އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ މަސް ރޭސް އަންހެނުންގެ ބުރަކާއިއެކު މިފަހަރު މުޅިން ތަފާތުކޮށްލަނީ!

އުރީދޫ މަސް ރޭސް އަންހެނުންގެ ބުރަކާއިއެކު މިފަހަރު މުޅިން ތަފާތުކޮށްލަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 32 ސިކުންތު

ބޮޑު ތަރުޙީބަކާއެކުކޮންމެ އަހަރެއްގެ ރަމަޟާންމަހު އުރީދޫއިން ކުރިއަށްގެންދާ އުރީދޫ މަސްރޭހުގެ ދިހަ ވަނަ ސީޒަން މިއަދު ލޯންޗުކޮށްފިއެވެ. 

އުރީދޫ މަސްރޭހުގެ 10ވަނަ ސީޒަން ފާހަގަކުރުމުގެ ގޮތުން އަދި މަސްވެރިކަމުގެ ދާއިރާގައި އަންހެން ކަނބަލުންގެ ބައިވެރިވުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން، އަންހެން ޓީމްތަކަށް ޚާއްސަ ބުރެއް ބާއްވަން ވެސް މިފަހަރު ވަނީ ހަމަޖެހިފައެވެ. އެހެން ބުރުތަކާއި އެއްގޮތަށް، މިބުރު ކާމިޔާބު ކުރާ ޓީމަކަށްވެސް ގްރޭންޑް ފިނާލޭގައި ވާދަކުރާ ހަތަރު ޓީމްގެ ތެރެއިން ޖާގައެއް ކަށަވަރުވެގެންދާނެއެވެ. 

އުރީދޫން ބުނީ ދިވެހިންގެ ރޯދަމަހުގެ ބައަކަށް ވެފައިވާ މި މުބާރާތް ފާއިތުވެދިއަ އަހަރުތަކަށްވުރެވެސް ފޯރިގަދަކުރެވި، ދިހަ ވަނަ އަހަރުގެ މުނާސަބަތުގައި ވަރަށް ޚާއްސަ ހަރަކާތްތަކެއްވެސް ހިމެނިގެންދާނެ" ކަމަށެވެ. 

އުރޫދޫ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ ޑިރެކްޓަރ. ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ"ފާއިތުވެދިއަ ދިހަ އަހަރުތެރޭގައި، އުރީދޫ މަސްރޭސް ވަނީ ދިވެހިންގެ ހިތްތަކުގައި ޚާއްސަ ޖާގައެއް ހޯދާފައި ކަމަށާއި މި މުބާރާތް މެދުވެރިކޮށް ރާއްޖޭގައި ނެތެމުންދިއަ ޘަޤާފަތެއް ދިރުވުމުގައި ބައިވެރިވެ، ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދިގެން ދިއަކަމީ ލިބިގެންދިއަ ޙާއްސަ އުފަލެއް ކަމަށެވެ. "މަސްރޭހާއި މެދު އަޅުގަނޑުމެން ފަޙުރުވެރިވާ އެންމެ ބޮޑު އެއް ސަބަބު. އަޅުގަނޑުމެންގެ އުއްމީދަކީ، އަދި މަސައްކަތް ކުރަމުންދާނީ އުރީދޫ މަސްރޭހުގެ 10 ވަނަ ސީޒަން އަކީ ބައިވެރިންނާއި ބެލުންތެރިންނަށްވެސް ހަނދާނުން ފޮހެނުލެވޭ ފަދަ ޝޯއަކަށް ވެގެންދިއުން."

މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު 11 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހު (މާދަމާ) ހުޅުވާލާނެއެވެ. ހަތަރު އަންހެން ޓީމް ހިމެނޭގޮތަށް، ޖުމްލަ 16 ޓީމެއް މި މުބާރާތުގައި ވާދަކުރާނެއެވެ. ކަނޑައެޅިފައިވާ ޖާގައިގެ އިތުރަށް ޓީމްތަކުން ކުރިމަތިލައިފި ނަމަ، ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ގުރުއަތުލުމަށް ފަހުއެވެ.

ވޭތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، މިއަހަރުގެ މަސްރޭސް ކާމިޔާބުކުރާ ޓީމްތަކަށްވެސް، އުރީދޫ އާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އަގުހުރި އިނާމްތަކެއްވަނީ ހުށަހަޅާފައެވެ. މިފަހަރު ހޮވޭ ވަނަތަކުގެ ތެރޭގައި ހިމެނެނީ:

މުޅި މުބާރާތުން ހޮވާ ވަނަތަކާއި ލިބޭ އިނާމުތަކަކީ:

އެއްވަނަ ހޯދާ ޓީމަށް 50000 (ފަންސާސް ހާސް ) ރުފިޔާ

އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ"އަށް 5000 (ފަސް ހާސް ) ރުފިޔާ އާއި ރަންކޯރި

އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 (ފަސް ހާސް) ރުފިޔާ

އެއްވަނަ އަންހެން ކެޔޮޅަށް 5000 (ފަސް ހާސް) ރުފިޔާ

އުރީދޫ މަސްރޭސް، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ފިޔަވައި، ކޮންމެ ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ގްރޭންޑް ފިނާލޭ ފިތުރު އީދު ދުވަހަށް ފަހު ބޭއްވިގެންދާއިރު، އެ ދުވަހުގެ މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އޮންނަ ބާބަކިއު އާއި ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން ދައުވަތު އަރުވައެވެ.

މިފަހަރުގެ އުރީދޫ މަސްރޭސް އެޕިސޯޑްތައް ކޮންމެ ހުކުރު ދުވަހެއްގެ ރޭ، 10:30 ގައި ރާއްޖެ ޓީވީއިން ދައްކާނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު