އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮސްޓްރޭލިއާ ސެނެޓަރުގެ ބޮލަށް ބިސް ތަޅާލި ކުއްޖާގެ ފަންޑަށް ބޮޑު ތަރުހީބެއް!- ފައިސާ ނިޔުޒީލަންޑް ޝަހީދުންނަށް ހަދިޔާ ކުރަނީ!

އޮސްޓްރޭލިއާ ސެނެޓަރުގެ ބޮލަށް ބިސް ތަޅާލި ކުއްޖާގެ ފަންޑަށް ބޮޑު ތަރުހީބެއް!- ފައިސާ ނިޔުޒީލަންޑް ޝަހީދުންނަށް ހަދިޔާ ކުރަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ނިޔުޒީލަންޑުގެ 2 މިސްކިތުގައި ހިންގި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އިސްލާމް ދީނާއި މުސްލިމުން ކުށްވެރިކޮށް ވާހަކަދެއްކި ސެނެޓަރުގެ ބޮލަށް ބިހެއް ތަޅައިލި ހިތްވަރުގަދަ އުމުރުން 17 އަހަރުގެ ޒުވާނާގެ ސަޕޯޓަރުން އޭނާގެ ޤާނޫނީ ފީއަށް ބޭނުންވާ ފައިސާ ހޯދުމަށާއި އިތުރު ބިސް ގަންނަން ހުޅުވި ފަންޑަށް 2 ދުވަސް ތެރޭ ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.

މިހާރުވެސް ކުރިއަށް ގެންދާ މިފަންޑު ހޫލުވީ 50000 ޑޮލަރު ހޯދަން އަމާޒުކޮށްގެންނެވެ. 2 ދުވަސްތެރޭގައި ވަނީ 53000 އަށްވުރެ ގިނަ ޑޮލަރު ލިބިފައެވެ. "ވިލް"ގެ ނަމުން ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ "އެގް ބޯއި" ބުނަނީ ފައިސާ ހަދިޔާ ކުރާނީ ޝަހީދުވި 50 މީހުންގެ ޢާއިލާތަކަށް ކަމަށެވެ.

ދުނިޔޭގެ ކަންކޮޅުތަކުން އޭނާއަށް ގެންދަނީ މަރުހަބާ ކިޔަމުންނެވެ. ތުރުޚީގެ މީހަކު ވަނީ އޭނާ ތުރުކީއަށް ޒިޔާރަތްކޮށް އޭނާ ހުންނަން ބޭނުންވާ 5 ހޮޓަލެއްގައި 10 ދުވަހު ހުންނަން ދައުވަތުދީފައެވެ.

ޓެރަރިސްޓް ބަޑިޖެހީ ވީޑިއޯ ކުރަމުންނެވެ. ޒުވާނާ ބިސްތަޅައިޅީވެސް ވީޑިއޯކުރަމުންނެވެ. ކުއްޖާގެ ފޮޓޯ ޖެހި ޓީޝަރޓް ފަދަ ތަކެތި ވެސް ގިނަ ބައަކު ދަނީ ގަންނަމުންނެވެ. އޮސްޓްރޭލިއާގައި އެގްބޯއިއަކީ މިހާރު ވަރުގަދަ ހީރޯއެކެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް