އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމޭޒަން އާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް 6 މަހުގެ ޕްރައިމް ވީޑިއޯ މެމްބަރޝިޕް ހިލޭ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

އެމޭޒަން އާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް 6 މަހުގެ ޕްރައިމް ވީޑިއޯ މެމްބަރޝިޕް ހިލޭ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 43 ސިކުންތު



އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް، އަދި ޕޯސްޓްޕެއިޑް 1000 އިން މަތީގެ ޕްލޭނެއް ޚިޔާރުކުރާ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް، 6 މަހާއި ހަމައަށް ހިލޭ އެމޭޒަން ޕްރައިމް ވީޑިއޯގެ މެމްބަރޝިޕް ލިބިގެންދާ ވަރަށް ޚާއްސަ އޮފަރ އެއް އުރީދޫ އިން މިއަދު ހުޅުވާލައިފިއެވެ.


އުރީދޫ އިން ބުނީ އުރީދޫގެ ޚިދުމަތް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އައު ކަސްޓަމަރުންނަށްވެސް ފައިދާތަކެއް އެކުލަވައިގެން ފަރުމާކޮށްފައިވާ މި އޮފަރ މެދުވެރިކޮށް، ކަސްޓަމަރުންގެ ޕެކޭޖުގެ ތެރެއިން، އެއްވެސް އިތުރު އަގަކާއި ނުލާ އެމޭޒަން ޕްރައިމް ވީޑިއޯއަށް އަންލިމިޓެޑް އެކްސެސް ލިބޭނެ ކަމަށެވެ.

މި އޮފަރގެ ބޭނުން ހިފުމަށް،:

1. މި އޮފަރ އަށް ޝަރުތުހަމަނުވާ ކަމުގައި ވާނަމަ، ރާއްޖޭގެ %60 އަށް މިހާރު ހުޅުވާލެވިފައިވާ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖެއް ޚިޔާރުކުރެއްވޭނެ. ނުވަތަ، އަންލިމިޓެޑް ކޯލް، އަންލިމިޑެޓް އެސް-އެމް-އެސް އަދި މާކެޓުގެ އެންމެ ފުރިހަމަ ޑޭޓާ އެލަވަންސްތައް ހިމެނޭ އުރީދޫ ޕޯސްޓްޕެއިޑް 1000، 1499 ނުވަތަ 1999ގެ ޕްލޭނެއް ޚިޔާރުކުރެއްވޭނެ.


2. މައި އުރީދޫ އެޕް، އުރީދޫ ވެބްސައިޓް، ނުވަތަ ސުޕަނެޓް ޕޯޓަލް މެދުވެރިކޮށް އެމޭޒަން ޕްރައިމް ވީޑިއޯ އަށް ސައިން އަޕް ކުރެވޭނެ. އުރީދޫ މެދުވެރިކޮށް، ކުރިން މި ޚިދުމަތް ޚިޔާރުކޮށްފައިވާނަމަ، ކަސްޓަމަރަށް ލިބެންވާ ހިލޭ މެމްބަރޝިޕް، އުރީދޫ އިން އެކްޓިވޭޓްކޮށްލެވޭނެ.


3. ޕްރައިމް ވީޑިއޯ އެޕް މެދުވެރިކޮށް، ދުނިޔޭގެ މަޤްބޫލުކަން ހޯދާފައިވާ ފިލްމް، ޓީވީޝޯ، ސްޓޭންޑް އަޕް ކޮމެޑީ، ކުޑަކުދިންގެ ޝޯތައްއަދި ބައިނަލްއަޤްވާމީ އެވޯޑުތައް ލިބިފައިވާ އެމޭޒަން ޕްރައިމް އޮރިޖިނަލް ޝޯތައް ބައްލަވާލެވޭނެ.

އުރީދޫ މޯލްޑިވްސްއާއި އެމޭޒަން ޕްރައިމް ވީޑިއޯ ގުޅިގެން، ފާއިތުވެދިއަ ޑިސެމްބަރ މަހު ވަނީ ރާއްޖޭގައި އެމޭޒަން ޕްރައިމް ވީޑިއޯފަސޭހަކަމާއި އެކު ހޯދޭޚިދުމަތެއް ތަޢާރަފްކޮށްފައެވެ. މި ޚިދުމަތާއެކު އުރީދޫގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން އެމޭޒަން ޕްރައިމް ވީޑިއޯގެ އަޖުމަބެލުމުގެ ގޮތުން މުޅިންހިލޭ 7 ދުވަހު ބޭނުންކުރެއްވުމަށްފަހު ފުރަތަމަ 6 މަހަށް، މަހަކު އެންމެ 49 ރުފިޔާގެ* ފީއަކަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް ބޭނުންކުރެއްވޭނެއެވެ.

މީގެއިތުރުން ޕްރައިމް ވީޑިއޯ މެމްބަރޝިޕް ޚިދުމަތް ބޭނުންކުރެއްވުމަށް 5ޖީބީގެ ޑޭޓާއާއިއެކު މަހަކު އެންމެ 191 ރުފިޔާގެ އޮފަރއެއްވެސް އުރީދޫގެ ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.


އެމޭޒަން ޕްރައިމް ވީޑިއޯއަކީ މަޝްހޫރު ފިލްމުތަކާއި ޓީވީ އެޕިސޯޑްތައް އަދި އެތަކެއް އެވޯޑް ލިބިފައިވާ ޕްރައިމް އޮރިޖިނަލްފަދަ މުނިފޫހިފިލުވަދޭ ކޮންޓެންޓް އެކުލެވިފައިވާ އޮން-ޑިމާންޑް ވީޑިއޯ ޚިދުމަތެކެވެ. ކޮންމެތާކު ހުރެގެން ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު ސްޓްރީމްކޮށް ޑައުންލޯޑްކޮށްލުމުގެ މަގުފަހިވެގެންދާ މިޚިދުމަތުގައި ހިމެނޭ ވީޑިއޯތަކުގެ ތެރޭގައި ޓޮމް ކްލެންސީސް ޖެކްރަޔަން، ދަ މާވެލަސް މިސިޒް މެއިޒަލް، ދަމޭން އިންދަ ހައި ކާސްލް، ހޯމްކަމިންގ، ދަ ގްރޭންޑް ޓުއަރ ފަދަ ސީރީޒްތައް ހިމެނެއެވެ.

 

ޕްރައިމް ވީޑިއޯ ބެއްލެވުމަށް އައިއޯއެސް އަދި އެންޑްރޮއިޑް ފޯނާއި ޓެބްލެޓް މެދުވެރިކޮށް ޕްރައިމް ވީޑިއޯ އެޕް ބޭނުންކުރައްވައިގެން، ނުވަތަ ސްމާޓް ޓީވީ އަދި ގޭމިންގ ކޮންސޯލް މެދުވެރިކޮށް primevideo.com އަށް ޒިޔާރަތް ކުރައްވައިގެންވެސް މިޚިދުމަތް ބޭނުންކުރެއްވޭނެއެވެ.

އެމޭޒަން ޕްރައިމް ވީޑިއޯއަށް ޝައުގުވެރިވާ އުރީދޫގެ ކަސްޓަމަރުންނަށް ލިބެންހުރި އޮފަރތަކާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް www.ooredoo.mv/prime-video ޒިޔާރަތްކުރެއްވުމުން، ނުވަތަ 929 އަށް ގުޅުއްވުމުން މި މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.


*މިއޮފަރއަށް ބަދަލުއައުން އެކަށީގެންވޭ. އަޖުމަބެލުމުގެ ގޮތުން 7 ދުވަހު ބޭނުންކުރެއްވުމަށްފަހު ޚިދުމަތް ކެންސަލް ނުކުރައްވާނަމަ ފުރަތަމަ 6 މަސްދުވަހަށް މަހަކު 49 ރުފިޔާގެ ރޭޓުން، އަދި އެއަށްފަހު މަހަކު 99 ރުފިޔާގެ ރޭޓުން އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތަށް ޗާޖު ކުރެވޭނެއެވެ. ޚިދުމަތް ބޭނުންކުރައްވަން ބޭނުންފުޅު ނުވާނަމަ ކޮންމެ ވަގުތަކުވެސް އުރީދޫ މެދުވެރިކޮށް މިޚިދުމަތް ކެންސަލް ކުރެއްވޭނެއެވެ. އެމޭޒަން، އެމޭޒަން ޕްރައިމް ވީޑިއޯ އަދި ގުޅުންހުރި ހުރިހާ ލޯގޯތަކަކީ އެމޭޒަންޑޮޓްކޮމް ނުވަތަ އެމޭޒަންޑޮޓްކޮމްގެ ބައިވެރިންގެ ޓްރޭޑްމާރކެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް