އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޮޓަސް ފިހާރައިން ބ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފި

ލޮޓަސް ފިހާރައިން ބ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ލޮޓަސް ފިހާރައިން ބ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

އެ ފިހާރައިން މަޢުލޫމާތުދިން ގޮތުގައި މިއީ އެ ފިހާރައިން ރާއްޖެއަށް އެތެރެކޮށް މާރކެޓްކުރާ 'ލެވިސްޓާ ކޮފީ' އިން ސްޕޮންސަރކޮށްގެން އޭދަފުށީގައި ބާއްވާ މުބާރާތެކެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށްވެސް ބުންޏެވެ.

ލެވިސްޓާ ކަޕްގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ އިރު، 'ލެވިސްޓާ ފުޓްސަލް ޓޯނަމެންޓު' ގެނަމުގައި އޭދަފުށީ ދާއިރާގެ ތިންރަށް ކަމަށްވާ މާޅޮސް، އޭދަފުށި އަދި ހިތާދޫއަށް ހުޅުވާލައިގެން މި ހަފްތާ ބަންދު އޭދަފުށީގައި ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ސައިކަލެއް ލިބޭއިރު ރަނަރ-އަޕް އަދި ތިންވަނަ ޓީމުގެ ކުޅުންތެރިންނަށް ދިނުމަށް ނިންމާފައިވަނީ ބައިސްކަލެވެ. އަދި މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާއަށާއި ފެއާރޕްލޭ ކުޅުންތެރިޔާއަށް ހޮންޑާ އާރުއެކްސް މޮޓޯ ސައިކަލެއް ވަނީ ހުށަހަޅާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް