތައް ހިމެނެއެވެ. މިގޮތުން މިހާރުވެސް އެކުންފުނިން ތަފާތު 20 މަޝްރޫއެއްގެ މަސައްކަތް އެބަ ކުރިއަށް ގެންދެއެވެ. 

އެމްޓީސީސީ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓުގެ ހެޑް އަހުމަދު ލަތީފު ވިދާޅުވީ ކުންފުނިން މިހާރު ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަސައްކަތަކީ އައްޑޫ ސިޓީގައި ޤާއިމުކުރާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތްތައްވެސް ކުރިއަށް އޮތް ދޮޅު މަހެއްހައި ދުވަހުގެ ތެރޭގައި ނިންމައި މަޝްރޫއު، ކްލައިންޓާއި ހަވާލުކުރެވޭނެ ކަމަށެވެ.

އަހުމަދު ލަތީފު ވިދާޅުވީ އެ ކުންފުނިން ކުރިއަށް ގެންދާ ބައެއް މަސައްކަތްތައް ހުއްޓިފައިވެސް މިވަގުތު އެބަހުރި ކަމަށެވެ. އަދި ހުއްޓިފައިވަނީ މަޝްރޫއަށް ބަދަލުތަކެއް ގެންނަން ރައްޔިތުން ބޭނުންވުމުން ކަމަށެވެ. "އެމްޓީސީސީއަކީ ރައްޔިތުންގެ ކުންފުނި. ވީމާ ރައްޔިތުން އެދޭ ގޮތަށް ބަދަލުތައް ގެނެސް ވަރަށް އަވަހަށް މަސައްކަތްތައް ފަށައި ގްނެވޭނެ ކަމަށް މި ބަލަނީ."

އަހުމަދު ލަތީފު ވިދާޅުވީ ރާއްޖޭގެ 90 އިންސައްތަ ރަށުގައި މިހާރު ބަނދަރުތައް ހެދިފައިވުމާއިއެކު އެކުންފުނިން މިހާރު އަމާޒު ހިފާފައިވަނީ ކުރިއަށް ހިންގަން ޖެހޭ މަގުހެދުމާއި ސިވަރޭޖް ފަދަ މަސައްކަތްތަކަށް ކުރިމަތިލުމަށާއި އެކަންކަމަށް އިންވެސްޓްވެސް ކުރަމުން ގެންދާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް