އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑައުން ސީންޑްރޯމް ހުންނަ ކުދިންނަށް ދިރާގުގެ އެހީއާއެކު ސްޕީޗް ތެރަޕީ ދީފި!

ޑައުން ސީންޑްރޯމް ހުންނަ ކުދިންނަށް ދިރާގުގެ އެހީއާއެކު ސްޕީޗް ތެރަޕީ ދީފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު

ރާއްޖޭގެ އެންމެ ޒަމާންވީ މުއާސަލާތީ ކުންފުނި ކަމަށްވާ ދިރާގުގެ އެހީތެރިކަމާއެކު ބިއުޓިފުލް އައިސްއިން ޑައުން ސިންޑްރޯމް ހުންނަށް ކުދިންނަށް ސްޕީޗް ތެރަޕީ ޕްރްގްރާމް އަކާއި ޑައުން ސިންޑްރޯމް އެސެސްމެންތް ޕްރޮގްރާމެއް ހދ. އަތޮޅުގައި ކުރިއަށް ގެންގޮސްފި އެވެ.

 

ބިއުޓިފުލް އައިސް އަށް ދިރާގުން ދިން މި އެހީ އެ ޖަމްއިއްޔާ އާއި ހަވާލުކޮށްފައި ވަނީ ދުނިޔޭގެ ޑައުންސިންޑްރޯމު ދުވަސް ފާހަގަ ކުރުމަށް އިއްޔެ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ހަރަކާތުގެ ތެރެއިންނެވެ.

 

ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން އަކީ ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ، އެކުދިންގެ އާއިލާ އަށް ހިތްވަރުދީ، ޑައުން ސިންޑްރޯމާއި ގުޅޭ ގޮތުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާ އެކެވެ.

 

ދިރާގުން ބުނެފައިވަނީ އެކުންފުނީގެ ފަރާތުން އެއެސޯސިއޭޝަނަށް އެހީވެދީފައިވަނީ ދިރާގުގެ ސީއެސްއާރް ޕްރްގްރާމްގެ ދަށުން ކަމަށެވެ.

 

ދިރާގަކީ އިޖްތިމާއި އެކިކަންކުމުގައި އެހީ ފޯރުކޮށް ދެމުންދާ ކުންފުންޏެކެވެ. ދިރާގުގެ އެހީއާކު ކުރިއަށް ގެންދިޔަ އެހަރަކާތާ ބެހޭގޮތުން ބިއުޓިފުލް އައިސް އެސޯސިއޭޝަނުން ބުނީ، ޑައުން ސިންޑްރޯމް ހުންނަށް ކުދިންނަށް ސްޕީޗް ތެރަޕީ ދީފައިވަނީ ރާއްޖެއިން ބޭރުން ގެނައި ސްޕެޝަލިސްޓުން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ