އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުގަނޑުމެން ޤަބޫލެއް ނުކުރަން މީހަކަށް ކުށެއް ކުރެވުނީތީ އެކަމުގަ އެމީހާ އަބަދު ހުންނަން ޖެހޭނެ ކަމަކަށް: ނައިބު ރައީސް

އަޅުގަނޑުމެން ޤަބޫލެއް ނުކުރަން މީހަކަށް ކުށެއް ކުރެވުނީތީ އެކަމުގަ އެމީހާ އަބަދު ހުންނަން ޖެހޭނެ ކަމަކަށް: ނައިބު ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

އިންސާނަކަށް ކުށެއް ކުރެވުމުން އެމީހަކު ދެން އަބަދުވެސް ހުންނަން ޖެހޭނީ އެކަމުގައި ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. 

އުރީދޫ މޯލްޑިވްސް އާއި ކަރެކްޝަނަލް ސާވިސްއިން ގުޅިގެން މާފުށީ ޖަލުގައި "ސްމާޓް ކެމްޕަސް" އިފްތިތާހް ކުރުމުގެ ޚަފްލާގައި ނައިބު ރައީސް ވިދާޅުވީ މިއަދު މިފެށުނު މިމުހިންމު މަސައްކަތް ފުރިހަމަ ގޮތުގައި ކުރުމަށާއި މިފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށެވެ. 

"މިއަދު އަޅުގަނޑުމެންނަށް މިލިބުނު ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ހިފަން އެބަޖެހޭ. އަޅުގަނޑުމެންގެ ޤައުމު ކިތަންމެ ކުޑަ ނަމަވެސް، އަޅުގަނޑުމެންގެ މިޤައުމުގެ ރައްޔިތުންގެ ވިސްނުމަކީ ދުނިޔޭގެ އެހެން ބޮޑެތި ޤައުމުތަކާއި އެއް ހަމައިގަ ހުރި ވިސްނުންތަކެއް" ފައިސަލް ނަސީމް ވިދާޅުވިއެވެ. 

މިޕްރޮގްރާމްގެ ސަބަބުން ގައިދީންގެ ދިރިއުޅުން އާބާދުވެ، މުޖުތަމައުއަށް ފަހުން ނިކުންނައިރު އެމީހުންގެ ދިރިއުޅުން ހެޔޮގޮތުގައި ބަދަލުވެގެން ދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ވެސް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ. 

ނައިބު ރައީސްގެ އިތުރުން ޚަފްލާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ، ހުކުމް ތަންފީޒު ކުރަމުންދާ ބަޔަކު މިނިވަންކޮށް ގެންގުޅުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި ޖިނާއީ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރާ މީހަކާއި ކަރެކްޝަންސް އިން ހަވާލުވާއިރު، އެގައިދީއަކީ ހުކުމް ތަންފީޒުކޮށް ނިމޭއިރު މުޖުތަމައު ޤަބޫލުކުރާ ހެޔޮ ބަދަލުތަކެއް އައިސްފައިވާ ބަޔަކަށް ހެދުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވައުދެއް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ