އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ "ސްމާޓް ކެމްޕަސް" މާފުށީ ޖަލުގައި އިފްތިތާޙް ކޮށްފި!

އުރީދޫ "ސްމާޓް ކެމްޕަސް" މާފުށީ ޖަލުގައި އިފްތިތާޙް ކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

އުރީދޫ މޯލްޑިވްސް އާއި ކަރެކްޝަނަލް ސާވިސް ގުޅިގެން މާފުށީ ޖަލުގައި "ސްމާޓް ކެމްޕަސް" ގެ ނަމުގައި ވަރަށް ޚާއްސަ ޑިޖިޓަލް ޕްރޮގްރާމެއް، އިފްތިތާޙް ކޮށްފިއެވެ. 

މާފުށީ ޖަލުގައި މިޕްރޮގްރާމް އިފްތިތާޙްކުރީ މިކަމަށްޓަކައި މިއަދު ހަވީރު އެތަނުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. 

މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. އެމަނިކުފާނު އަރިހު މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝައިޚް އިމްރާން އަބްދުﷲ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އިމްރާން ވިދާޅުވީ އެމަނިކުފާނު ޤަބޫލުކުރާ ގޮތުގައި ޖަލަށް މީހުން ލަނީ އަދަބު ދިނުމުގެ ގޮތުން ނޫން ކަމަށެވެ. 

"އަޅުގަނޑުމެންގެ މުޅި ސިސްޓަމް ބިނާ ކުރަން ބޭނުންވަނީ އަދަބު ދިނުމުގެ ބަދަލުގައި ގައިދީންނަކީ ވެސް މުޖުތަމައުއަށް ފައިދާ ކުރާނެ ބަޔަކަށް ހެދުން. އަޅުގަނޑު އުންމީދު ކުރަނީ، ގައިދީއިން ޖަލުގައި ހޭދަކުރާ މުއްދަތައްފަހު މުޖުތަމައުއަށް ނިކުންނައިރު އެމީހަކީ ފައިދާހުރި މީހަކަށްވުން" ޝައިޚް އިމްރާން ވިދާޅުވިއެވެ. 

މިއަދު މިތަޢާރަފް ކުރެވުނު ޕްރޮގްރާމުގެ ސަބަބުން ގައިދީންނަށް ވެސް ޢިލުމު އުނގެނުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. 

"ސްމާޓް ކެމްޕަސް" ޕްރޮގްރާމް މާފުށީ ޖަލުގައި ތަޢާރަފް ކޮށްދެއްވީ ނައިބު ރައީސް އަދި މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ފައިސަލް ނަސީމެވެ. 

މިއަދު އިފްތިތާހުކުރި ޕްރޮގްރާމްގެ ސަބަބުން ގައިދީންނަށް އެކިއެކި ކަންކަން އުނގަންނައިދީ ތައުލީމީ ރޮނގުން އެމީހުން ޑިޖިޓަލް މާހައުލެއްގައި ކުރިއަރާނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ. 

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ މިފަދަ ޚިދުނަތެއް ރާއްޖޭގައި ފެށުމަކީ ޚުދު އޭނާ އަމިއްލައަަށް ވެސް  ކުރައްވަން ވަރަށް ބޭނުންފުޅުވި ކަމެއް ކަމަށެވެ. 

މިފަދަ ޕްލެޓްފޯމެއް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ލިބެން ހުރިނަމަވެސް، ޕްލެޓްފޯމެއްގެ ސަބަބުން އެހެން ބައެއްގެ ދިރިއުޅުން އިތުރަށް ރަނގަޅުވުމަކީ ލިބޭ ބޮޑު ކާމިޔާބީއެއް ކަމަށް ވެސް ނަޖީބު ވިދާޅުވިއެވެ. 

"މިޕްލެޓްފޯމުގެ ސަބަބުން ގައިދީންނަށް އިތުރު ކަންތައްތަކެއް ފަސްވެ، ބޮޑު ކުރިއެރުމެއް ލިބޭނެ" ނަޖީބް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ