އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ކޮންމެ ދެމަފިރިއަކަށްވެސް މިވާހަކައިގަ ޢިބްރަތެއްވޭ! ފައިދާ ކުރާނެ!: މުފްތީ މެންކް

ކޮންމެ ދެމަފިރިއަކަށްވެސް މިވާހަކައިގަ ޢިބްރަތެއްވޭ! ފައިދާ ކުރާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 37 ސިކުންތު

އޭނާއަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. އަދި އެހައިމެ ޚުލްޤް ހެޔޮ ރަނގަޅު މިޒާޖެއްގެ މީހެކެވެ. އޭނާ ކައިވެނިކުރަން އުޅުމުން ހުރިހާ ރަޙްމަތްތެރިން ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އެހެންކަމުން ރަޙްމަތްތެރިންގެ މެދުގައި މަޝްވަރާކުރުމަށްފަހު އޭނާ އާއި ބައްދަލުކުރިއެވެ. އަދި ބުންޏެވެ. ކައިވެންޏަށްފަހު ކަލެއަށް ޖެހޭނީ އަނބިމީހާގެ އަޅަކަށްވާށެވެ. ކަލޭގެ މިޒާޖުގައި ތިއަ ހުންނަ ގޮތުން އެކަމުގެ ނާޖާއިޒު ފައިދާ އަނބިމީހާ ނަގާނެއެވެ. 

ޖަވާބުގައި އޭނާ ބުންޏެވެ! ތިއަ ކަމާ އަހަރެންނަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެންގެ މިޒާޖާއި އުޅުން ބަދަލެއް ނުކުރެވޭނެއެވެ. ބަދަލުކުރަން ބޭނުމެއްވެސް ނޫނެވެ. 

އެމީހުން ބުންޏެވެ. އަހަރެމެން ގޮތެއް ނިންމައިފީމެވެ. ކައިވެނި ކޮށްގެން ކޮޓަރިއަށް ވަނުމާއިއެކު އަހަރެމެން ކޮޓރިއަށް ބުޅަލެއް ދޫކޮށްލާނަމެވެ. ދަނޑިބުރިއަކުން ތަޅައި ބުޅާ މަރައިލާށެވެ. މަރުވުމުން ކުޑަދޮރުން ބޭރަށް އެއްލައިލާށެވެ. 

ކައިވެނީގެ ފުރަތަމަ ރޭ ރަޙްމަތްތެރިން ކިޔައިދިން ގޮތަށް އޭނާ ކަންތައް ކުރިއެވެ. އެތަން ފެނިފައި އަނބިމީހާ ވަރަށް ބޮޑަށް ކަން ބޮޑުވިއެވެ. ކައިވެނި ކުރިއިރު އެނގިފައިވަނީ ފިރި މީހާއަކީ ވަރަށް މަޑުމަތިރި މިޒާޖުގެ މީހެއްކަމަށެވެ. ނަމަވެސް ފުރަތަމަވެސް މިފެނުނީ މުޅިން ތަފާތު ކަންތައްތަކެކެވެ. ރުޅި އައިސް ބުޅާވެސް މަރާލައިފިއެވެ. އަދި ކުޑަދޮރުން ބޭރަށް އެއްލައިވެސް ލައިފިއެވެ. މިވަރު ފިރިއަކު މަށަށް ހަދާނީ ކިހިނެއް ކަމާއިމެދު އަނބިމީހާގެ ހިތުގައި ސުވާލު އުފެދުނެވެ. 

ފިރިމީހާގެ ކިބައިން ދެން ފާހަގަ ކުރެވުނީ އަދި މާ ބިރުވެރި ކަމެކެވެ. ކޮންމެ ކަމެއް ކޮށްދޭން އެދެނީވެސް މުޅިން ތަފާތު ގޮތަކަށެވެ. މިސާލަކަށް "ސައިތަށްޓެއް ހަދައިދީފާނަން ހެއްޔެވެ؟ ނޫނީ---" ފަހަތުބައި އެއްވެސް ކަމެއްގައި ފުރިހަމައެއް ނުކުރެއެވެ. އަނބިމީހާގެ ހިތަށް އެފަދަ ކޮންމެ ވަގުތަކު އަރަނީ ކައިވެނިގެ ފުރަތަމަ ރޭ ފިރިމީހާ ބުޅަލަށް ހެދި ގޮތެވެ. 

މި މައްސަލަ ބޮޑުވެ ކެތް ނުކުރެވޭވަރުވުމުން ޢާއިލާ އާއި ބައްދަލުކުރަން އެކަނި ދިއަ ދުވަހަކު މިކަމުގައި ޢާއިލާގެ ޚިޔާލަކަށް އެދުމުން މަންމަ ބުނީ ފުރަތަމަ ތިއަ ވަރަށް ކަންބޮޑުވެ ބިރު ނުގަނެ ވަރަށް ލޯބިން ފިރިމީހާ ޢާއި ސުވާލުކުރުމަށެވެ. ކޮންމެ ފަހަރަކު ކަމަކު އެދިފައި ނޫނީ—ތިއަ ބުނަނީ ކޮން ނިޔަތެއްގައިތޯއެވެ. 

ގެއަށް އައިސް އެރޭ ނިދަން އޮށޯވެފައި ވަރަށް ލޯބިން، މައިމީހާ ބުނިފަދައިން އެ ސުވާލުކުރިއެވެ. އަދި ބުންޏެވެ. އަހަރެންގެ ލޯބިވާ ފިރިމީހާ އަކީ ވަރަށް ރަނގަޅު މީހެއް ނޫން ހެއްޔެވެ؟ އެހައިމެ ތަޤްވާވެރި މީހެއް ނޫންހެއްޔެވެ؟ ވީމާ ﷲ ތަޢާލާގެ މަތިން ހަނދާންކޮށްފައި ތެދުބަހުން ޖަވާބުދިނުން އެދެމެވެ. 

ފިރިމީހާ އެދުނީ އެބަސް އަނބިމީހާ މާނަކުރަމުން އައި ގޮތް ބުނެދިނުމަށެވެ. ޖަވާބުގައި އަނބިމީހާ ބުނީ އޭނާއަށް ވިސްނިފައި އޮތީ އެއީ އެކަމެއް ކޮށްނުދީފިނަމަ ކައިވެނީގެ ފުރަތަމަ ރޭ ކޮޓަރިއަށް ވަން ބުޅަލަށް ހެދިގޮތް ހަދާނެ ކަމަށެވެ. އެހެންވެ އެބަސް އަޑުއިވޭ ކޮންމެފަހަރަކު ބިރުން ތުރުތުރުއަޅާ ކަމަށެވެ. އަދި އެކަން ބޮޑުވެ މިހާރު ނަފްސާނީ މައްސަލައަކަށްވެސް ވާން ފަށައިފި ކަމަށެވެ. 

ފިރިމީހާ ބުންޏެވެ. ސުންހާނަﷲއެވެ! އެހެންކަމަށްވާނަމަ ތިއަ ސުވާލުކުރަން މާލަސްވެއްޖެ ނޫން ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. އަހަރެން އެހެން ބުނަނީ އެކަމެއް ކޮށް ނުދެވޭނަމަ ނުވަތަ އެކަމެއް ކޮށް ދިނުމުގައި އެއްވެސް އުނދަގުލެއް އޮތް ނަމަ އަމިއްލައަށް އެކަމެއް ކޮށްލާނެ ކަމަށް ބުނުމުގެ ބޭނުމުގައެވެ. އަހަރެންނަކީ ދުވަހަކު ވެސް އަނބިމީހާގެ ގައިގައި ރުޅިވެރިކަމާއިއެކު އިނގިލި ކުރިވެސް ޖައްސައިލާނެ މީހެއް ނޫނެވެ. އެކަމަށް ﷲ ތަޢާލާ ހެކިކޮށް ވައުދުވެސް ވަމެވެ. 

އެވަރުން ފުއްދައިލީ އެއްވެސް ނޫނެވެ! އެ ރޭ ބުޅާ މަރަން ޖެހުނު ސަބަބުވެސް އަނބިމީހާއަށް ކިޔައި ދިނެވެ. އެވަރުން "ގޯންޏަށް ލައިގެން ގެންގުޅުނު ބުޅާ ވެސް ގޯނިން ބޭރުވެ" ފިރިމީހާގެ ހުރިހާ ހަޤީޤަތެއް ވެސް އަނބިމީހާއަށް އެނގުނީއެވެ. 

މިވާހަކައިން ޙާޞިލުކުރަންޖެހޭ ޢިބްރަތަކީ ދެމަފިރިންގެ މެދުގައި އެއްވެސް ކަންބޮޑުވުމެއް އޮތަ ނަމަ ހިތުގައި ބާއްވައިގެން ނުހުރެ އެކަމަށް މަޝްވަރާކުރަން ޖެހޭ ކަމެވެ. ޙަޤީޤަތަކީ ކޮބައިކަން ދެނެގަންނަން ޖެހޭ ކަމެވެ. ނޫން ނަމަ ކިތަންމެ ބޮޑު ކުށްހީއެއް ވެސް ކުރެވި ބޮޑެތި މުޞީބާތަކާއި ކުރިމަތިލާންވެސް ޖެހިދާނެކަމެވެ.

އާރޓިކަލް ރޭޓްކުރައްވާ


24%
ވ.ރަނގަޅު
9%
ރަނގަޅު
32%
އޯކޭ
32%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް