އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ﷲ ވޮޑިގެންވާ ކަމާ ކުޅަދުންވަންތަކަން ޤަބޫލުނުކުރަނީ އިބިލީހަށްވުރެ ނުބައި ބައެއް! އިބިލީސްވެސް އެކަންކަން ޤަބޫލުކުރޭ!: ބިލާލް އައްސަދު

ﷲ ވޮޑިގެންވާ ކަމާ ކުޅަދުންވަންތަކަން ޤަބޫލުނުކުރަނީ އިބިލީހަށްވުރެ ނުބައި ބައެއް! އިބިލީސްވެސް އެކަންކަން ޤަބޫލުކުރޭ!: ބިލާލް އައްސަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

ﷲ ތަޢާލާ ވޮޑިގެންވާ ކަމާއި ﷲ ތަޢާލާގެ ކުޅަދުންވަންތަކަން، އަދި އެންމެހައި ކަންކަން ހިނގަމުން ދަނީ އާއި ހިނގާނީވެސް ﷲ ތަޢާލާގެ މިންވަރުފުޅުންކަން ޤަބޫލު ނުކުރާ އިންސާނުން އެބައުޅެއެވެ. މި ހުރިހާ ކަންކަމަކީ އެންމެ ނުބައި އިބިލީސްވެސް ޤަބޫލުކުރާ ކަންކަމެވެ. އެކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ. އިބިލީސް އާދަމްގެފާނަށް ސަޖިދަ ނުކުރުމުން ﷲ ތަޢާލާ އަށް ޖަވާބުދާރީވާން ޖެއްސެވި ވަގުތު ކަންހިނގައި ދިއަގޮތާއި އިބިލީސް ﷲ ތަޢާލާއަށް ދެންނެވި ދެންނެވުންތަކުންނެވެ. 

އެހެންކަމަށްވާއިރު ﷲ ތަޢާލާ ވޮޑިގެންވާ ކަމާއި ﷲ ތަޢާލާގެ ކުޅަދުންވަންތަކަން، އަދި އެންމެހައި ކަންކަން ހިނގަމުން ދަނީ ﷲ ތަޢާލާގެ މިންވަރުފުޅުންކަން ޤަބޫލު ނުކުރާ އިންސާނުންނަކީ އަހަރެންގެ ކުރިމަތީގައި އިބިލީހަށްވުރެ ވެސް ނުބައި ބައެކެވެ. އެއްވެސް ވަރަކަށް ވިސްނައިލުމެއް ނެތި އެމީހުން އެ ޤަބޫލުކުރަނީ އިބިލީސް ދޭ ވަސްވާސްތަކެވެ. އިބިލީސް އެފަދަ ވަސްވާސްތައް ދެނީ އެހުރިހައި ކަމެއް ފުރިހަމައަށް ޤަބޫލުކޮށްގެން ހުރެއެވެ. މީސްތަކުން މަގުފުރެއްދުމުގައި ހައްދުފަހަނައަޅާފައިވާ ވަރުންނެވެ. އަދި އިބިލީސް ބުނުމުން މިފަދަ ކަންކަން ޤަބޫލުކުރަނީ ސިކުނޑީގައި ކަންކަމަށް ވިސްނުމުގެ ހަމަ އެއްވެސް ބާރެއް ނެތުމުންނެވެ! 

އިބިލީސް މިވަރަކަށް އިންސާނުން ދެކެ ރުޅިއަންނަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެންމެ ސަބަބެކެވެ. އޭނާގެ ބޮޑާ ކަމާއި ކިބުރުވެރިކަމެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތުގައި އިންސާނުންގެ މައްޗަށް އޮތް ހަސަދަވެރިކަމެއްގެ ބޮޑުކަމެވެ. އިބިލީސް ޤަބޫލުކުރާ ގޮތުގައި އިބިލީހަށް ﷲ ތައާލާގެ ހަޟްރަތުގައި އޮތް މަތިވެރި މަޤާމާއި ދަރަޖަ ގެއްލިގެން ދިއައީ އާދަމްގެފާނުގެ ސަބަބުންނެވެ. ދުނިޔެ ނިމެންދެން އިބިލީސް ދެމިހުންނާނެއެވެ. މީސްތަކުން މަގުފުރައްދާނެކަމަށް އޭނާވީ ވައުުމަތީގައެވެ. އެ ހަސަދަވެރިކަމުގައެވެ. 

ދުނިޔޭގައި އެންމެ ބާރަށް އިސްލާމް ދީން ކުރިއަރަމުން މިދަނީ ކީއްވެގެން ހެއްޔެވެ؟ އިންސާނުންގެ ބުއްދި ބޭނުންކޮށްގެން ވިސްނުމުން އިސްލާމް ދީނުގެ މަތިވެރިކަން އެނގޭތީއެވެ. ކީރިތި ޤްރުއާނުގައި ބަޔާންވެގެންވަނީ ތެދު ޙަޤީޤަތް ކަމަށް ޤަބޫލުކުރެވޭތީއެވެ. 

ކިރިޔާވެސް ބުއްދި ސަލާމަތުން ހުރި މީހަކު ނަމަ އެމީހަކީ ކާފިރެއް ނަމަވެސް ކަލަކު ވޮޑިގެންވާ ކަމާއި އެންމެ ބާރުގަދަ ފަރާތަކީ އެއީ ކަމަށް ޤަބޫލުކުރެއެވެ. ކަންކަން ހިނގަމުން މިދަނީ ﷲ ތަޢާލާގެ މިންވަރުފުޅުންކަން ވެސް ޤަބޫލުކުރެއެވެ. އެމީހުންގެ ޖާހިލުކަން ބޮޑުކަމުން ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލު ނުކުރަނީއެވެ. އަދި ﷲ ތަޢާލާ ނޫން ފަރާތްތައް އެއީ ކަލާނގެ ތަކެއް ކަމަށް ޤަބޫލު ކުރަނީއެވެ. 

ބިލާލް އައްސަދުގެ ދަރުސަކުން

 

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
66%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް