އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވާވޭ ޕީ30 ސީރީޒްގެ ފޯނުތަކުގެ ޕްރީއޯޑަރ އުރީދޫ އިން ފަށައިފި

ވާވޭ ޕީ30 ސީރީޒްގެ ފޯނުތަކުގެ ޕްރީއޯޑަރ އުރީދޫ އިން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ވާވޭ ޕީ30 ސީރީޒްގެ ސްމާޓްފޯނުތަށް ޕްރީއޯޑަރ ކުރުމަށް ރާއްޖޭގައި ހުޅުވާލައި، އެކު ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ވަރަށް ޚާއްޞަޕްލޭންތަކެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ. އުރީދޫ މެދުވެރިކޮށް ވާވޭގެ ޕީ30 ނުވަތަ ޕީ30 ޕްރޯ ޕްރީއޯޑަރ ކުރަށްވާ ކަސްޓަމަރުންނަށް ޚާއްޞަ އިނާޔަތެއްގޮތުގައި ވާވޭ ވޮޗް ޖީޓީ އެއްވެސް ލިބިގެންދާނެއެވެ.

ޕީ30 ސީރީޒްއަށް ޚާއްޞަ ޕްލޭންތަށް މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެންމެރަނގަޅު އަގުގައި ފޯނުތައް ބައްލަވައި ގަނެވޭއިރު، އެއްއަހަރުގެ މުއްދަތަށް، މަހަކު1ޖިބީޑޭޓާ ހިލޭލިބޭނެއެވެ. މީގެ ތެރޭގައި މަހަކު އެންމެ 875 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެފަހުގެ ވާވޭ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ހިމެނެއެވެ. 

މިކަމާގުޅިގެން އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ "ބައިނަލްއަޤްވާމީ ބޮޑެތި ބްރޭންޑްތަކާއި ގުޅިގެން އުރީދޫ އިން އަވަދުވެސް މަސައްކަތް ކުރަމުންދަނީ، މާކެޓުގެ އެންމެ ކުރިއަރާފައިވާ އައު ޓެކްނޮލޮޖީތަކާއި އީޖާދީ ޚިދުމަތްތަށް ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް. އަޅުގަނޑުގެ ކަސްޓަމަރުންނަކީ އައު ސްމާޓްފޯނުތަކަށް ލޯބި ކުރާ އަދި އިންތިޒާރުކުރާ ބަޔަކަށްވުމާއި އެކު، ފަހުގެ ވާވޭ ޕީ30 ސީރީޒް ލޯންޗު ކުރާ ފުރަތަމަ މާކެޓުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ އުފަލެއް. ކުރިއަށްއަތްތަނުގައިވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، ކަސްޓަމަރުން އެންމެ ލޯބި ކުރާ ސްމާޓްފޯނު ބްރޭންޑުތަކާއި ގުޅުވާލަދީ، ފޯނު ބައްލަވައިގަންނަން ފަސޭހަކޮށްދިނުމަށް." ކަމަށެވެ.

ޕީ30 ސީރީޒް ޕްރީއޯޑަރ ކުރެއްވުމަށް، ނުވަތަ މި ފޯނުތަކަށް ޚާއްސަކޮށްގެން އުރީދޫ އިން ތައާރަފްކޮށްފައިވާ ޕްލޭންތަކުގެ މައުލޫމާތު ހޯއްދެވުމަށް، https://www.ooredoo.mv ނުވަތަ https://consumer.huawei.com އިން ޕީ30 ސީރީސްގެ ސްމާޓްފޯނާއި ގުޅޭ އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު