އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހުގަ އެކަނި އިނދެގެންވެސް ވާނީ އިސްލާމް ދީނާ ދިވެހިންގެ ޤައުމިއްޔަތު ހިމާޔަތްކޮށްފަ!: ޤާސިމް

މަޖިލީހުގަ އެކަނި އިނދެގެންވެސް ވާނީ އިސްލާމް ދީނާ ދިވެހިންގެ ޤައުމިއްޔަތު ހިމާޔަތްކޮށްފަ!: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 38 ސިކުންތު

ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވަން ރައްޔިތުންގެ މަޖިލީހުގައި ގިނިކަންޏާ އިންނަވައިގެންވެސް ވާނީ އިސްލާމް ދީނާ ދިވެހިންގެ ޤައުމިއްޔަތު ހިމާޔަތްކުރައްވާފައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއޖެއެވެ. 

މާމިގިލީގައި މިރޭ ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބަރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވަން ރައްޔިތުންގެ މަޖިލީހުގައި އިންނަވައިގެންވެސް އެއިރު "ބިންގާ ކައްޗަށް އަޅައިގެން ކައްޗަށް ގެންދިއަ ކަންކަން ކައްޗަށް ގެންދިއަ ނުދީ ވާނީ ހިފަހައްޓަވާފައި ކަމަށެވެ. "ރާއްޖޭގައި އިސްލާމް ދީން ނަގާލައި ބުދުފައްޅިއަޅައި އަނެއްކަމެއް ކުރާނެ ކަމަށް ބުނަމުންދިއައިރު އެމަންޒަރު ފެނުނީމަ ގޯޅިއެޅިއަ ނުދީ ހިފެހެއްޓީ." 

ޤާސިމް އިބްރާހީމް ވިދާޅުވީ ޤައުމުގައި އަބަދުވެސް އެންމެ ބޮޑަށް އަނިޔާ ލިބޭމީހަކީ އެމަނިކުފާނު ކަމަށާއި އަނިޔާ ކުރަނީ ކޮންމެ ސަރުކާރަކުން ނަމަވެސް ގޯހެއް ހަދާނަމަ އެހަދަނީ ގޯހެއް ކަމަށް ވިދާޅުވަމުން ގެންދަވާތީ ކަމަށާއި ކިތަންމެ އަނިޔާއެއް ދިން ނަމަވެސް އަބަދުވެސް ހުންނަވާނީ ޙައްޤުބަސް ވިދާޅުވުން މަތީގައި ކަމަށެވެ. 

"1984 ވަނަ އަހަރުން ފެށިގެން އައީ އިޞްލާޙީ މަސައްކަތް ކުރަމުން. 2001 ވަނަ އަހަރުން ފެށިގެން އިތުރު ށާބިތުކަމާއިއެކު އެ މަސައްކަތް ފެށީ. 2004 ވަނަ އަހަރު ޤާނޫނު އަސާސީ އިޞްލާހުކުރުމަށް ޚާއްބަ މަޖިލިސް އެކުލަވައިލެވުނީ. 2008 ވަނަ އަހަރު ޤާނޫނު އަސާސީ ތަންފީޒުކުރެވުނީ. އެ ޤާނޫނު އަސާސީގެދަށުން ވެރިކަމަށް އާދެވުނު ގޮތް ނުއެނގިގެން ހިތަށްއެރިހައި އެއްޗެއް ގޮވަނީ. ކޮންމެ އެއްޗެއް ގޮވި ނަމަވެސް ހަމަ އެންމެ އިންޗިއެއްވެސް ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑު މިކުރާ މަސައްކަތް ހަމަ ސާބިތުކްމާއިއެކު ކުރާނަން." 

ޤާސިމް އިބްރާހީމް ވިދާޅުވީ ކޮންމެ ދެމީހެއްގެ ވެސް ޚިޔާލު ތަފާތުވާނެ ކަމަށާއި ނަމަވެސް މިހައިތަނަށް ޤައުމުގައި ހެދިފައިވާ "މިސްޓޭކް"ތައް މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެކަންކަން އިޞްލާޙްކުރައްވައިގެން ވެރިކަން ކުރައްވަން ވެސް ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން ދައްކާ އެއްވެސް ބިރަކަށް ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާއިރު ރައްޔިތުން ވަރަށް ގިނަ ކަންތައްތަކަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށާއި ރާއްޖޭގެ ރައްޔިތުން ވަނީ މިހައިތަނަށް އެމަނިކުފާނު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި ހުރިހާ ކަމެއް ކޮށްދީފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. "ހަމައެކަނި ނުލިބި ވަނީ ރިޔާސީ އިންތިޚާބުގައި 51 އިންސައްތަ ވޯޓު. ފާއިތުވި ދެ ސަރުކާރު ވެރިކަމަށް ގެނައުމުގައި ކޯލިޝަން ހައްދަވައި ރައްޔިތުންގެ ކިބައިން އެދިވަޑައިގަތުމުން 2 ފަހަރުވެސް ރައްޔިތުން ވަނީ އެކަން ކޮށްދީފައި. އެކަމަށްޓަކައި ރައްޔިތުންނަށް މިރޭވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." 

"އަޅުގަނޑުމެން ކަންކަން ކުރުމުގެ ވިސްނުން ގެންގުޅެން ޖެހޭނީ ޤައުމުގެ ޤާނޫނުގެ އަސާސީގައިވާ ހުދޫދުތަކުގެތެރެއިން. މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން އިބްރަތް ޙާޞިލުކޮށް އެއީ މޫނުބަލާ ލޯގަނޑަކަށް ބޭނުންކުރަން ޖެހޭނެ. އެކަންކަން އެގޮތަށް ނުދާނެ ކަމަށް ބެލުމަކީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. ރާއްޖޭގެ ތާރީޚު ބަލައި އެކިފަހަރުމަތިން ރާއްޖޭގެ ވެރިކަމާ ތޮޅެން އައި މީހުން އައީ ކޮންތާކުންކަން ބަލަން އެބަ ޖެހޭ. އެ ޒަމާނުންސުރެ ރާއްޖޭގެ މިނިވަންކަމާ އިސްތިޤްލާލް ނަގާލަން ބައަކު މިނިވަންކަމާއިއެކު މަސައްކަތް ކުރަމުންދާކަން އަޅުގަނޑުމެންނަށް އެބަ އެނގެން ޖެހޭ. އެކަންކަން ހަނދާން ނައްތާލައިގެން ނުވާނެ. މިއަދުގެ ޒުވާނުންނަކީ މާދަމާ ޤައުމު ހިންގަން ތިބޭނެ މީހުން. އެމީހުންނަށް މިކަންކަން އެބަ އެނގެން ޖެހޭ." 

"މަޖިލީހުގެ މެންބަރުންނަށް މިލިއަނަރުން ބޭތިއްބީމަ އެބަ ތަޢާރަޒްވެއޭ ކިޔައިގެން ވާހަކަ ދައްކާއިރު މަޖިލީހުގެ މެންބަރުންނަށް ބައިތިއްބަންޖެހޭނީ އެއްވެސް އެއްޗެއް އަތުގައި ނެތް ހުސްބުޅިއެއް އެއްލީމަ ވެސް ގަންނަވަރުގެ މީހުންތޯ އަޅުގަނޑު ހިތަށް އަރާ. ބައެއް ބޭފުޅުންނަށް އެކަން އޮޅިވަޑައިގެން އުޅުއްވާހެން އަޅުގަނޑަށް ހީވަނީ. އެއީ އެކަން އޮތް ގޮތެއް ނޫން. އޅުވާލަން ނޫޅޭ. ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް އަދި އެހެން ދިމާތަކުގައިވެސް ކަންކަން ހުރި ގޮތް އަޅުގަނޑުމެން އެބަ ދަސްކުރަން ޖެހޭ."   

ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނަށް ނިޞްބަތްކޮށް ހަޤީޤަތް އޮޅުވައިލުމަށް ވާހަކަތައް ދައްކަނީ ހުރިހާ ކަމެއް އަމިއްލަ ބަނޑުދަށުގައި ލައިގެންދާން ބޭނުންވާތީ ކަމަށާއި އެކަންކަން އެގޮތަށް ކުރަން ބޭނުންވާ ސަބަބުވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ އާއިއެކު ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް 22 ގޮނޑި ދެއްވަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބޭނުންފުޅުވި ކަމަށާއި ނަމަވެސް އެފުރުބަތު އެމަނިކުފާނަށް ލިބިވަޑައި ނުގަތީ ކީއްވެގެންކަންވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. "އަޑިއަޑިން ނާގަހަރުފަ ވިހަލާހެން ކަންކަން ކުރި ނަމަވެސް، މިތިބީ އެކަންކަން ނޭނގިއެއް ނޫން. އަޅުގަނޑުމެން މިތިބީ ޤާނޫނު އަސާސީގައިވާ ގޮތަށް މިސަރުކާރު ނަގަހައްޓައި ދަމަހައްޓަން. އަޅުގަނޑުމެން އެ މަސައްކަތް ކުރާނަން. މާތްﷲ އިރާދަކުރެއްވިއްޔާ ރައީސް ނަޝީދަސް ފެނިވަޑައިގަންނަވާ ހުވަފެން އެއީ ބިލާހަކަސް އަޅުގަނޑުމެން ހަދާނަން. އެމަނިކުފާނު ދކެވަޑައިގަންނަވާ ގޮތަކަށް އެކަންތައްތައް ޙާޞިލެއް ނުކުރެވޭނެ." 

ޤާސިމް އިބްރާހީމް ވަނީ ތާއަބަދު އެމަނިކުފާނަށް ތަފަތު ނަންނަމުން ކިޔައިފުރައްސާރަ ކުރަމުން ގެންދިއަ ނަމަވެސް އެންމެ އިންޗިއެއްވެސް އެމަނިކުފާނު އެބަ ފަހަތަށް ޖެހިވަޑައިގަންނަވަންތޯ ސުވާލު ކުރައްވައިފައެވެ. "ބޭރުޤައުމަކުން ލާރިކޮޅެއް ހޯދައިގެން ގެނެސް ރާއްޖޭގައި އެ ފައިސާތައް ތަޅާ ބުރުވަމުން ގެންދިއަ ނަމަވެސް ވާކަމެއް ހަރާމް."

ޤާސިމް އިބްރާހީމް ވިދާޅުވީ ޤައުމަށް ވަފާތެރިކަމާއިއެކު ޚިދުމަތްކުރީ ކާކުކަމާއި އަނިޔާ ލިބެމުންދާނަމަ އެމީހަކު އަނިޔާއިން ސަލާމަތްކުރަން މަސައްކަތްކުރީ ކާކުކަން ރައްޔިތުންނަށް ވަރަށް ރަނގަޅަސް އެނގޭ ކަމަށެވެ. ޤައުމަށް ޢުމްރާނީ އަދި އިޤްޠިޞާދީ ތަރައްޤީ ހޯދައިދޭން މަސައްކަތްކުރަނީ ކާކުކަން ވެސް ރައްޔިތުންނަށް އެނގޭ ކަމަށެވެ. "ޕްރައިވެޓް ސެކްޓަރަކީ އެ ޤައުމެއް ކުރިއަށް ގެންދާ އިންޖީން. އެއީ ޤައުމު ކުރިއަރުވާ ހަކަތައަކީ. އެއީ ޤައުމު ކުރިއަރުވާ ހަކަތައަކީ." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް