އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝާފިޢު އަވަހާރަވުމުން އެމްޑަބްލިޔޫއެސްސީގެ ދިދަ ބައިދަނޑިއަށް!

ޝާފިޢު އަވަހާރަވުމުން އެމްޑަބްލިޔޫއެސްސީގެ ދިދަ ބައިދަނޑިއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

އެމްޑަބްލިޔޫއެސްސީގެ ކަސްޓަމަރ ސަރވިސް މެނޭޖަރުގެ މަޤާމުގައި ހުންނެވި ހ. ވިއޯލާ، މުޙައްމަދު ޝާފިޢު (ހ. ފުސްވިލާގޭ ޝާފިޢް) ކުއްލި ގޮތަކަށް އަވަހާރަވުމާއި ގުޅިގެން އެމްޑަބްލިޔޫއެސްސީގެ ދިދަ 3 ދުވަސް ވަންދެން ބައިދަނޑީގައި ބަހައްޓަން ސީއީއޯ އާދަމް ޢާޒިމް ނިންމަވައިފިއެވެ. 

އުމުރުން 57 އަހަރުގެ ޝާފިޢުއަކީ އެކުންފުނީގެ ޚިދުމަތާއި 1995 ވަނަ އަހަރު ގުޅިވަޑައިގެންނެވި މުވައްޒިފެކެވެ. އަދި އެކުންފުނީގައި ވަޒީފާ އަދާކުރަން ފެށި ފުރަތަމަ ދިވެހި މުވައްޒިފް ވެސް މެއެވެ. 

ޝާފިޢް އަވަހާރަވީ ޢާއިލާ އާއިއެކު ޗުއްތީ ހޭދަކޮށްލައްވަން ވަޑައިގެން ތ އަތޮޅުގެ ރިޒޯޓެއްގައި ހުންނަވަނިކޮށް ރޭ ފަތިހުއެވެ. ޝާފިއް ފާހަގަ ކުރެވިފައި ވަނީ ވަރަށް ހިތްހެޔޮ، އަވަށްޓެރިންނާއިވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއްގެ ގޮތުގައެވެ. 

ޝާފިޢްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރު ކުރެއްވެވުން އެދި އާއި ޢާއިލާއަށް ކެތްތެރިކަން ދެއްވެވުން އެދި ދުޢާކުރަމެވެ.   

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް