އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެނަކައަށް 170 މުވައްޒަފުން ރިޔާސީ އިންތިހާބާ ދިމާކޮށް ވައްދާފައިވޭ: އެމްޑީ ސައީދު

ފެނަކައަށް 170 މުވައްޒަފުން ރިޔާސީ އިންތިހާބާ ދިމާކޮށް ވައްދާފައިވޭ: އެމްޑީ ސައީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް 170 މުވައްޒަފުން ފެނަކައަށް ވައްދާފައިވާ ކަމަށް އެ ކުންފުނީގެ މޭނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކުންފުނިން ސިޔާސީ ބޭނުމަށް މުވައްޒަފުން ވަކި ކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ އެކުންފުނީގެ އިސްވެރިންތަކެއް މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ ކޮމެޓީ އަށް ހާޒިރުކުރުކޮށްފައެވެ. މިކޮމިޓީގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފެނަކައިގެ އެމްޑީ ސައީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް ފެނަކަ އަށް 170 މުވައްޒަފުން ވައްދާފައިވާ ކަމަށެވެ.

ފެނަކައިގެ އެމްޑީ ސައީދު ވިދާޅުވީ އާ މެނޭޖްމެންޓުން ފެނަކަ އާއި ހަވާލުވިފަހުން 53 މުވައްޒަފަކު އެ ކުންފުނިން ވަކިކޮށްފައިވާއކަމަށާޢި އޭގެތެރެއިން 11 މުވައްޒަފުން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލާއި ފައިސާ އަށް ހިޔާނާތްތެރިވުމުން ކަމަށެވެ. އަދި އަނެއް 39 މުވައްޒަފުންނަކީ އެކިއެކި ސަބަބުތަކާ ހުރެ ވަޒީފާ އަށް ހާޒިރު ނުވެ، އިސްލާހީ ފިޔަވަޅުތައް އެޅި، ކުންފުނިންދޭ ހިދުމަތްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގައި ތަފާތު އެކި މަރުހަލާތަކުގައި އެކި ތަކުލީފުތައް ކުންފުންޏަށް ޖައްސަމުން އައި ބޭފުޅުން. ކަމަށްވެސް އެމްޑީ ސައީދު ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު