އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލިސް އިންތިޚާބުގައި މާލެސިޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި ފުލުހުން ބައްދަލުކޮށްފި

މަޖިލިސް އިންތިޚާބުގައި މާލެސިޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި ފުލުހުން ބައްދަލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

އެޕްރީލް 06 ވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން ކުރަމުންދާ މަަސައްކަތްތަކުގެ ތެރެއިން، މާލެސިޓީގެ ދާއިރާތަކަށް ޕާޓީތަކުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި ފުލުހުން ބައްދަލުކޮށްފިއެވެ.

 އިސްކަންދަރު ބިލްޑިންގގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި، އިންތިޚާބުގެ އެންމެހާ ކަންކަން ސުލްހަވެރިކަމާއި އަމާންކަމާއިއެކު ކުރިއަށް ގެންދިއުމަށް ފުލުހުންނަށް އެއްބާރުލުން ދިނުމަށާއި، މިނިވަންކަމާއިއެކު ހުރިހާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށާއި އަދި ކެމްޕެއިން ކުރުމުގައި އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފުނުވާނޭ ގޮތަށް އަމަލުތައް ބެހެއްޓުމާއި ގުޅޭގޮތުން ވާހަކަ ދައްކައި މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުން އިންތިޚާބުގެ އެންމެހާ ކަންކަން ސުލްހަވެރިކަމާއެކު ކުރިއަށްގެންދިއުމަށް ސަޕޯޓަރުންނަށް ނަސޭހަތްތެރިވުމަށް ކެންޑިޑޭޓުންގެ ކިބައިން އެދިލައްވާފައިވެއެވެ.

މި ބައްދަލުވުމުގައި، ރައްޔިތުން މަޖިލިސް އިންތިޚާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން ހިންގާ އޮޕަރޭޝަންގެ ކޮމާންޑަރ ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފާއި، ޑެޕިއުޓީ ކޮމާންޑަރ ޗީފް ސްޕްރިންޑެންޓެންޑް އޮފް ޕޮލިސް މޫސާ އަލީއާއި، ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނާއި އަދި  ޗީފް ސްޕްރިންޑެންޓެންޑް އޮފް ޕޮލިސް މުޙައްމަދު ރަޝީދުގެ އިތުރުން ފުލުހުންގެ އިތުރު އޮފިސަރުން ވެސް  ބައިވެރިވެލެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ