އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުދިންތަކެއް ވެސް ތިއްބާ ޓްރެކު ސަރަޙައްދުގައި އަންހެނަކާއި ފިރިހެނަކު ބަދުއަޚްލާޤީ ޢަމަލު ހިންގައިފި!

ކުޑަކުދިންތަކެއް ވެސް ތިއްބާ ޓްރެކު ސަރަޙައްދުގައި އަންހެނަކާއި ފިރިހެނަކު ބަދުއަޚްލާޤީ ޢަމަލު ހިންގައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު

ކުޑަ ކުދިންތަކެއް ވެސް ފަތަން ގޮސް ތިއްބާ، މާލޭ ޓްރެކު ސަރަޙައްދުގައި އަންހެނަކާއި ފިރިހެނަކު ބަދުއަޚްލަޤީ ޢަމަލު ހިންގަން ތިބި ފޮޓޯތަކެއް އާންމުވެއްޖެއެވެ.

 

މިމަންޒަރު ވަރަށް ގާތުން ދުށް މީހަކު، ނަންހާމަ ނުކުރުމަށް އެދި، "މިއަދުނޫހަށް" މައުލޫމާތު ދިން ގޮތުގައި މިކަން ހިނގާފައިވަނީ އިއްޔެ ހެނދުނު 7:00 ހާއިރެވެ. އަދި މިކަން ހިނގިއިރު އެވަގުތު އެސަރަޙައްދުގައި އެކިއެކި ސްކޫލްތަކުގެ ދަރިވަރުން ވެސް މޫދަން އެރެން ގޮސް ތިއްބެވެ.

 

"އެކި ސްކޫލްތަކުގެ ކުޑަކުދިން އެވަގުތު އެތަނުގައި ތިބި. އެންމެ ފުރަތަމަ އެމީހުން (ބަދުއަޚްލާޤީ ޢަމަލު ހިންގި އަންހެން މީހާއާއި ފިރިހެން މީހާ) ތަންކޮޅެއް ދުރުގަ ތިބެގެން ހަމަ 'ވަޖިދުވީ'. ދެން އެންމެ ފަހުން ގައުތައް ބިއްދޮށަށް ދިޔައީ" މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.

 

         

 

މިމައްސަލަ ފުލުހަށް ހުށަހަޅަން ޖެހިލުންވި ކަމަށް އެމީހާ ބުނެފައިވާއިރު "މިއަދުނޫހުގެ" ފަރާތުން (މައުލޫމާތު ދިން މީހާގެ އެއްވެސް މައުލޫމާތެއް ހާމަ ނުކޮށް) މިމައްސަލަ މިހާރު ވާނީ ފުލުހުންނާއި ހިއްސާ ކޮށްފައެވެ.

 

ޓްރެކް ސަރަޙައްދުގައި މިފަދަ ކަންތައް ގަނޑެއް ހިންގާފައިވާއިރު، މިދިޔަ ހަފްތާ ތެރޭގައި މާލޭގެ ސިނާއީ ސަރަޙައްދުގައި ވެސް ވަނީ މިފަދަ ބަދުއަޚްލާޤީ އަމަލުތަކެއް ދެމީހަކު  ރޯމާ ދުވާލުގަޑީ ހިންގާފައެވެ.

އަންހެނަކާއި ފިރިހެނަކު އެޢަމަލުތައް ހިންގަނިކޮށް، އެތަނުގައި އެވަގުތު "ފިލާ އޮތް" މީހަކު ވަނީ އެމަންޒަރުތައް ވީޑިއޯކޮށް، ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ