އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިފްކޯ ގެ ދެ މިލިއަން ރުފިޔާ ފޭރުނު މައްސަލައިގަ ދެ ފިރިހެނަކު ހައްޔަރު ކޮށްފި!

މިފްކޯ ގެ ދެ މިލިއަން ރުފިޔާ ފޭރުނު މައްސަލައިގަ ދެ ފިރިހެނަކު ހައްޔަރު ކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 5 ސިކުންތު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވޭނަކަށް ހަމަލާދީ ދެ މިލިއަން ރުފިޔާ ފޭރުނު މައްސަލައިގައި، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިމައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކާއި 23 އަަހރުގެ ފިރިހެނެއް ކަމަށެވެ.

 

އޭގެ ތެރެއިން އުމުރުން 19 އަހަރުގެ ފިރިހެންމީހާ އިއްޔެ ހައްޔަރު ކޮށްފައިވާއިރު އޭނާގެ ބަންދަށް މިހާރު އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ. އުމުރުން 23 އަހަރުގެ މީހާގެ ހައްޔަރު ކޮށްފައިވަނީ ރެގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.

 

އެކުންފުނީގެ ހެޑް އޮފީހުން ދެ މިލިއަން ރުފިޔާގެ ފައިސާ ހިފައިގެން ދިޔަ ވޭނެއް، ބޭރު މަގުން ދުއްވާފައި ދަނިކޮށް އޭގެ ތެރޭގައި ތިބި މީހުންނަށް ބިރު ދައްކާ، ހުއްޓުވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު ވަގުތެއްގައެވެ. މޫނު ނިވާކޮށްގެން އައި ބަޔަކު ވޭން ހުއްޓުމުން ކޯރާޑިއަކުން ޖަހާ ވޭނުގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު އޭގެ ތެރޭގައި ހުރި ހުރިހާ ފައިސާތަކެއް ވަނީ ފޭރިގެންފައެވެ.

 

އެފައިސާއަކީ މިފްކޯގެ މައި އޮފީހުން ފެލިވަރަށް ގެންދަން އުޅުނު ފައިސާތަކެއް ކަމަށާއި ފޭރުމުގެ މިއަމަލު ހިނގިއިރު އެވޭނުގައި ތިބީ ޑްރައިވަރާއެކު އެކުންފުނީގެ މުވައްޒަފެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. ކޯރާޑިން ޖަހާ ބިއްލޫރުގަނޑު ތަޅާލިއިރު އެތެރޭގައި ތިބި ދެމީހުންނަށް ވެސް ކުދި އަނިޔާތަކެއް ވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ