އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭން ޗައިނާ އިންވެސް އިތުރު ގޮތްތައް ހޯދަން ފަށައިފި

ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭން ޗައިނާ އިންވެސް އިތުރު ގޮތްތައް ހޯދަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭން ދުނިޔޭގެ އެންމެ ބޮޑު އިޤްޠިޞާދު ކަމަށް ބެލެވެމުން އަންނަ ޗައިނާ އިންވެސް އިތުރު ގޮތްތައް ހޯދަން ފަށައި ބޭންކުތަކުގައި ހުރި މާލީ ރިޒަރވް ކުޑަކޮށް ކުދި ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ދޫކުރަން ފަށައިފިއެވެ.  

ޗައިނާ އިން ބުނެފައިވަނީ ޤައުމުގެ އިޤްޠިޞާދުގެ 50 އިންސައްތަ ހިއްޞާ ކުރަނީ ކުދި ވިޔަފާރިތަކުން ކަމަށްވުމުން ކުދި ވިޔަފާރިތައް ކުރިނުއަރުވައި ޤައުމުގެ އިޤްޠިޞާދު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ސަރުކާރުން މިހާރު ވަނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް ބޭންތަކަށް އަނގައިފައެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ބޭންކުތަކުން ލޯނު ނެގުމަށް ބޭނުންވާ ގަރަންޓީ ސެންޓްރަލް ބޭންކުން ގެންދަނީ ދޫކުރަމުންނެވެ. ސެންޓްރަލް ބޭންކުން ގަރަންޓީ ދޫކުރަނީ 10 މިލިއަން ޔުއާނުން ފެށިގެން ދަށުގެ ލޯނުތަކަށެވެ.  

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް