އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްތިސްޤާ ނަމާދުކުރުމުގަ ސަމާލުކަން ދޭން ޖެހޭނެ ކަންތައްތަކާ ނަމާދުކުރާނެ ގޮތް: ޑރ. އިޔާޟް

އިސްތިސްޤާ ނަމާދުކުރުމުގަ ސަމާލުކަން ދޭން ޖެހޭނެ ކަންތައްތަކާ ނަމާދުކުރާނެ ގޮތް: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

އިސްތިސްޤާ ނަމާދަކީ ވާރޭ ނުވެހިގެން ނުވަތަ ހަނަފަސްކަން ވެރިވެގެން ކުރާ ނަމާދެކެވެ. މިނަމާދު ކުރުމުގެ ޙުކުމަކީ ޢިލްމުވެރިންގެ އިއްތިފާޤުން ގަދަވެގެންވާ ސުންނަތެކެވެ. އިސްތިސްޤާ ނަމާދުކުރުން ސުންނަތްވެގެންވަނީ ޖަމާއަތުގައެވެ.

 

އިސްތިސްޤާ ނަމާދުކުރުން ސުންނަތްވެގެންވާ ޙާލަތަކީ: ވާރޭ ނުވެހި ފެން ނުލިބި ގިނަ ދުވަސްވެ، ވަޅުތަކުގެ ފެން ހިނދި ދަނޑުފަގު ހަނަފަސްވުމުންނެވެ. އިސްތިސްޤާ ނަމާދުކުރުން އެންމެ ރަނގަޅީ މައިދާނުގައެވެ. އެއީ ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ) އަރިހުން އެކަން އެގޮތަށް ކުރެއްވެވި ކަމަށް ދަލީލުތަކުން ސާބިތުވާ ގޮތެވެ. ނަމަވެސް މިސްކިތުގައި އިސްތިސްޤާ ނަމާދުކުރުން ހުއްދައެވެ. ނަމާދުކުރާނެ ގޮތް:

 

އިސްތިސްޤާ ނަމާދަކީ ޢީދު ނަމާދު ފަދައިން 2 ރަކްޢަތުގެ މައްޗަށް އެކުލެވިގެންވާ ނަމާދެކެވެ. ބަނަގި އާއި ޤަމަތާއި ނުލައި އަޑުހަރުކޮށް ކުރާ ނަމާދެކެވެ. ފުރަތަމަ ރަކްޢަތުގައި ޙަރަމްބަން ތަކްބީރު ކިޔުމަށްފަހު 7 ތަކްބީރުވެއެވެ. ދެވަނަ ރަކްޢަތުގައި ރަކްޢަތުގައި ޙަރަމްބަން ތަކްބީރު ކިޔުމަށްފަހު 5 ތަކްބީރުވެއެވެ. ޚުޠުބާ ދިނުން:

މިނަމާދަށްފަހު އިމާމް މީހާ މީސްތަކުންގެ މައްޗަށް އެއް ޚުޠުބާއަށް އެކުލެވޭ ޚުޠުބާއެއް ދޭން ވާނެއެވެ. އަދި ޚުޠުބާގައި ގިނަގިނައިން ﷲ އަށް އިސްތިޣްފާރުކޮށް، ފާފަކުރުމުގެ ސުންޕާ ކަމާއި، ފާފަކުރުމުގެ ނޭދެވޭ އަސަރާއި ތައުބާވުމުގެ މުހިންމުކަން ބަޔާންކޮށް ފާފަތަކުން ތައުބާވުމަށް މީސްތަކުންނަށް ނަޞޭޙަތްތެރިވާންވާނެ އެވެ. އަދި ﷲ އަށް ތަޤްވާވެރިވުމަށާއި ގިނަގިނައިން ޞަދަޤާތް ކުރުމަށްވެސް ނަޞޭޙަތްތެރިވާން ވާނެއެވެ. ޚުޠުބާޢަށްފަހު ދުޢާ ކުރުން:

ޚުޠުބާދިނުމަށްފަހު ދުޢާ ކުރަންވާނެއެވެ. ޚުޠުބާގައި އަންނަނިވި ކަންތައްތައް ސުންނަތްވެގެންވެއެވެ.

1 ޤިބްލައަށް ކުރިމަތިލުން.

2 ޙާލަތު ބަދަލުވުމުގެ އުންމީދުގައި ލުއި ފަސޭހައިން ފުށް ބަދަލުކޮށްލެވޭ ފޭރާމެއް ގައިގައިވާނަމަ، (މިސާލަކަށް ތާކިހާ، ރުމާ، ފޮށާ، ރިދާ ފަދަ ފޭރާމެއް) އަނެއް ފުށަށް ބަދަލުކޮށްލުން.

3 ދުޢާކުރުން (މޮޅުއިތުރުވެގެންވަނީ ސުންނަތުން ވާރިދުވެގެންވާ ދުޢާތައް ކުރުމެވެ.)

4 ދެއަތް އުފުލައި އިބްތިހާލްވެ ގިނަގިނައިން އިސްތިޣްފާރުކޮށް ދުޢާ ތަކުރާރުކުރުން.

5 ނިކަމެތިކަން ހާމަވާނޭހެން ފޭރާން ލައި ޢާންމުކޮށް ޒީނަތްތެރިވާ ގޮތާއި ޚިލާފަށް ހެދުން އަޅައި މާތްﷲ ގެ ޙަޟްރަތަށް ކުއްތަންވެ ނިކަމެތިކަން ހާމަކުރުން. ދުޢާކުރުމުގައި މަޑުމޮޅިކަމާއިއެކު މާތްﷲ އަށް ޚުޝޫޢަތްތެރިވެ، އަދި ދެރަވެ، ނިކަމެތިވެ، އިޚްލާޞްތެރިކަމާއިއެކު ދުޢާކުރުން.

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް