އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޭގެއަށް ސަޕްލައިކުރާ ފެން ބަރާބަރުވާނެ - ބުއީމަ ޚަރަދު ކުޑަވެފަ ޕްލާސްޓިކް ފުޅި ބޭނުންކުރާކަށް ނުޖެހޭނެ: ޑރ. ޙުސައިން ރަޝީދު

ގޭގެއަށް ސަޕްލައިކުރާ ފެން ބަރާބަރުވާނެ - ބުއީމަ ޚަރަދު ކުޑަވެފަ ޕްލާސްޓިކް ފުޅި ބޭނުންކުރާކަށް ނުޖެހޭނެ: ޑރ. ޙުސައިން ރަޝީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

މާލެއާއި ރަށްރަށުގައި އުފައްދައި ގޭގެއަށް ސަޕަލައި ކުރަނީ ބަރާބަރަށް ޗެކްކުރެވި، ބޯން ބަރާބަރު ފެނެއް ކަމަށާއި އެފެން ބުއިމުން ޚަރަދުކުޑަވެފައި ޕްލާސްޓިކް ފުޅި ބޭނުންކުރަން ނުޖެހޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޙުސައިން މިއަދު ވިދާޅުވީ ފެން ސަޕްލައި ކުރަނީ ވަރަށް ބޮޑަށް ޗެކް ކުރެވިގެން ކަމަށާއި އަދި އެކަމަށް ދައުލަތުން ވަރަށް ބޮޑު ހޭދައެއްވެސް ކުރާކަމަށެވެ. އެހެންކަމުން އެ ފެން ބޭނުން ކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ. އަދި މާލޭގެ އިތުރުން 34 ރަށެއްގައި މިހާރުވެސް ގޭގެއަށް ފެން ގުޅައިދީފައިވާކަން ވެސް ޑރ. ޙުސައިން ފާހަގަކުރެއްވިއެވެ. 

ޑރ. ހުސައިން ވިދާޅުވީ ސަޕްލައި ފެނުގެ ރަހަ ބައެއް ފަހަރު ތަފާތުވާ ކަމަށާއި އެކަން މެދުވެރިވަނީ ގޭގެއަށް ފެން ވައިރުކޮށްފައި ހުންނަ ގޮތުން ކަމަށެވެ. އެހެންކަމުން އެކަން ކުރަންވެސް މިންގަނޑުތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

ޑރ. ޙުސައިން މިކަމުގެ ތަފްޞީލު ދެއްވި އިރު ސަޕްލައި ފެން ބޯއިރު ރަހައިގެ އިތުރުން ބަރުކަމެއް އިހްޞާޞްވާކަމަށާއި ފެންބުއިމުގެ އަލާ ނުކެނޑޭކަމަށް ގިނަ ބައަކު ބުނާ މައްސަލައިގައި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް