އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 17

ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 17


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 16 މިނެޓް, 19 ސިކުންތު

(وَكَانَ اللَّـهُ عَلَىٰ كُلِّ شَيْءٍ مُّقْتَدِرًا) އެމީހާގެ ބަގީޗާ އަށް ވަން ހިނދުގައި (مَا أَظُنُّ أَن تَبِيدَ هَـٰذِهِ أَبَدًا) "މި ނިޢްމަތްތައް ތިމަންނާގެ އަތުން ދުވަހަކުވެސް ގެއްލިގެން ނުދާނެއޭ" ބުނި މީހާގެ ބަގީޗާ އެއްކޮށް ހަލާކު ކުރެއްވުމަށް ކުޅަދުންވަންތަވި، އަދި އެނޫންވެސް އެމީހަކަށް ދެއްވާފައިވާ މުދަލުން އޭގެ ޙައްގުވެރިންނަށް ނުދީ އުޅޭ މީހުންގެ މުދާ ނެތި ކުރެއްވުމަށް ކުޅަދުންވަންތަ، އަދި ދުނިޔެ އާއި ދުނިޔޭގައިވާހާ އެއްޗެއް ފަނާކުރެއްވުމަށް ކުޅަދުންވަންތަ، އަދި އެނޫންވެސް އެކަލާންގެ އިރާދަކުރެއްވި ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ވޮޑިގެންވެއެވެ. އެކަލާންގެއަށް ހުރަސް އެޅޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އެހެންކަމުން، މުދަލުގެ އަހްލުވެރިން އެމުދާ ގިނަކަމަށްޓަކައި ފަޚުރުވެރި ނުވާށެވެ. އަދި އެހެން މީހުންގެ މައްޗަށް ބޮޑާވެ ނުގަންނާށެވެ. އަދި ދުނިޔެ އާއި ދުނިޔޭގައިވާ ޒީނަތްތެރި ކަމަށް ހެއްލި ނުގަންނާށެވެ. ދުނިޔޭގެ މިޘާލަކީ ވާރޭފެން ލިބުމުގެ ސަބަބުން ހެދި ބޮޑުވެ ޗާލުވެފައިވާ ގަހެއްގެ މިޘާލެވެ. އުޑުން ފެންލިބުން ހުއްޓުމާއި އެކު އެގަހުގެ ބޭނުން ކެނޑިގެންދެއެވެ. އޭގެ ޗާލުކަން ގެއްލި، ހިކި ކުނޑިއަށް ބަދަލުވެގެން ދެއެވެ. މީހަކު އެޔަށް ބަލާހިތް ނުވާފަދަ އެއްޗަކަށްވެގެންދެއެވެ. އެހެންކަމުން، ފަނާވުމެއް ނުވާ އާޚިރަތުގެ ބާއްޖެވެރިކަން ޙާޞިލް ކުރަން ގަދައަޅާ މަސައްކަތް ކުރާށެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަން ބަޔާން ކުރައްވާ ސޫރަތު ޔާސީންގެ 82 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. ( إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ ﴿٨٢ ) މާނައަކީ: "އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ أمرފުޅުވާކަން ކަށަވަރީ އެކަމަކަށް، [ވާށޭ] وحىކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ."

(الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا ۖ وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا ﴿٤٦ )

(الْمَالُ) ހުރިހާ ވައްތަރެއްގެ މުދާ، އެއީ ފައިސާ ކަމުގައވީނަމަވެސް، ނުވަތަ ހިފާގެންގުޅޭ ތަކެތި ކަމުގައިވީނަމަވެސް، އަދި ވިޔަފާރީގެ ގޮތުގައި ގެންގުޅޭ މުދާކަމުގައިވީނަމަވެސް އެވެ.

މި އާޔަތުގައި ރައްދު ދެއްވާފައި އެވަނީ ޢުޔައިނާ ބިން ޙުޞައިން އާއި އެފަދަ އެހެން މީހުންނަށެވެ. އޭނާ އަށް ދެއްވާފައިވާ ތަނަވަސް ކަމަށްޓަކައި ފަޚުރުވެރިވެ ބޮޑާވެގަތެވެ. އެހެންކަމުން، ﷲ ތަޢާލާ މި އާޔަތުގައި މިބަޔާންކުރައްވަނީ ދުނިޔޭގެ މުދާވެރިކަމާއި ޒީނަތްތެރިކަމަކީ ފިލައި ހިނގައިދާނެ އެއްޗެއް ކަމެވެ. އެއީ ދާއިމީ އެއްޗެއް ނޫންކަމެވެ. އޭގެ ތެރެއިން ދެމިހުންނާނެ އެއްޗަކީ އާޚިރަތަށްޓަކައި ތައްޔާރު ކުރި އެއްޗެކެވެ. އެހެންކަމުން އަތުގައިވާ މުދަލަކީ ކޮންމެ ވަގުތަކުވެސް ގެއްލިގެން ހިނގައިދާނެ އެއްޗެއްކަން ވިސްނަންވާނެއެވެ. އަންހެނުންނަކީ މިއަދު ތިބާ ކައިރީ ހުރެފައި މާދަމާ އެހެންމީހަކާ އެކު ހުރެފާނެ ބަޔެކެވެ. ވެރިކަމާއި ބާރަކީ މިއަދު ތިބާއަށް ލިބިފައި މާދަމާ އެހެންބަޔެއްގެ އަތުގައި އޮވެދާނެ އެއްޗެކެވެ. ސޫރަތުއް ތަޣާބުންގެ 14 އަދި 15 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِنَّ مِنْ أَزْوَاجِكُمْ وَأَوْلَادِكُمْ عَدُوًّا لَّكُمْ فَاحْذَرُوهُمْ ۚ وَإِن تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّـهَ غَفُورٌ رَّحِيمٌ ﴿١٤إِنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ ۚ وَاللَّـهُ عِندَهُ أَجْرٌ عَظِيمٌ ﴿١٥ ) މާނައަކީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަނބީންނާއި، ތިޔަބައިމީހުންގެ ދަރިންގެ ތެރެއިން، ތިޔަބައިމީހުންނަށް عداوةތެރިންވެއެވެ. ފަހެ، އެއުރެންނަށް ތިޔަބައިމީހުން ރައްކާތެރިވެ ތިބޭށެވެ! ތިޔަބައިމީހުން عفوކޮށް، މާފުކޮށް، އަދި ކުށަކަށް ނުހަދައިފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެެއެވެ.ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ވާކަންކަށަވަރީ، امتحانއެއް ކަމުގައެވެ. އަދި ބޮޑުވެގެންވާ ދަރުމަހުރީ، اللَّهގެ حضرةގައެވެ."

(وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا ) މުދަލާއި ދަރިންނަކީ ދުނިޔޭގެ ޒީނަތްތެރި ކަމެވެ. އާޚިރަތް ދުވަހުގައި އިންސާނާ އަށް ފައިދާކުރާނީ އޭނާކޮށްފައިވާ ހެޔޮ ޢަމަލަކުންނެވެ.

މި އާޔަތުގައި އަންހެންކުދިންގެ ބަދަލުގައި (الْبَنُونَ) "ފިރިހެންކުދިން" އޮތުމުގެ ޙިކްމަތަކީ ޢަރަބިން ފަޚުރުވެރިވަނީ ފިރިހެންދަރިންނަށްޓަކައި ކަމަށްވީތީވެއެވެ. އިސްލާމްދީން އައުމުގެ ކުރިން އަންހެނުންނާ މެދުގައި ކަންތައް ކުރެވެމުން ދިޔައީ ވަރަށްވެސް އަނިޔާވެރި ގޮތަކަށެވެ. ދިރިއުޅުމުގެ ހުރިހާ ބާރުތަކެއް އޮތީ ފިރިހެނުންގެ އަތްމަތީގައެވެ. އަންހެނުންނަކީ އެއްވެސް އާރެއް ބާރެއް އިޙްތިރާމެއް ލިބިގެންވާ ބަޔެއް ނޫނެވެ. އެކަމުގެ މިޘާލެއްގެ ގޮތުން ބުނާނަމަ ފިރިމަރުވެފައިވާ އަންހެނުން، އެކަނބަލުންގެ މަރުވި ފިރިމީހާގެ އެހެންބަނޑެއްގެ ދަރިޔަކު ދުނިޔޭގައި ހުރިނަމަ، އެއަންހެންމީހާ އާއި ކައިވެނި ކުރުމުގެ ޙައްގު ލިބިގެންވަނީ އެފިރިހެން ދަރިފުޅަށެވެ. މީގެ އިތުރުން ވާރުތަ މުދަލުން ލިބެނީ ހަމައެކަނި ފިރިހެނުންނަށެވެ. އަންހެނުންނާއި ކުޑަކުދިންނަށް އެއްވެސް ވަރެއްގެ ނަޞީބެއް ވާރުތަ މުދަލުގައި ނުވެއެވެ. އަންހެނުންނާއި މެދުގައި ދެކެމުން އައީ ނަފްރަތުގެ ނަޡަރަކުންނެވެ. އެބައިމީހުންނަށް އަންހެން ދަރިޔަކު ލިބިއްޖެކަމުގެ ޚަބަރު ލިބިއްޖެނަމަ، އެކަމުގެ ހިތާމާގައި މޫނުމަތި އަނދިރިވެގެންދެއެވެ. އައްނަޙްލު ސޫރަތުގެ 58-59 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِذَا بُشِّرَ أَحَدُهُم بِالْأُنثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ ﴿٥٨﴾ يَتَوَارَىٰ مِنَ الْقَوْمِ مِن سُوءِ مَا بُشِّرَ بِهِ ۚ أَيُمْسِكُهُ عَلَىٰ هُونٍ أَمْ يَدُسُّهُ فِي التُّرَابِ ۗ أَلَا سَاءَ مَا يَحْكُمُونَ) މާނައަކީ: "އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ خبرދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ حالގައެވެ. އެމީހާއަށް ދެވުނު خبرގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ކޮށްޕައިލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ حكمހާދަހާ ނުބައިވެގެންވެއެވެ".

ނަމަވެސް އިސްލާމްދީން އައުމާ އެކުގައި މިކަންތައްތައް ފޮހެލާ، ޢަދުވެރިކަން ގާއިމު ކުރިއެވެ.  ކިރުބޯ ތުއްތު ދަރިފުޅުން ފެށިގެން އެންމެ ބޮޑު މީހާއާއި ހަމައަށްމެ، ކޮންމެ މީހަކަށްވެސް އެމީހެއްގެ ޙައްގު ހޯދައިދިނެވެ. އަދި ބަނޑަށް މަރުވާ ކުދިންގެ އިޙްތިރާމަށްޓަކައި އެކުދިންގެ މައްޗަށް ކަށުނަމާދު ކުރުން ޝަރްޢު ކުރެއްވިއެވެ.

އިސްލާމްދީނުގައި އިންސާނުން މާތް ކުރެއްވިއެވެ. މިމާތް ކުރެއްވުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަވެގެންވެއެވެ. ﷲ ގެ ޙުކުމްތަކުގައި ފިރިހެންނާއި އަންހެނުން ހަމަހަމަ ވެގެންވެއެވެ. އަދި ދަރުމަ އާއި ޘަވާބުގައި ފިރިހެނުންނާއި އަންހެނުން ހަމަހަމަ ވެގެންވެއެވެ. ސޫރަތުލް އިސްރާގެ 70 ވަނަ އާޔަތުގައި މަތް ﷲ ވަޙީ ކުރެއްވިއެވެ. (وَلَقَدْكَرَّمْنَابَنِيآدَمَ) މާނައަކީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدمގެދަރިން މާތްކުރެއްވީމެވެ".  ނިސާ ސޫރަތުގެ 7 ވަނަ އާޔަތުގައި މިފަދައިން ވަޙީ ކުރެއްވިއެވެ.

(لِّلرِّجَالِنَصِيبٌمِّمَّاتَرَكَالْوَالِدَانِوَالْأَقْرَبُونَوَلِلنِّسَاءِنَصِيبٌمِّمَّاتَرَكَالْوَالِدَانِوَالْأَقْرَبُونَمِمَّاقَلَّمِنْهُأَوْكَثُرَۚنَصِيبًامَّفْرُوضًا ) މާނައަކީ: "މައިންބަފައިންނާއި، ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބަޔެއް ވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށްވެސް ބަޔެއް ވެއެވެ. އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުންވެސް ކަނޑައެޅިގެންވާ ބަޔެއްގެ ގޮތުގައެވެ". ސޫރަތުލް ބަގަރާގެ 228 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ މިފަދައިންނެވެ. (وَلَهُنَّمِثْلُالَّذِيعَلَيْهِنَّبِالْمَعْرُوفِ)މާނައަކީ: "އަދިشرعىހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް حقވެގެން ވެއެވެ". ތައުބާ ސޫރަތުގެ 71 ވަނަ އާޔަތުގައި އަންގަވަނީ މިފަދައިންނެވެ. (وَالْمُؤْمِنُونَوَالْمُؤْمِنَاتُبَعْضُهُمْأَوْلِيَاءُبَعْضٍ) މާނައަކީ: "مؤمنފިރިހެނުންނާއި، مؤمنއަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ". އާލްޢިމްރާން ސޫރަތުގެ 195 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ. (فَاسْتَجَابَلَهُمْرَبُّهُمْأَنِّيلَاأُضِيعُعَمَلَعَامِلٍمِّنكُممِّنذَكَرٍأَوْأُنثَىٰۖبَعْضُكُممِّنبَعْضٍ) މާނައަކީ: "ދެން، އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންގެ دعاءއިޖާބަ ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ، عملކުރާ މީހެއްގެ عمل، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ކިބައިންނެވެ". ނިސާ ސޫރަތުގެ 124 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَمَنيَعْمَلْمِنَالصَّالِحَاتِمِنذَكَرٍأَوْأُنثَىٰوَهُوَمُؤْمِنٌفَأُولَـٰئِكَيَدْخُلُونَالْجَنَّةَوَلَايُظْلَمُونَنَقِيرًا) މާނައަކީ: "އަދި، مؤمنއަކު ކަމުގައި ވެގެންހުރެ، ފިރިހެނުންނާއި، އަންހެނުންގެ ތެރެއިން ހެޔޮ عملކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން ސުވަރުގެޔަށް ވަންނާނެތެވެ. އަދި، ކިތަންމެ ކުޑަ މިންވަރަކުންވިޔަސް އެއުރެންނަށް އަނިޔާއެއް ނުކުރައްވާހުށްޓެވެ". ނަޙްލު ސޫރަތުގެ 97 ވަނަ އާޔަތުގައިވެއެވެ.

(مَنْعَمِلَصَالِحًامِّنذَكَرٍأَوْأُنثَىٰوَهُوَمُؤْمِنٌفَلَنُحْيِيَنَّهُحَيَاةًطَيِّبَةًۖوَلَنَجْزِيَنَّهُمْأَجْرَهُمبِأَحْسَنِمَاكَانُوايَعْمَلُونَ) މާނައަކީ: "مؤمنއަކު ކަމުގައިވާ حال،ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالحعملއެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عملކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.".

އިސްލާމްދީނުގައި އެތައް ޙައިޘިއްޔަތަކުން އަންހެނުން މާތް ކުރެއްވިއެވެ. މަންމަ އެއްގެ ޙައިޘިއްޔަތުން އޭނާ އަށް ކިޔަމަންތެރިކަން އަދާކޮށް، ހެޔޮކޮށްހިތާ އިޙްސާންތެރިވުމަށް އަމުރުކުރެއްވިއެވެ. މަންމަގެ ރުހުމަކީ ﷲ ގެ ރުހުން ލިބުމުގެ ސަބަބެއް ކަމުގައި ލެއްވިއެވެ. މަންމަގެ ދެފައިތިލަ ދަށުގައި ސުވަރުގެ ލެއްވިއެވެ. އުއްފެއްގެ މިންވަރަށްވެސް ނުރުހުމުގައި މަންމަ އާއި ދިމާލަށް އެއްޗެއް ނުބުނުމަށް އަމުރުކުރެއްވިއެވެ. މަންމަ އަށް ނުކިޔަމަންތެރި ވުމަކީ ބޮޑު ފާފަތަކުގެ ތެރޭގައި ލެއްވިއެވެ. ބައްޕަގެ ޙައްގަށްވުރެ މަންމަ ގެ ޙައްގު މަތިވެރި ކުރެއްވިއެވެ. މަންމަ މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހުގައި އަޅާލުންދީ އޯގާތެރިކަމާއެކު ޚިދްމަތްކޮށްދިނުމަށް އަމުރު ކުރެއްވިއެވެ. އަލްއަޙްގާފް ސޫރަތުގެ 15 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ.

(وَوَصَّيْنَاالْإِنسَانَبِوَالِدَيْهِإِحْسَانًاۖحَمَلَتْهُأُمُّهُكُرْهًاوَوَضَعَتْهُكُرْهًاۖوَحَمْلُهُوَفِصَالُهُثَلَاثُونَشَهْرًاۚحَتَّىٰإِذَابَلَغَأَشُدَّهُوَبَلَغَأَرْبَعِينَسَنَةًقَالَرَبِّأَوْزِعْنِيأَنْأَشْكُرَنِعْمَتَكَالَّتِيأَنْعَمْتَعَلَيَّوَعَلَىٰوَالِدَيَّوَأَنْأَعْمَلَصَالِحًاتَرْضَاهُوَأَصْلِحْلِيفِيذُرِّيَّتِيۖإِنِّيتُبْتُإِلَيْكَوَإِنِّيمِنَالْمُسْلِمِينَ) މާނައަކީ: "إنسانއާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ وصيةކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ. އޭނާ ފުރާފުރިހަމަވެ، ސާޅީސްއަހަރު ފުރިއްޖެހިނދު، އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمةއަށް شكرކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالحعملކުރުމަށް މިއަޅާއަށް إلهامކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި إصلاحކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް توبةވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ مسلمންގެ ތެރެއިންނެވެ".

- ނުނިމޭ -

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު