އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ސިހުރާ ހަސަދަ އާ އެސްފީނާ ވެސް ޖެހެނީ ޖިންނި މެދުވެރިވެގެން! ދަހަނާ އަޅައި ރައްކާތެރިވީމާ ކައިރިވެސް ނުވެވޭނެ!: މުފްތީ މެންކް

ސިހުރާ ހަސަދަ އާ އެސްފީނާ ވެސް ޖެހެނީ ޖިންނި މެދުވެރިވެގެން! ދަހަނާ އަޅައި ރައްކާތެރިވީމާ ކައިރިވެސް ނުވެވޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ސިހުރު ވެސް އެސްފީނާވެސް އަދި ހަސަދައިގެ ވަބާ ވެސް ޖެހެނީ ހަމަ ޖިންނި މެދުވެރިވެގެންނެވެ. އެހެންކަމުން ގެއިން ބޭރަށް ދިއުމަށް ޒީނަތްތެރިވެ ތައްޔާރުވާ ފަދައިން ގެއިން ނުކުތުމުގެ ކުރިން ޖިންނީގެ ކިބައިން ރައްކައުތެރިކަން ހޯދަން ޖެހޭނެއެވެ. މާނައަކީ ކިޔަން ޖެހޭ ޛިކްރްތައް ކިޔަން ޖެހޭނެއެވެ.  

ކުރީ ދުވަހު ބުނެދިން ފަދައިން ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު އާޔަތުލް ކުރުސި އާއި އިޚްލާޞް ފަލަޤް، ނާސް 3 ސޫރަތް 3 ފަހަރު ކިޔެވުމަކީ ސިހުރާއި އެސްފީނާ އާއި ހަސަދަވެރިކަމާއި އަދި އެބާވަތުގެ ހުރިހާ ކަމަކުން މީހާ ސަލާމަތްކޮށްދޭނެ އައްޑަނައެކެވެ. އެބާވަތުގެ ހަމަލާތަކުން ސަލާމަތްވުމަށް ގައިގައި ލެވޭ ދަގަނޑު ދަހަނާއެކެވެ. ގެއިން ނުކުންނައިރު ކިޔަވާ ޛިކްރްތަކުގެ ސަބަބުން އެ ދަހަނާ އިތުރަށް ވަރުގަދަވެގެންދާނެއެވެ. 

އަދި ބުނަން ހެއްޔެވެ؟ ބައެއް މީހުންނަށް ހީކުރެވެނީ ޖިންނިއަކީ މާބާރުގަދަ އެއްޗެއް ކަމަށެވެ. ޙަޤީޤަތުގައި ޖިންނިއަކީ އެއްވެސް ބާރެއް ހުންނަ އެއްޗެއް ނޫނެވެ. ޖިންނިއަށް ބާރުލިބެނީ އިންސާނުން ބަލިކަށިވުމުންނެވެ. އިންސާނުން ބަލިކަށިވަނީ އެމީހުންގެ އަމަލުތަކުންނެވެ. މުންކަރާތްތަކަށް އަރައިގެނެވޭތީއެވެ. ކަންކަން ކުރާއިރު ކިޔަންޖެހޭ ޛިކްރްތައް ނުކިޔާތީއެވެ. 

މިއީ ލަދުވެތި ވާހަކައަކަށްވެދާނެއެވެ. ނަމަވެސް ހިނގަމުންދާ ކަމެއް ނުހިނގާ ކަމަކަށް ނުހެދޭނެއެވެ. އަހަރެމެންގެ ތެރެއިންވާ ބައެއް މުސްލިމުން ޢާންމު ތަންތަނުގައި އެބަ ފާހިޝް އަމަލުތައް ހިންގައެވެ. އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ ކަންތައްތައް އެބަ ކުރެއެވެ. މިފަދަ ދަނޑިވަޅުތަކަކީ ޖިންނީންނަށް އަހަރެމެންގެ މައްޗަށް ބާރު ފޯރުވަން ލިބޭ ރަނުގެ ފުރުޞަތެކެވެ. އެކަމަށް ދެވޭ ދައުވަތެކެވެ. ފާޚާނާއަށް ވަންނައިރު ކިޔަން ޖެހޭ ޛިކްރް ނުކިޔުންވެސް ހަމައެފަދައެވެ. ލައިގެން ހުންނަ ފޭރާން ބަދަލުކުރާ ވަގުތުވެސް ހަމަ އެފަދައެވެ. 

އަހަރެމެން އަހަރެމެންގެ ގޮތުގައި ދަހަނާ އަޅައިގެން ވަރުގަދަކަންމަތީގައި ތިއްބައި ޖިންނީންނަށް އަހަރެމެންގެ ގައަކު އިނގިލިކުރިވެސް ޖައްސައެއް ނުލެވޭނެއެވެ! ފެނުނު ނަމަވެސް ތިބޭނީ ބިރުން ވިރިވިރިއެވެ.! 

- މުފްތީ މެންކުގެ ދަރުސަކުން

 

 

އާރޓިކަލް ރޭޓްކުރައްވާ


31%
ވ.ރަނގަޅު
11%
ރަނގަޅު
23%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް