އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލާ ކޮލެޖުން ބާއްވާ "އައި.ސީ.އެސް.އާރު.އައި" ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އެންޑޯޒްކޮސްފި

ވިލާ ކޮލެޖުން ބާއްވާ "އައި.ސީ.އެސް.އާރު.އައި" ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އެންޑޯޒްކޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 41 ސިކުންތު

ވިލާ ކޮލެޖްގެ އިންސްޓިޓިއުޓް ފޯރ ރިސަރޗް އެންޑް އިނޮވޭޝަން (އައި.އާރް.އައި) ގެ ފަރާތުން 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނެޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަން" މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އިން އެންޑޯޒް ކޮށްފިއެވެ. 

ކޮންފަރެންސް އެންޑޯޒްކުރި ކަމުގެ ލިޔުން ވިލާކޮލެޖާއި ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގައެވެ. މިލިޔުން ވިލާކޮލެޖާއި ހަވާލު ކޮށްދެއްވީ މިނިސްޓާރ މުޙައްމަދު މަލީޙް ޖަމާލުއެވެ.

މިކޮންފަރެންސްގައި ގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

މި ކޮންފަރެންސްއަކީ ވިލާ ކޮލެޖްގެ ފަރާތުން ބާއްވާ މިފަދަ ހަތަރުވަނަ ކޮންފަރެންސްއެވެ. މިއަހަރުގެ ކޮންފަރެސްން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ 17-18 ޖުލައި 2019 އަށެވެ. އަދި މި ކޮންފަރެންސްގެ މިއަހަރުގެ މައިގަޑު ތީމްއަކީ "ޓްރާންސްފޮމޭޓިވް ތިންކިންގ: ލީޕް ޓު ދަ ފިއުޗާރ" އެވެ.

މި ކޮންފަރެންސްއަށް ޕޭޕަރު ހުށަހެޅުމަށް ކަނޑައެޅިފައިވާ ދާއިރާތަކުގެ ތެރޭގައި "ބިޒްނަސް، މެނޭޖްމަންޓް، ފައިނޭންސް، ކޯޕޮރޭޓް ގަވަރނަންސް، ސައިކޮލޮޖީ، އެޑިއުކޭޝަން، ހެލްތް، ނަރސިންގ، ސޯޝަލްވޯރކް، ރިލިޖަން، އާރޓް، ޕޮލިޓިކްސް، ޕޮލިސީ، ލޯ، ގަވަރނަންސް، ތިމާވެށި، ޓެކްނޮލޮޖީ، ލޭންގްއޭޖް، މީޑިއާ އަދި ކޮމިޔުނިކޭޝަން"،  ހިމެނެއެވެ.

މިކޮންފަރެންސްގައި ހަ ދާއިރާއަކުން ޕެނަލްޑިސްކަޝަންތައް ބާއްވަންވަނީ ހަމަޖެހިފައެވެ. މިދާއިރާ ތަކުގެ ތެރޭގައި " ރިސާރޗް އެންޑް އެޑިއުކޭޝަން، ބިޒްނަސް އެންޑް އިކޮނޮމީ، ޓެކްނޮލޮޖީ، ހެލްތް، އެންވައިރުމެންޓް އެންޑް ސަސްޓެއިނަބިލިޓީ އަދި ޑިމޮކްރަސީ" ހިމެނެއެވެ.

މި ކޮންފަރެންސްގައި ކަރުދާސް ނުވަތަ ޕޯސްޓަރު ހުށަހެޅުމަށް ބޭނުންފުޅުވާ ބޭފުޅުން އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު މިއަދުންފެށިގެ 25 އޭޕްރީލް 2019 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. އަދި ކޮންފަރެންސްގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުމުގެ ފުރުޞަތު 13 ޖޫން 2019 އިން 4 ޖުލައި 2019 ގެ ނިޔަލަށް ހުޅުވިފައި އޮންނާނެވެ. ކޮންފަރެންސްގެ ކޯލް ފޯ ޕޭޕަރސް، އެބްސްޓްރެކްޓް ގައިޑްލައިން، ންސްގެ ްތަކާއި އަދި އި ގުޅޭ އިތުރު މައުލޫމާތު ކޮންފަރަންސް ވެބްސައިން އިން ލިބެން ހުންނާނެވެ.ޔަލަށް ހުޅުވިފައި އޮންނާނެވެކޮންފަރެންސްއާއި ގުޅޭ މުހިއްމު ތާރީޚްތަކާއި އަދި އިތުރު މައުލޫމާތު ކޮންފަރަންސް ވެބްސައިޓްhttps://villacollege.edu.mv/icsri/އިންނާއި ފޭސްބުކްޕޭޖްhttps://www.facebook.com/ICSRI2018/އިން ލިބެން ހުންނާނެވެ.

ވިލާ ކޮލެޖްއިން މިފަދަ ކޮންފަރެންސް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އެކި އެކި ދާއިރާއިން ދިރާސާކުރައްވާ ބޭފުޅުންނަށް އެބޭފުޅުންގެ ދިރާސާތައް ފަންނީ ބޭފުޅުންނާ ޙިއްޞާ ކުރުމާއި،ހުށައެޅުއްވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ. އަދި މީގެ އިތުރުން ރާއްޖޭގައާއި އަދި ބައިނަލްއަގްވާމީގޮތުން ތަފާތު ގިނަ ދާއިރާތަކުގައި ހަރަކާތްތެރިވަމުންދާ އިލްމީ އަދި ފަންނީ ބޭފުޅުންނާއިއެކު ގުޅުން ގާއިމްކުރުމާއި އެބޭފުޅުންގެ އިލްމީ އަދި ފަންނީ ދިރާސާތައް ބިނާކުރުވަނިވި މާހައްލެގެތެރޭގައި މަޝްވަރާގެ އުސޫލުން ހިއްސާކުރުމަށް މަގުފަހިކޮށްދިނުމާއިއެކު އެބޭފުޅުންގެ މަސައްކަތްތައް އާންމުންނާއި ހިއްސާކުރެވޭނެފަދަ ފުރުޞަތު ފަހިކޮށްދިނުމެވެ. މިގޮތުން ކޮންފަރަންސްގައި ޕްރެސެންޓް ކުރައްވާ ބޭފުޅުންގެ ކަރުދާސްތައް ވިލާ ކޮލެޖްގެ ޖަރނަލް "އިންޓަރނެޝަނަލް ޖަރނަލް އޮފް ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަން" ގައި ޝާއިއު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު