އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރާލާފައިވާ ބައެއް މީހުންގެ މައްސަލަ ތަހުގީގުކޮށް ނިމިއްޖެ: ރިޔާސީ ކޮމިޝަން

މަރާލާފައިވާ ބައެއް މީހުންގެ މައްސަލަ ތަހުގީގުކޮށް ނިމިއްޖެ: ރިޔާސީ ކޮމިޝަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

މަރާލާފައިވާ ބައެއް މީހުންގެ މައްސަލަތައް ތަހުގީގުކޮށް ނިމިއްޖެކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ 24 މައްސަލައިގެ ތެރެއިން ބައެއް މައްސަލަތައް ބަލައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އަދި އެ މައްސަލަތަކުގެ  

ސުއޫދު ވިދާޅުވީ މައްސަލަތައް ބަލައި ނިމުނުކަމުގައި ވިޔަސް ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ނުލިބުމުގެ ސަބަބުން ދަތިތަކާ ދިމާވާ ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޯޓަށް ހުށަހެޅޭނީ އެ މައްސަލަ ބަލާ އިދާރާއަކަށް ދިން ބަޔާން އެކަނި ކަމަށްވާތީ އެވެ. ނަމަވެސް ބަލައި ނިމިފައި ހުރި މައްސަލަތަކުގައި ކުރިއަށްދާނެ ވަކި ގޮތެއް އަދި ނުނިންމާކަމަށެވެ.

ސުއޫދު ވިދާޅުވީ މައްސަލަތައް ބެލުމަށް ފަހު އެކަމުގެ މައުލޫމާތު މަރުވި މީހުންގެ އާއިލާތަކަށް ހިއްސާކުރާނެކަމަށާއި އެއަށްފަހު ރައީސް ސޯލިހަށް ރިޕޯޓު ހުށަހެޅުއްވުމަށް ފަހު އެކަންތައް އާއްމުކުރާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު