އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ވަރަށް ބޮޑަށް ބަލަހައްޓަންޖެހޭ ސަރަހައްދެއް: ކޯސްޓް ގާޑް

ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ވަރަށް ބޮޑަށް ބަލަހައްޓަންޖެހޭ ސަރަހައްދެއް: ކޯސްޓް ގާޑް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ވަރަށް ބޮޑަށް ބަލަހައްޓަންޖެހޭ ސަރަހައްދެއް ކަމަށާއި އެހެންކަމުން އޭސިއާގެ ހުރިހާ ޤައުމުތަކެއް ގުޅިގެން އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށް ރާއްޖޭގެ ކޯސްޓް ގާޑުން ބުނެފިއެވެ. 

ކޯސްޓްގާޑް ބިލްޑިންގގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު ވިދާޅުވީ ރާއްޖޭގައި ހުރި ވަސީލަތްތައް މަދުވުމާއި އަދި ކަނޑުގެ ސަރަހައްދު ބޮޑުކަމާއިއެކު މި މަސައްކަތް އަބަދުވެސް ކުރެވެމުން އަންނަނީ އަވަށްޓެރި ޤައުމުތަކުގެ އެހީތެރިކަމާއިއެކުގައި ކަމަށެވެ. އަދި އެގޮތަށް ހިންގާ އޮޕަރޭޝަންތައްވެސް ވަރަށް ކާމިޔާބު ކަމަށެވެ. "އަޅުގަނޑުމެން ދޭތެރެ ދޭތެރެއިން އިންޑިއާގެ ނޭވީގެ އެހީތެރިކަންވެސް އެބަ ހޯދަން. އެގޮތުން އިންޑިއާގެ ނޭވީ ޑޯޏިއަރއެއް ބޭނުންކޮށްގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްތަކެއްގެ ތެރެއިން ދާދި ފަހުން ޤަވާއިދާއި ޚިލާފަށް ރާއްޖެ ވަދެ އުޅުނު ލަންކާގެ 4 މަސްބޯޓުވެސް އަތުލައި ގަތީ." 

މިއަދުގެ ބައްދަލުވުމުގައި ބުނީ ރާޑަރުތައް ބެހެއްޓުމުގެ މަސައްކަތަކީ ވަރަށް ކުރިންސުރެ އެކި ސަރުކާރުތަކުގައި އެކިވަރަށް ކުރަމުން އައި މަސައްކަތްތަކެއް ކަމަށެވެ. އަދި މިހާރު މަސައްކަތްކުރާ ފަދައިން 10 ރާޑަރު ބަހައްޓައި ނެޓްވާކް ގުޅައި ނިމުމުން ޜާއްޖޭގެ ސަރަހައްދު އެކުގައި ބެލެހެއްޓޭނެ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދަކީ މުދާ އުފުލާ ގިނަ އަދަދެއްގެ ބޯޓު ފަހަރު ދަތުރުކުރާ ސަރަހައްދަކަށްވެފައި ޚާއްޞަކޮށް ގިނަ އަދަދެއްގެ ތެޔޮ ބޯޓުތައް ދަތުރުކުރާ ސަރަހައްދަކަށްވާތީ ސަލާމަތާއި ރައްކައުތެރިކަން ބެލެހެއްޓުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ކުރަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި ޜާއްޖޭގެ ސަރަހައްދަކީ ސަލާމަތް ކަމާއެކު ފަސޭހައިން ދަތުރުފަތުރުފަތުރު ކުރެވޭ ތަނަކަށް ހަދަން ކޯސްޓް ގާޑުން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަަދކުރާނެ ކަމަށްވެސް ބުނެފައިވެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް