އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ތަށި ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް ފާތިމަތު ދީމާ އަލީ ހޯދައިފި

ތަށި ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް ފާތިމަތު ދީމާ އަލީ ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ތަށި ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް ފާތިމަތު ދީމާ އަލީ ހޯދައިފިއެވެ.

އޭނާ މިޝަރަފް ހޯދީ ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ތަށި މިލްކުކުރަން ނުކުތް އައިޝަތު ރަފާ ނާޒިމް 4-1 ސެޓުން ބަލިކޮށްފައެވެ.

މި މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޝައްފާން އިސްމާއިލް 4-1 ސެޓުން ބަލިކޮށް މޫސާ މުންސިފް އަހުމަދުއެވެ. މިއީ އޭނާ ޗެމްޕިއަންކަން ހޯދި 9 ވަނަ ފަހަރެވެ. 

ޤައުމީ މުބާރާތުގެ ތާރީޚުގައި އެންމެ ހަގު ޢުމުރުފުރާގެ ދެ ކުޅުންތެރިން ވާދަކުރި ފައިނަލަށް މި މެޗު ވެގެންދިޔަ އިރު، ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައެވެ.

މިދެ ކުޅުންތެރިންގެ ޢުމުރަށް ބަލާލާ އިރު، މިދިޔަ ދެ އަހަރުގެ ޗެމްޕިއަންކަން ހޯދި ރަފާގެ ޢުމުރަކީ 15 އަހަރެވެ. އަދި ދީމާގެ ޢުމުރަކީ 11 އަހަރެވެ.

ފައިނަލު މެޗުގެ ފުރަތަމަ ސެޓު  11-15ގެ ބޮޑު ލީޑަކާއެކު ދީމާ ކާމިޔާބު ކުރިނަމަވެސް ދެވަނަ ސެޓު ރަފާ ގެންދިޔައީ 11-6 އިންނެވެ. ތިންވަނަ ސެޓު 13-11 އިން ދީމާ ގެންދިޔަ އިރު، 4 ވަނަ ސެޓު 11-7 އިން އަދި 5 ވަނަ ސެޓު 11-8 އިން ދީމާ ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދިއެވެ.

ފިރިހެން ޗެމްޕިއަންކަން މުންސިފް ހޯދީ ފައިނަލް މެޗުގެ ފުރަތަމަ ސެޓު ވަރަށް ފަސޭހަކަމާ އެކު 11-1 އިންނެވެ. އެކަމަކު ދެވަނަ ސެޓު 11-9 އިން ޝައްފާން ވަނީ ކާމިޔާބުކޮށްފައެވެ. ތިން ވަނަ ސެޓުގައި ޝައްފާން 11-7 އިން ކާމިޔާބުކޮށް މެޗު ފޯރިގަދަކޮށްލިނަމަވެސް މުންސިފް ވަނީ އަނެއް ދެ ސެޓު 13-11 އިން އަދި 11-8 އިން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅުނު ފައިނަލް މެޗުތަކަށް ފަހު ދީމާ އާއި މުންސިފަށް ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ.

އާރޓިކަލް ރޭޓްކުރައްވާ


66%
ވ.ރަނގަޅު
0%
ރަނގަޅު
33%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް