އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑުވަޒީރު މުސްލިމް އިމާމުންގެ ބަސް ޤަބޫލު ކުރައްވައިފި! ޓެރަރިސްޓްގެ ނަން ވެސް ދުވަހަކުވެސް ނުކިޔާނަން!: ބޮޑުވަޒީރު

ބޮޑުވަޒީރު މުސްލިމް އިމާމުންގެ ބަސް ޤަބޫލު ކުރައްވައިފި! ޓެރަރިސްޓްގެ ނަން ވެސް ދުވަހަކުވެސް ނުކިޔާނަން!: ބޮޑުވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

އަމިއްލައަށް ވީޑިއޯ ލައިވްކުރަމުން ހުކުރު ދުވަހު ނިޔުޒީލަންޑުގެ ދެ މިސްކިތުގައި ބަޑިޖަހައި 50 މުސްލިމުން ޝަހީދުކޮށް 60 އަށްވުރެ ގިނަ މުސްލިމުން ޒަޚަމްކޮށްލީ މަޝްހޫރު ބޭނުމުގައި ކަމަށްވީ ނަމަވެސް ދުވަހަކު ވެސް އެ ޓެރަރިސްޓުގެ ނަން ވިދާޅުވާ އަޑު ވެސް އެއްވެސް މީހަކަށް ނުއިވޭނެ ކަމަށް ނިޔުޒީލަންޑުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

"ޓެރަރިސްޓާ ބެހޭ ވަރަށް ގިނަ މައުލޫމާތު ލިބިއްޖެ. އޭނާ އުޅުނު ތަންތަނާ ކުރި ކަންކަންވެސް އެނގިއްޖެ. ނަމަވެސް މައުލޫމާތެއް ހާމަކުރަންވެސް އޭނާގެ ނަންވެސް އަހރެން ކިޔާ އަޑުވެސް އެއްވެސް މީހަކަށް ނީވޭނެ. ހަމަލާގެ ލިބެންހުރި ހުރިހާ ވީޑިއޯ އެއްވެސް ހޯދައި ނައްތައިލާނަން! އެ ބަލަން ހެޔޮ ނުވާނެ!"

ދުނިޔޭގައި ތިއްބެވި އިސްލާމް ދީނުގެ އިސް އިމާމުން ގެންދަވަނީ އޭނާ މަޝްހޫރުވާނެ އެއްވެސް ކަމެއް ނުކުރުމަށާއި ހަމަލާދޭ ވީޑިއޯ ނުބެލުމަށް ގޮވާލައްވަމުންނެވެ. ބޮޑުވަޒީރުގެ މި ބަސްފުޅުންވެސް އެނގެނީ އެކަމަނާ ވެސް ހުންނެވީ އިމާމުން އެވިދާޅުވާފަދައިން އޭނާ މަޝްހޫރުވާނެ އެއްވެސް ކަމެއް ނުކުރައްވާ ގޮތަށް ކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް