އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަރެސްމާތޮޑާ ހުވަދޫ ސްކޫލް ދަރިވަރުންނަށް ޓްރެފިކާ ގުލޭގޮތުން މައުލޫމާތު ދީފި

ފަރެސްމާތޮޑާ ހުވަދޫ ސްކޫލް ދަރިވަރުންނަށް ޓްރެފިކާ ގުލޭގޮތުން މައުލޫމާތު ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ގދ.ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނާއި އެރަށު ހުވަދޫ ސްކޫލް ގުޅިގެން، އެސްކޫލްގެ ގްރޭޑް 7ން ގްރޭޑް 10ށް ތަޢުލީމު ޙާސިލު ކުރަމުންދާ ދަރިވަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފައިވެއެވެ.

މާރިޗު 21ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާއި، މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައާއި  ބައިސްކަލް ދުއްވުމުގައި ދަރިވަރުން އަމަލުކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެކްސިޑެންޓެއް ހިނގައިފިނަމަ ދަރިވަރުންގެ ފެންވަރުުގައި ކުރެވެނޭ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ސްކޫލު ހިމެނޭ ސަރަޙައްދުގައި ދިމާވާ ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދުމަށް ދަރިވަރުންނަށް ކުރެވދިާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ.

އަމާންވެއްޓެއް ޤާއިމުކުރުމާއި ސްކޫލް ދަރިވަރުންނަކީ އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ރޯޑް ކޯޑަށް އަހުލުވެރިވެފައިވާ އަޚްލާޤު ރަނގަޅު ދަރިވަރުންތަކެއް އުފެއްދުމަށް ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި ހުވަދޫ ސްކޫލްގެ 59 ދަރިވަރުން ބައިވެރިވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ