އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިޔަފާރީގެ ބާކީ އެންމެ ލާރިއަކީވެސް ބޮޑު ޙައްޤެއް! މިއަދު ނުދީފިނަމަ، އެއިގެ ޙިސާބު ޤިޔާމަތް ދުވަހުން އަދާކުރަން ޖެހޭނެ!

ވިޔަފާރީގެ ބާކީ އެންމެ ލާރިއަކީވެސް ބޮޑު ޙައްޤެއް! މިއަދު ނުދީފިނަމަ، އެއިގެ ޙިސާބު ޤިޔާމަތް ދުވަހުން އަދާކުރަން ޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ވިޔަފާރިކުރުމުގައި ބާކީ ދޭން ޖެހޭ އެންމެ ލާރިއަކީވެސް ބޮޑު ޙައްޤެއް ކަމަށާއި މިއަދު ނުދީފިނަމަ، އެއިގެ ޙިސާބު ޤިޔާމަތް ދުވަހުން އަދާކުރަން ޖެހޭނެ ކަމަށް ވިދާޅުވެ ކަސްޓަމަރުންގެ ބާކީވާ ވަކި ލާރިކޮޅު އެމީހުންނަށް ބަރާބަރަށް އަނބުރައި ދިނުމަށް ޝައިޚް ޝަފިޢް ޢަބްދުﷲ ވިޔަފާރިވެރިންނަށް ގޮވާލައްވައިފިއެވެ.

ޝައިޚް ޝަފީޢު މިމޭރުމުން ގޮވާލައްވާފައިވާއިރު މިހާރަކަށް އައިސް ވަކިލާރި ނުދިނުމަކީ ގިނަ ފިހާރަތަކަކުން ކުރަމުން އަންނަ ވަރަށް ޢާންމު ކަމެކެވެ. ވިސްނައިލަންވީ އެ ފަދަ ފިހާރަތަކުގެ ވަތްގަނޑުތަކަށް ދުވާލު އެގޮތަށް ކިތައް ވަކިލާރި ނުދީ ޖަމާކުރެވެމުން ދާނެ ކަމެވެ.

ޤިޔާމަތް ދުވަހު އެއަދަދު ފުރިހަމައަށް ފެނިގެން އަންނައިރު ކިހައި ވަރެއްގެ ބަދަލެއް ކިތައް މީހުންނަށް ދޭން ޖެހިދާނެ ކަމާއިމެދުގައެވެ. ވަކިލާރިކޮޅު ނުދިނުމުން މިއަދު ކަސްޓަމަރުން ޝަކުވާ ނުކޮށް ފިހާރައިން ނުކުމެގެން ދިއަ ނަމަވެސް އެދުވަހުން ހަމަ އެންމެ ލާރިއެއް ހޯދަންވެސް އަންނާނެ ކަމެވެ.

"ވިޔަފާރިވެރިންނަށް ގޮވައިލަން، ކަސްޓަމަރުންގެ ބާކީވާ ވަކި ލާރިކޮޅު އެމީހުންނަށް ބަރާބަރަށް އަނބުރައި ދިނުމަށް! އެހެނީ، އެންމެ ލާރިއަކީވެސް ބޮޑު ޙައްޤެކެވެ. މިއަދު ނުދީފިނަމަ، އެއިގެ ޙިސާބު ޤިޔާމަތް ދުވަހުން އަދާކުރަން ޖެހޭނެއެވެ." ޝައިޚް ޝަފީޢު ޢަބްދުﷲ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް