އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގާއި ސްޕާކްހަބް ގުޅިގެން ދެވަނަ ސްޓާޓަޕް ގްރައިންޑް އިވެންޓު ބާއްވައިފި

ދިރާގާއި ސްޕާކްހަބް ގުޅިގެން ދެވަނަ ސްޓާޓަޕް ގްރައިންޑް އިވެންޓު ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 58 ސިކުންތު

ސްޕާކްހަބް އާއި ރާއްޖޭގެ އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތް ދޭ ކުންފުނި ކަމަށްވާ ދިރާގު ގުޅިގެން، ޒުވާން ވިޔަފާރިވެރިންނަށް އަމާޒުކޮށް، ދެވަނަ ސްޓާޓަޕް ގްރައިންޑް އިވެންޓް ބާއްވައިފިއެވެ.

 

"ސްޓާޓް އަޕް ގްރައިންޑް އެކްސް" ގެ ނަމުގައި އެކުންފުނީގެ މައި އޮފީހުގައި އިއްޔަ ބޭއްވި އެއިިވެންޓުގައި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ، އައިސީޓީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.

 

ދިރާގުން މައުލޫމާތު ދީފައިވާ ގޮތުގައި މިއިވެންޓަކީ ތައުލީމީ ފަރާތްތަކާއި އަލަށް ވިޔަފާރިތަކައް ނިކުންނަ ފަރާތްތަކާއި އަދި އިންވެސްޓަރުން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ އެންމެ ބޮޑު ސްޓާޓް އަޕް ކޮމިއުނިޓީއެވެ.

 

މި އިވެންޓުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ޒުވާނުންގެ ތަރައްޤީއަށް މަސައްކަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭން އެންމެ ބޮޑަށް ބޭނުންވާ ދާއިރާ ކަމަށެވެ.

 

"މި ދާއިރާއަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން އެހީތެރިވާން އެންމެ ބޭނުންވާ އެއް ދާއިރާ،" އިސްމާއިލް ވިދާޅުވިއެވެ.

 

ދިރާގުން ކުރިއަށް ގެންދިޔަ "ސްޓާޓް އަޕް ގްރައިންޑް އެކްސް" މާލެ ގައި މައުލޫމާތު ދީފައި ވަނީ މެލޭސިޔާގެ މައިބަންޕް މެލޭޝިއާ ކުންފުނީގެ ކޯފައުންޑަރު އަދި ސީއީއޯ ދަނީސް އާތިފެވެ.

 

ދަނީސްގެ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ "އެޑްޓެކް" އެއް ފަށައިގަތުމަށާއި ޝައުގުވެރިކަން ގެއްލުވާ ނުލާ ކުރިއަށް ދިޔުމަށް ވިސްނާލަން ޖެހޭ ކަންތައްތަކުގެ މައްޗަށެވެ.

 

މައިބަންޕް އަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަފާތު ވަސީލަތްތައް މެދުވެރިކޮށް ކާމިޔާބު ކަމާއެކު މާކެޓިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކުންފުންޏެވެ.

 

ދިރާގުން "ސްޓާޓް އަޕް ގްރައިންޑް އެކްސް މާލެ" އިވެންޓު ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި އެ ކުންފުނިން ވަނީ ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ހެކަތޯންވެސް ބާއްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ