އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ އިން ރާއްޖޭގައި އެޗް.ޑީ ވޮއިސްގެ ޚިދުމަތް ތައާރަފްކޮށްފި

އުރީދޫ އިން ރާއްޖޭގައި އެޗް.ޑީ ވޮއިސްގެ ޚިދުމަތް ތައާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި އެޗް.ޑީ ވޮއިސްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

މިއީ "ވޮއިސް އޮވާ އެލް.ޓީ.އީ" ނުވަތަ "ވީ.އޯ.އެލް.ޓީ.އީ"ގެ ޚިދުމަތް މެދުވެރިކޮށް ފޯރުކޮށްދޭ، ބައިނަލްއަޤްވާމީ މުވާސަލާތީ ދާއިރާގެ ފަހުގެ ކުރިއެރުމެކެވެ.

ކުރީއްސުރެމުވާސަލާތީ ކުންފުނިތަކުން ބޭނުންކުރަމުންދާ ލެގަސީ ޗެނަލްތަކުގެ ބަދަލުގައި އުރީދޫގެ 4ޖީ+ ވިއުގަ ބޭނުންކޮށްގެން ގުޅާދަލޭ އެޗް.ޑީ ވޮއިސްގެ ޚިދުމަތުގެ ފެންވަރު ރަގަޅުވެ، ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދެއެވެ. މީގެތެރޭގައި: 4ޖީ+ ނެޓްވަރކުގެ އެހީގައި، ކޯލުގެ ފެންވަރާއި، ސާފުކަމަށް ފާހަގަކުރަނިވި ބަދަލުތަކެއް އައުމާއި ކޯލު ގުޅާލުމަށް ދާ ވަގުތު ކުޑަވެ، ދެތިން ސިކުންތުކޮޅެއް ތެރޭގައި ކޯލް ކަނެކްޓުވުމާއި ފޯނުކޯލެއްގެ މެދުތެރޭގައިވެސް، 4ޖީ+ ޑޭޓާ ބޭނުން ކުރެވުމާއި އަދި ވީ.އޯ.އާއި.ޕީ ނުވަތަ ޓްރެޑިޝަނަލް ކޯލުތަކާއި ބަލާއިރު، އެޗް.ޑީ.ވޮއިސް ބޭނުންކުރުމަށް ބޭނުންވާ ޗާޖު މަދުވުމާއި އެކު، ފޯނުގެ ބެޓަރީ ލައިފް އިތުރުވެގެންދިއުމެވެ.

އުރީދޫގެ ސީ.އީ.އޯ، ނަޖީބް ޚާން ވިދާޅުވީ "ރާއްޖޭގައި އުރީދޫގެ ޚިދުމަތް ފެށުނީއްސުރެ، ދިވެހިންނާއި ހަމައަށް އައު ޚިދުމަތްތަކާއި ޓެކްނޮލޮޖީ ފޯރުކޮށްދީ، ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމަށް އުރީދޫއިން ވަނީ ޚާއްސަ އަހަމިއްޔަތުކަމެއްދީ، މުހިއްމު ދައުރެއް އަދާކޮށްފައި. މިއަދު ރާއްޖެއަށް މި ތައާރަފްކުރި އެޗް.ޑީ ވޮއިސްގެ ސަބަބުން އުރީދޫ ނެޓްވަރކް މެދުވެރިކޮށް ކުރާ ކޯލުތަކުގެ ފެންވަރު ވަރަށް ފުރިހަމަވެ، ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ރަގަޅުވެގެންދާނެ. އަޅުގަނޑުގެ އުއްމީދަކީ، މި ޚިދުމަތުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށާއި، ވޮއިސް ކޯލް މެދުވެރިކޮށް ކުރާ ތަފާތު މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދިއުން." ކަމަށެވެ.

އުރީދޫ އިން އެޗް.ޑީ ވޮއިސްގެ ޚިދުމަތަށް އެއްވެސް އިތުރު އަގެއް ނުނަގައެވެ. ހަމައެހެންމެ، މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ އުރީދޫގެ 4ޖީ ނެޓްވަރކް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށްވެސް، ވީ.އޯ.އެލް.ޓީ.އީގެ ޚިދުމަތް ލިބޭ ސްމާޓް ފޯނުތައް މެދުވެރިކޮށް، އެޗް.ޑީ ވޮއިސް ބޭނުންކުރެވޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު