އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތްތިރިކަމާ އޯގާތެރިކަމާ މި ދެބަސް އައީވެސް ޤާސިމް އިބްރާހީމްގެ ފަރާތުން!: ޢައިޞަތު ނަހުލާ

ހިތްތިރިކަމާ އޯގާތެރިކަމާ މި ދެބަސް އައީވެސް ޤާސިމް އިބްރާހީމްގެ ފަރާތުން!: ޢައިޞަތު ނަހުލާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 9 ސިކުންތު

ހިތްތިރިކަމާއި އޯގާތެރިކަމާއި، މި ދެބަސް ޢާންމުންގެތެރެއަށް ތަޢާރަފްވެގެން އައީވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ފަރާތްޕުޅުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ، ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން ޢައިޞަތު ނަހުލާ ވިދާޅުވެއްޖެއެވެ. 

މާމިގިލީގައި ރޭ ބޭއްވި ޖަލްސާގައި ޢައިޝާ ވިދާޅުވީ މިކަން މިގޮތަށް އެކަމަނާ ޤަބޫލުފުޅު ކުރައްވަނީ ސަބަބުތަކެއް ހުރުމުން ކަމަށެވެ. މީހުން ދެކެ ލޯބިވުމާއި އެހީތެރިވުމާއި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެދެއްވުމާއި ޙާލުގައި ޖެހިފައިވާ މީހުން ފެނިވަޑައިގަތުމުން ކުރާ އަސަރު އެކަމަނާއަށް އިޙްޞާޞް ކުރެއްވުނީ ޤާސިމް އިބްރާހީމްގެ ސަބަބުން ކަމަށެވެ. 

"ޤާސިމް އާއިއެކު އަޅުގަނޑު މިހޭދަކުރި 12 އަހަރުވެސް ހިތަށް އަރަނީ އެތައް ބައިވަރު ފައިސާއެއް ހޭދަކުރައްވައިގެން މިކުރައްވަނީ ކޮން ކަމެއްބާވައޭ! އެއީ ދީނީ ގޮތުން ރަނގަޅު ކަމެއްކަން އެންމެންނަށްވެސް އެނގޭ. ނަމަވެސް މިކަމުގެ ޙަޤީޤީ މަޤްޞަދަކީ ކޮބައިބާވައޭ! އެ މަޤްޞަދު އެނގުނީ ޤާސިމް ޖަރުމަނުގައި ހުންނެވިއިރު ދިމާވި ހާދިސާއަކުން. އަޅުގަނޑު ކުނޫޒުގައި އިންދާ އައީ އޯޓިޒަމްގެ ބަލި ކުއްޖެއް. މަންމަ ވަނީ ވަރަށް ކުޑައިރު ނިޔާވެފަ، އަދި ބައްޕަވެސް ވަނީ އެއިގެ 6 އަހަރުފަހުން ނިޔާވެފަ ކަމަށްވަނީ. ބަލަމުން ގެންދަނީ މަންމަގެ އެއްބަނޑު އެއްބަފާ ދައްތައެއްގެ ފިރިމީހާ ކަމަށްވަނީ. 

އެއީ އަޅުގަނޑުގެ ދޮށީ ދަރިފުޅު އަޒްހާން އާ ދާދިއެއް އުމުރެއްގެ ކުއްޖެއް. ބުނީ ބަލާނެ މީހަކު ނެތް ވާހަކަ އާ ބޭސް ނުކުރެވިގެން އުޅޭ ވާހަކަ. އެދުނީ އެހީއަކަށް. އެހިސާބުން އަޅުގަނޑުގެ ހިތަށް ވަރަށް ގިނަ އެއްޗެތި އެރި. ހިތަށް ތަދުވިލެއް ބޮޑުކަމުން މައްޗަށް އަރައިގެން ދިއައީ. އަޅުގަނޑުގެ ބޮޑާކަމަކުން ނޫން. އަޅުގަނޑަށް ވަރަށް ގިނައިރު ރޮވުނު. އެދުވަހު ހިތަށްއެރި ޤާސިމް އިބްރާހީމް މުޅި އުމުރުގައި ރައްޔިތުންނަށް އެހީވެދެއްވައިގެން މިކުރައްވަނީ ކޮން މަސައްކަތެއްކަން. ހަޤީޤަތުގައި އެކަން އިޙްޞާޞްވި ދުވަހަކީ އެއީ." 

ޢައިޝާ ވިދާޅުވީ ޤާސިމް އިބްރާހީމް ޢާއިލާއަށް ވެސް ވަގުތު ދެއްވާ ކަމަށާއި ހޭދަވެސް ކުރައްވާ ކަމަށެވެ. ނަމަވެސް ދެއްވޭ ވަގުތުގެ މަދުކަން އެއީ ޢާއިލާގެ ހުރިހާ ބޭފުޅުންގެ ވެސް ޝަކުވާ ކަމަށެވެ. ރައްޔިތުންނަށްޓަކައި ކުރައްވާ ހޭދައާ ވަގުތު މާގިނަ ކަމަށެވެ. ރައްޔިތުން ދެކެ ވެވަޑައިގަންނަވާ ލޯބީގަ ޢާއިލާއަށް ދެއްވަން ޖެހިވަޑައިގަންނަވާ ވަގުތު ވަނީ ޤްރްބާން ކުރައްވައިފަ. މިފަހަރުގެ އިންތިޚާބަށް ކުރިމަތިލާފަ ތިބި ހުރިހާ ކެންޑިޑޭޓުންނަށް ގޮންޖަހާފަ މިބުނަނީ މިފަދަ ދެވަނަ ކެންޑިޑޭޓެއް ނެރޭކަށް ލާހިކެއް ނޫނޭ. މިފަދަ ދެވަނަ ޖަވާހިރެއް ނުލިބޭނެ."  

"ކަމެއް ބަދަލުކުރަން ޖެހޭނީ އެއަށްވުރެ މޮޅު ގޮތެއް އޮތްނަމަ. ތިބި ގޮތަކީ އެންމެ ރަނގަޅު ގޮތް ނަމަ އެގޮތް އިޚްތިޔާރުކުރައްވާ. މިރަށަކަށް ޤާސިމް އިބްރާހީމްއަށްވުރެ ވަކިން އިޚްލާޞްތެރި ބޭފުޅަކު ވަޑައެއް ނުގަންނަވާނެ. ވީމާ ހުރިހާ ކުލައެއްގެ ބޭފުޅުންވެސް ޤާސިމް އިބްރާހީމްއަށް ވޯޓު ދެއްވާ. ލިބިފައިވާ ޖަވާހިރު ދޫކޮށް ނުލައްވާ!"

ޢައިޝާ ރޭ ވަނީ އެކަމަނާ އާއި ޤާސިމް އާއި ދެބޭފުޅުން ވަކިވެވަޑައިގަންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައިފައެވެ. "އަޅުގަނޑުމެންނަކީ ދުވަހަކުވެސް ވަކިވާނެ ބައެއް ނޫން. ވަރަށް ގިނަ ސަބަބުތައް އެބަހުރި."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް