އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

"ﷲ ގެ "ލަޓިބުރި" - ﷲ ގެ "ސީސީޓީވީ ކެމެރާ"ގެ މާނަ އޮޅޭ ފަރާތްތަކަށް!

"ﷲ ގެ "ލަޓިބުރި" - ﷲ ގެ "ސީސީޓީވީ ކެމެރާ"ގެ މާނަ އޮޅޭ ފަރާތްތަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 27 ސިކުންތު

ރާއްޖޭގައި ތިއްބެވި އެންމެ އިސް ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ދެއްވާ ތަޤްރީރުތަކުގައި ﷲ ގެ "ލަޓިބުރިން" ޖެއްސެވީމާ ސަލާމަތެއް ނުވެވޭނެ ކަމަށް ވަރަށް ގިނައިން ވިދާޅުވެއެވެ. އެއިގެ މާނައަކީ ﷲ ތަޢާލާ، މީހުންގެ ގައިގައި ޖެއްސެވުމަށް ލަޓިބުރިތަކެއް ގެންގުޅުއްވުން ކަމަށް މާނަ ކުރެވޭނީ ކިހިނަކުންތޯއެވެ؟

ހަމަ އެފަދައިން އުސްތާޛަކު ﷲ ތަޢާލާގެ "ސީސީޓީވީ ކެމެރާ" އަށް ސިއްރު ނުކުރެވޭނެ ކަމަށް ވިދާޅުވުމުން އެއީ ﷲ ތަޢާލާ މިދުނިޔޭގައި މިގެންގުޅޭ ފަދަ ސީސީޓީވީ ކެމެރާއަށް ބޭނުންފުޅުވެވޮޑިގެންވާ ކަމަށް މާނަ ކުރުމަކީ ކިހިނަކުން ކުރެވޭނެ ކަމެއްތޯއެވެ؟ އެ ބަހުގެ މާނައަކީ ހިނގާ ހުރިހާ ކަމެއް ﷲ ތަޢާލާ ދެކެ ދެނެވޮޑިގެންވާކަމާއި ﷲ ތަޢާލާއަށް އެއްވެސް ކަމެއް ސިއްރު ނުކުރެވޭނެކަން ހާމަ ކުރެއްވެވުންކަން ނުއެނގޭނެ މުސްލިމަކު ހުންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.  

ޢިލްމުވެރިން މިބާވަތުގެ ބަސްފުޅުތައް ބޭނުންފުޅު ކުރައްވަވަނީ މިސާލު ޖެއްސެވުމަށެވެ. ދީނީ ދަރުސްތައް އަޑުއަހައި ބަލައި ކިޔާ އެންމެންނަށްވެސް މިފަދަ ކަންކަން އެނގޭނެ އެވެ. ވީމާ އެފަދަ ބަސްފުޅުތައް އެމީހަކު ހިތަށް އެރިހައި ގޮތަކަށް މާނަކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. ޚާއްޞަކޮށް ކޮމާކޯޅިގައި ލިޔުމުން އެކަމަށް ވެސް ވިސްނަން ޖެހޭނެއެވެ. ދިވެހި ބަހުން ލިޔާއިރު ކޮމާކޯޅިގައި ބަސްތައް ލިޔަނީ ކީވެގެން ކީއްކުރަންކަން ވެސް އެނގުން ރަނގަޅުވާނެއެވެ. 

ވީމާ ދީނީ ލިޔުންތަކަށް ފާޑުކިޔާއިރު ހަމަ ހިތަށް އެރިހައި ގޮތަކަށް އެކަން ކުރުން ރަނގަޅެއް ނޫނެވެ. ލިޔުމުން ދޭހަވާ މާނަ އާއި މަޤްޞަދަށް ވިސްނައިލުންވެސް ވަރަށް މުހިންމެވެ. ނޫންނަމަ އެކަމުގެ ނާޖާއިޒު ފައިދާ އިސްލާމް ދީނާއި ދެކޮޅު ފިކުރުގެ މީހުން ނަގައެވެ. ލިޔުމުގެ މަޤްޞަދު ނައްތައިލަން މަސައްކަތް ކުރެއެވެ. 

މިއަދުނޫހުގައި ލިޔާ ދީނީ ލިޔުންތައް ލިޔަނީ ވަރަށް ގިނަ ކަންކަމަށް ބަލައިގެންނެވެ. ވަރަށް ގިނަ ދީނީ ޢިލްމުވެރިންގެ އެއްބާރުލުން ލިބިގެންނެވެ. އެބޭފުޅުންގެ ވަރަށް ބޮޑު އެހީތެރިކަމާއިއެކުގައެވެ. އެހެންކަމާއިއެކުވެސް ލިޔުމަކީ އިންސާނުން ކުރާ ކަމަކަށްވާތީ ކުށެއް ލިޔެވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކުށެއް ފާހަގަ ކުރެއްވިއްޖެނަމަ އަންގަވައިލަ ދެއްވުމުން މިއަދުނޫހަށް އެހީތެރިވެދެއްވާ ދީނީ ޢިލްމުވެރިނެގެ ލަފައާއިއެކު އެކުށެއް އިޞްލާޙްކުރާނެކަމުގެ ޔަޤީންކަން ކިޔުންތެރިންނަށް އަރުވަމެވެ!

މިއަދުނޫހުގައި ޝާޢިޢްކުރާ ދީނީ ލިޔުންތަކަށް ކިޔުން ތެރިން ދެއްވަމުން ގެންދަވާ ތަރްޙީބް ފާހަގަކޮށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

އާރޓިކަލް ރޭޓްކުރައްވާ


7%
ވ.ރަނގަޅު
28%
ރަނގަޅު
21%
އޯކޭ
42%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު