އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބީއެމްއެލް ވައު ކިޑްސް ރަންގައި ބައިވެރިވެވޭ އަގުތައް ހާމަކޮށް، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ބީއެމްއެލް ވައު ކިޑްސް ރަންގައި ބައިވެރިވެވޭ އަގުތައް ހާމަކޮށް، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 40 ސިކުންތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ ބީއެމްއެމްއެލް ވައު ކިޑްސް ރަންގައި ބައިވެރިވެވޭ އަގުތައް ހާމަކޮށް، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ދުވުމުގެ މިއަހަރުގެ ބޮޅު ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުހުޅުމާލޭގައެވެ.

ވޭތުވެދިޔަ އަހަރުތަކާއިޚިލާފަށް މިއަހަރުގެ ދުވުމުގައި 4 ޢުމުރުފުރާއަކުން ކުދިންނަށް ބައިވެރިވެވޭ އިރު، ކޮންމެ ޢުމުރުފުރާއަކުންވެސް 300 ޖާގަ (ޖުމްލަ 1200 ޖާގަ) ވަނީ ހުޅުވާލާފައެވެ.

މިއަހަރުގެ ދުވުމުގައި ބައިވެރިވެވޭ ޢުމުރުފުރާތަކުގެ ތެރެއިން 4 އަހަރާއި 6 އަހަރާ ދެމެދާއި ހަ އަހަރާއި 8 އަހަރާ ދެމެދުގެ އުމުރުފުރާގައި ބައިވެރިވެވޭނީ ބެލެނިވެރިޔަކާއެކުގައެވެ. އަދި މި ދެ ޢުމުރުފުރާވެސް ދުވަންޖެހޭނީ ދެ ކިލޯ މީޓަރަށެވެ.  

މީގެ އިތުރުން 8 އަހަރާއި 10 އަހަރާ ދެމެދުގެ ޢުމުރުފުރާގެ ކުދިންނަށްވެސް ބައިވެރިވެވޭނީ ބެލެނިވެރިޔަކާއެކުގައެވެ. ނަމަވެސް މިކުދިން ދުވާނީ ތިން ކިލޯ މީޓަރަށެވެ. އަދި މި އަހަރުގެ ދުވުމަށް 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ އިތުރުކޮށްފައިވާ އިރު، މި އުމުރުފުރާގެ ކުދިން ދުވަންޖެހޭނީ ހަތަރު ކިލޯ މީޓަރަށެވެ.

މިއަހަރުގެ ބީއެމްއެލް ވައު ކިޑްސްގައި 10 އަހަރާއި 13 އަހަރާ ދެމެދުގެ ކެޓަގަރީއަށް 199 ރުފިޔާ ނަގާ އިރު، އަނެއް ތިން ކެޓަގަރީގައިވެސް ބައިވެރިވުމުގެ ފީއަކީ 299 ރުފިޔާ އެވެ. އެއީ ކުއްޖާ އާއި ބެލެނިވެރިޔާގެ ޓީޝާޓް އަދި ދުވުމުގައި ބައިވެރިވުމުންދޭ މެޑަލް އާއެކުއެވެ.

ދުވުމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ އިރު، ބީއެމްއެލް އާއި އާކް ގުޅިގެން ހަނގާ ކުރުމާމެދު މުޖުތަމައު ހޭލުންތެރިކުރުމަށް ކުރިއަށްގެންދަން ނިންމާފައިވާ "ބީޓް ބުލީންގ" ޕްރޮގްރާމަށް ފަންޑް ރައިޒްކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

އެގޮތުން ބީއެމްއެލް އިން ޤާއިމް ކޮށްފައިވާ ޚާއްޞަ ވެބްޕޯޓަލް މެދުވެރިކޮށް ވާއު ކިޑްސް ރަންގައި ބައިވެރިވާ ކުދިންނަށް މި ޕްރޮގްރާމަށް ފަންޑްރެއިޒް ކުރެވޭނެއެވެ.

ރަޖިސްޓްރީ ކުރާ ކުއްޖާ އާއި ބެލެނިވެރިޔާގެ މަޢުލޫމާތު ސައިންއަޕް ފޭޖް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސްއަށް ފޮނުވުމުން ކޮންމެ ކުއްޖަކަށްވެސް ޚާއްސަ ޕްރޮފައިލްއެއް ތައްޔާރުކުރެވޭނެއެވެ. އަދި ޕްރޮފައިލް އެކްޓިވް ކުރުމަށްފަހު އެސްއެމްއެސް މެދުވެރިކޮށް މިމަޢުލޫމާތު ބެލެނިވެރިންނަށް ހިއްސާކުރުމުން ޕްރޮފައިލް ބޭނުންކޮށްގެން ފަންޑްރެއިޒް ޕޭޖް ޤާއިމް ކުރެވޭނެއެވެ. ކޮންމެ ކުއްޖަކަށްވެސް އެންމެ މަތިން ފަންޑްރެއިޒް ކުރެވޭނީ 2000 ރުފިޔާއެވެ.

މި ދުވުމުގައި ރެޖިސްޓްރީވުމަށް run.mv އަށް ވަޑައިގަންނަވާށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް