އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ނަޝީދު ވޯޓު ލައްވައިފި

ރައީސް ނަޝީދު ވޯޓު ލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާ އެއް ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، މަޖިލިސް އިންތިހާބަށް އެމަނިކުފާނުގެ ވޯޓު ލައްވައިފިއެވެ.

 

ރައީސް ނަޝީދު ކުރިމަތިލައްވާފައިވަނީ މައްޗަންގޯޅި މެދު ދާއިރާއަށެވެ.

 

މިފަހަރުގެ އާންމު އިންތިހާބުގައި ވާދަ ކޮށްފައިވަނީ އެމްޑީޕީގެ ފަރާތުން 85 ކެންޑިޑޭޓުން، ޑީއާރުޕީން ފަހެއް، އަދާލަތު ޕާޓީން ނުވައެއް، ޕީޕީއެމުން 24، އެމްޑީއޭން އަށެއް، އެމްޓީޑީން އަށެއް، އެމްއެލްއެސްޑީޕީން 10 އަދި ކޮންގްރެސް ޕާޓީން 22 ކެންޑިޑޭޓެވެ. ނަމަވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ބައެއް ދާއިރާތަކުން ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފައެވެ. އަދި ވޯޓު ކަރުދާސް ޗާޕްކުރި ފަހުން ވެސް ބައެއް ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެނެސް އެހެން ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފައެވެ. އެކަމަކު، ނަން އަނބުރާ ގެނައީ ވޯޓު ކަރުދާސް ޗާޕްކުރި ފަހުން ކަމަށް ވާތީ އެ ކެންޑިޑޭޓުންގެ ނަންތައް ވޯޓު ކަރުދާހުގައި ހިމަނާފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ