އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހު، ﷲ، ރަޙްމަތުގެ ބެއްލުވުމުން ނުބައްލަވާނެ، ރަހްމަތުގެ ބަސްފުޅު ވަޙީ ނުކުރައްވަވާނެ، ވޭންދެނިވި ޢަޛާބް ލިބިގެންވާ 12 މީހުން!

ޤިޔާމަތް ދުވަހު، ﷲ، ރަޙްމަތުގެ ބެއްލުވުމުން ނުބައްލަވާނެ، ރަހްމަތުގެ ބަސްފުޅު ވަޙީ ނުކުރައްވަވާނެ، ވޭންދެނިވި ޢަޛާބް ލިބިގެންވާ 12 މީހުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ޤިޔާމަތް ދުވަހު އެބައަކަށް ޢަޛާބު ގަދަފަދަވެގެންވާ ބައަކުވެއެވެ. ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކުން ސާބިތުވާ ގޮތުގައި ޤިޔާމަތް ދުވަހު، މާތް ﷲ، ރަޙްމަތުގެ ބެއްލުވުމުން ނުބައްލަވާނެ، އަދި ރަހްމަތުގެ ބަސްފުޅު ވަޙީ ނުކުރައްވަވާނެ، އަދި ވޭންދެނިވި ޢަޛާބް ލިބިގެންވާ ބައަކު ވެއެވެ.

1، މުސްކުޅި ޢުމުރުގައި ޒިނޭކުރާމީހާ

2، ފަޤީރު ޙާލުގައި ބޮޑާވެ ކިބުރުވެރިވާ މީހާ

3، ދޮގުހުވާކޮށްގެން މުދައު ވިއްކާ މީހާ

4، ދޮގު ހަދާ ރސްކަލާ (ވެރިޔާ)

5، ސަހަރާއެއްގައި އެމީހެއްގެ އަތުގައި ފެންހުރެ، ދަތުރުވެރިޔާއަށް އެ ފެން މަނާކުރާ މީހާ

6، ޢަޞްރު ނަމާދަށްފަހު، ދޮގު ހުވާކުރާ މީހާ،

7، މީހުންނަށް އިޙްޞާންތެރިވެފައި ކަލަގޮވާ މީހާ

8، ތަނބިކަށިން ތިރިއަށް އިޒާރު ތިރިކުރާ މީހާ

9، ދުނިޔެއަށްޓަކައި ވެރިމީހާގެ އަތްމައްޗަށް ބައިޢަތުހިފާމީހާ

10، ދިރޭ ތަކެތީގެ ސޫރަ ކުރަހާ މީހާ

11، ފާފައެއް ކޮށްފައި، މީސްތަކުންގެ ކުރިމަތީގައި އަމިއްލައަށް އެފާފަ ފައުޅުކުރާ މީހާ

12، ކިޔަވައިގެން ހުރެ، މީސްތަކުން މަގުފުރައްދާ މީހާ

ޝައިޚް މުޙައްމަދު އިބްރާހީމް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް