އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީޗަރުން ތަމްރީނު ކޮށްފައިނުވާތީ ގްރޭޑް 9 ގެ ދެ މާއްދާއަކަށް ކިޔަވާ ދިނުން މެދު ކަނޑާލައިފި!

ޓީޗަރުން ތަމްރީނު ކޮށްފައިނުވާތީ ގްރޭޑް 9 ގެ ދެ މާއްދާއަކަށް ކިޔަވާ ދިނުން މެދު ކަނޑާލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

އެކަށީގެންވާ ވަރަށް ޓީޗަރުން ތަމްރީނު ކޮށްފައިނުވާތީ ގްރޭޑް 9 އަކަށް ސޯޝަލް ސްޓަޑީސް އާއި ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން (ޕީއީ) ކިޔަވައި ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. 

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ސޮއި ކުރައްވާ ސްކޫލްތަކަށް އިއްޔެ ފޮނުއްވި ސާކިއުލާއެއްގައޮ ވިދާޅުވެފައިވަނީ، އެގްރޭޑްތަކަށް މިއަހަރު ތައާރަފްކުރި މަންހަޖުގައި ހިމެނޭ އެދެ މާއްދާ ކިޔަވާދޭން އެކަށީގެންވާ ވަރަށް ޓީޗަރުން ތަމްރީނު ކޮށްފައިނުވާތީ ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށާއި އެހެންކަމުން ދަރިވަރުން އިމްތިހާނު ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރެވެންދެން ސޯޝަލް ސްޓަޑީޒާއި ޕީއީ ކިޔަވައި ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. 

މިބަދަލާއި ގުޅިގެން ޓައިމް ޓޭބަލްގައި މި ދެ މާއްދާ މިހާރު އިންނަ ގަޑިތަކުގައި، މަޖުބޫރު މާއްދާތަކުގެ ތެރެއިން މާއްދާއެއް އިތުރު ކުރުމަށް ވެސް އެމިނިސްޓްރީން ވަނީ އަންގާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ