އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެ ޤައުމަށް ފައިދާ ކުރާނެ ހުރިހާ ދާއިރާއަކުން ޕާކިސްތާނާ ގުޅުން ބަދަހި ކުރަން ރާއްޖެ އޮންނާނީ އަބަދުވެސް ތައްޔާރަށް: ފައިޞަލް

ދެ ޤައުމަށް ފައިދާ ކުރާނެ ހުރިހާ ދާއިރާއަކުން ޕާކިސްތާނާ ގުޅުން ބަދަހި ކުރަން ރާއްޖެ އޮންނާނީ އަބަދުވެސް ތައްޔާރަށް: ފައިޞަލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

ސަރަހައްދީ ގޮތުންނާއި ބައިނަލްއަޤްވާމީ މައިދާނުގައިވެސް ރާއްޖެއާއި ޕާކިސްތާނުން ގުޅިގެން، ދެ ޤައުމަށް ފައިދާ ކުރަނިވި ހުރިހާ ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ދެއަވައިފިއެވެ.

79ވަނަ "ޕާކިސްތާން ޑޭ" ފާހަގަ ކުރުމަށް ރޭ އިސްކަންދަރު ސްކޫލްގައި ބޭއްވި ހަފުލާގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްޤީގައި ޕާކިސްތާނުން އަދާކޮށްފައިވާ މުހިންމު ދައުރު ފާހަގަ ކުރައްވާ ކަމަށާއި އެކަމަށްޓަކައި ޕާކިސްތާނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް، ދެކުނު އޭޝިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމާއި، އަމާންކަމާއި، ހަމަޖެހުން ކަށަވަރުކޮށް އިތުރު ފާގަތިކަން ހޯދުމަށް ދެ ޤައުމުން އެކުގައި މަސައްކަތް ކުރާނެކަން ޔަޤީން ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ރާއްޖެއާއި ޕާކިސްތާނާ ދެ ޤައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ އިތުރުކުރުމަށާއި، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހި ކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ. އަދި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ރަސްމީ ގޮތުން ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަން ފާހަގަ ކުރައްވައި، ދެ ޤައުމުގެ ދުވަސްވީ ގުޅުމުގެ ސިއްރަކީ ދެޤައުމުގެ އެއްގޮތް ސަގާފަތާއި، އިސްލާމްދީނާއި، އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިހުތިރާމުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ޕާކިސްތާން ޑޭ ފާހަގަކުރަނީ، 23 މާރިޗު 1940 ގައި ފާސްކުރި "ލާހޯރ ރެޒޮލިއުޝަން" ޤަރާރާއި ގުޅިގެން، 23 މާރިޗު 1956 ގައި ޕާކިސްތާނުގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީއެއް ފާސްކޮށް އަމަލުކުރަން ފެށުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް