އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ މާއްދާ ބާތިލްކުރަން ކޮމިޓީން ފާސްކޮށްފި

ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ މާއްދާ ބާތިލްކުރަން ކޮމިޓީން ފާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ މާއްދާ ބާތިލްކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން ނިންމައިފިއެވެ.

ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް (ހ) އަށް ގެނައި މި އިސްލާހު ބާތިލްކުރަން ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ކުރިން ބުނެފައި އޮންނަނީ "ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަަރާތަކަށް މިލްކުކޮށެއް ނުދެވޭނެ އެވެ،" މިހެންނެވެ. އެކަމަކު ޔާމީން ސަރުކާރުގައި ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ބާބު ގާނޫނުއަސާސީއަށް ލާން، އޭރު 251 ވަނަ މާއްދާ އިސްލާހުކުރީ "މި ގާނޫނުއަސާސީގެ 302 މާއްދާގައި ބަޔާންކޮށްފައި ހާލަތުގައި މެނުވީ، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫން ގޮތަކަށް ވެސް ދެވޭނީ، އެންމެ ދިގުވެގެން ނުވަދިހަ ނުވަ އަހަރަށެވެ،" މި އިބާރާތުންނެވެ.

މިމާއްދާ އުވާލަން ކޮމިޓީން ފާސްކޮށްފައި ވާއިރު އަންނަ ހަފްތާގައި ބާއްވާ ޖަލްސާއަށް މިމައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު