އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލިސް އިންތިޚާބަށް ހަރަދު ކުރާށޭ ކިޔާފައި ރައީސް ޔާމީނަށް ފައިސާ ފޮއްޗެއް ވެސް ނުލިބޭނެ: ސަމީރު

މަޖިލިސް އިންތިޚާބަށް ހަރަދު ކުރާށޭ ކިޔާފައި ރައީސް ޔާމީނަށް ފައިސާ ފޮއްޗެއް ވެސް ނުލިބޭނެ: ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

މަނީ ލޯންޑެރިން އާއި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ފްރީޒްކޮށްފައިވާ ރައީސް ޔާމީންގެ ބޭންކް އެކައުންޓްތަކުން މަޖިލިސް އިންތިޚާބަށް ހަރަދު ކުރާށޭ ކިޔާފައި ފައިސާ ފޮއްޗެއް ވެސް ނުލިބޭނެކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މެހެންވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވާ އަލީ ނިޔާޒްގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

ސަމީރު ވިދާލުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތަހުގީގު ނުނިމެނީސް، މަޖިލިސް އިންތިޚާބަށް ހަރަދު ކުރާށޭ ކިޔާފައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތަކުން އެންމެ ލާރިއެއް ވެސް ނުނެގޭނެ ކަމަށާއި ފްރީޒް ކުރި ފައިސާ އަދިވެސް ހުންނާނީ ފްރީޒް ކަން މަތީގައިކަމަށެވެ.

މީގެއިތުރުން ސަމީރު ވިދާޅުވީ ކަންކަން ކުރާނެ ގޮތާއި ރައީސް ޔާމީނާ ކުޅޭނެ ގޮތް އެނގޭކަމަށާއި ރައީސް ޔާމީނާ އެކުގައި ތިބި މީހުންނާ ކުޅޭނެ ގޮތް ވެސް އެނގޭ ކަމަށެވެ. އަދި އެކަންކަން ހައްލުކޮށް މިތިބީ އަޅަން ޖެހޭ ފިޔަވަޅު އަޅައިގެންކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނުގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރު ހައިކޯޓުން ބާތިލްކޮށް، އެ އެކައުންޓްތައް ދޫކޮށްލަން އަމުރުކޮށްފައިވާއިރު އެފަދަ އިތުރު އަމުރެއް ވެސް އޮތްކަން ވަނީ ހާމަވެފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއެގޮތުން މިހާރު އޮތް އެ އަމުރަކީ ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ނެރުނު އަމުރު މިމަހު 12 ވަނަ ދުވަހަށް ހަމަވާތީ ފުލުުހުން ހޯދި ދެ ވަނަ އަމުރެއް ކަމަށް ވަނީ އެނގިފައެވެ. އަދި ކޯޓުން ބާތިލުކޮށްފައި ވަނީ ފުރަތަމަ ނެރުނު އަމުރު ކަމަށާއި ދައުލަތުގެ ފަރާތުން އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރާނެކަން ވެސް މީޑއާތަކުން ބުނެއެވެ. 

ރައީސް ޔާމީންގެ ނަމުގައި ހުރި އެކައުންޓްތަކުގައި މިހާރު ހުރި ޔޫއެސް ޑޮލަރާއި، ދިވެހި ފައިސާ ހިމެނޭ ގޮތުން، ދިވެހި ފައިސާ އިން ޖުމްލަ 100 މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ފްރީޒް ކުރިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު