އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ޕޮލިސް ކުލަބު 8-0 ކާމިޔާބުކޮށްފި

18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ޕޮލިސް ކުލަބު 8-0 ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ޕޮލިސް ކުލަބުން ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

ހުޅުމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ ޓްރޭޑް ކުލަބާ ވާދަކޮށް 8-0 ންނެވެ. މިމެޗުގައި ޕޮލިސް ކުލަބު ކާމިޔާބުކުރީ އަށް ލަނޑުގެ ތެރެއިން ފަސް ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޕޮލިސް ކުލަބަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ސަކޫނާ ސެނަބުތުއެވެ. އަދި އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ސަވިތުރީ މަމްޔަލީ (ކަކާ) ކާމިޔާބުކޮށްދިންއިރު ޝިޔާނާ އަޙްމަދު ޒުހައިރު ވަނީ ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޕޮލިސް ކުލަބަށް ފަސް ލަނޑު ކާމިޔާބުކޮށްދިން ސަކޫނާއެވެ.

މި މުބާރާތުގައި ޕޮލިސް ކުލަބު ކުޅޭ ދެވަނަ މެޗުގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކުލަބާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުރޭ 09:30 ގައެވެ.

18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވާއިރު ޕޮލިސް ކުލަބު ހިމެނެނީ ގްރޫޕް ބީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ދިވެހި ސިފައިންގެ ކުލަބާއި، ޓްރޭޑް ކުލަބާއި ފެން ކުލަބެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ