އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަހަރުގެ ރަމަޟާން މަސް ފެށެން ދާދި ގާތްވެއްޖެ - ޤަޟާކުރަން ޖެހޭ ރޯދަ ހިފާ ހަމަކުރެވިއްޖެތަ؟

މިއަހަރުގެ ރަމަޟާން މަސް ފެށެން ދާދި ގާތްވެއްޖެ - ޤަޟާކުރަން ޖެހޭ ރޯދަ ހިފާ ހަމަކުރެވިއްޖެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

އަންނަ މެއި މަހުގެ ފުރަތަމަ ހަފްތާގައި މިއަހަރުގެ ރަމަޟާން މަސް ފެށޭނެއެވެ. އެހެންކަމުން ރަމަޟާން މަސް ފެށެން މިހާރު ދެން މިއޮތީ އެންމެ ދޮޅުމަހެއްހައި ދުވަހެވެ. ސުވާލަކީ ރަމަޟާން މަސް ފެށެން މިހައި ގާތްވެފައިވާއިރު މިދިއަ ރަމަޟާން މަހުން ޤަޟާކުރަންޖެހޭ ރޯދަތައް ޤަޟާކުރެވިއްޖެ ހެއްޔެވެ؟

ރޯދަ ވާޖިބުވާ ކުޑަކުދިންގެ ވެސް ރޯދަ ގެއްލިފައިވާނަމަ ޤަޟާ ކުރަން ޖެހޭނެއެވެ. ވީމާ މިހައި ތަނަށް އެކަން ނުކުރެވިވާނަމަ ވީހައި އަވަހަކަށް އެކަންކުރުވައި ނިންމުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. އެއީ ބެލެނިވެރިންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. މިކަމުގައި ބައެއް ބެލެނިވެރިން ފަރުވާ ކުޑަކުރެއެވެ. ކުދިން ކުޑަވުމުން އެއީ ކަމަކަށް ނުހަދައި ދޫކޮށްލައެވެ. އަހރެމެންނަށް އެކުދިންނަކީ ކުޑަކުދިން ނަމަވެސް ބާލިޣްވުމުން ރޯދަ ވާޖިބުވާނެއެވެ. 

ރޯދަ ޤަޟާކުރަން ޖެހި، ޤަޟާ ނުކުރުމަކީ ކުޑަ ކަމެއް ކަމަށް ހީނުކުރާށެވެ! އެއީ ބޮޑު ކަމެކެވެ. އަދި ފިދުޔަ ދިނުމަކީ ވެސް ކުޑަ ކަމެއް ކަމަށް ހީނުކުރާށެވެ. ފިދުޔަ ދޭންޖެހޭނީ އެމީހަކަށް ރޯދަ ހިފޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ. ބޮޑު ބައްޔެއްގައި އުޅެން ޖެހުމުން ރޯދަ ހިފޭނެ އެއްވެސް ގޮތެއް ނެތް މީހުންނާއި ޖެހިފައިވާ ބައްޔެއްގެ ސަބަބުން ރޯދަ ހިފައިފިނަމަ ފުރާނައަށް ގެއްލުންވާ ހާލުގައި ތިބޭ މީހުންނެވެ. އަދި އެކަމަށްޓަކައި އިތުބާރުކުރެވޭ ޑޮކްޓަރުންގެ ވެސް ލަފައާއިއެކުގައެވެ. 

މިކަންކަން މިހެން ހުރުމާއިއެކުގައިވެސް ބައެއް ބެލެނިވެރިން މިކަމަށް ދޭ ސަމާލުކަން ކުޑަކަން ފާހަގަކުރެވެއެވެ. އަދި އެންމެ ފަހު ވަގުތަށް މަޑުކުރުމުން ކުރީ އަހަރުގެ ރޯދަތައް ޤަޟާ ނުކުރެވި އުޅެނިކޮށް ރަމަޟާން ފެށޭތަންވެސް އެބައާދެއެވެ. ކޮންމެ ގޮތެއްގައިވެސް ރޯދައަކީ ދަރަންޏެކެވެ. ދަރިން ބޮޑުވެ އަމިއްލަ ދިރިއުޅުމެއް ފަށާއިރު އެކުދިންގެ ބޮލުގައި ބޮޑު ދަރަންޏެއް އޮތްނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ބައަކީ މައިން ބަފައިންނެވެ. އަދި އެފަދަ ދަރަންޏެއް ބާއްވާކަށްވެސް މައިން ބަފައިން ބޭނުމެއްވެސް ނުވާނެއެވެ! ވީމާ އެކަމަށް ވިސްނައި ދަރިން ލައްވައި ޤަޟާ ރޯދަތައް ހިއްޕުވައި ނިންމުވަން ހަނދާންކޮށްދެމެވެ. 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް