އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރެކޯޑް ޢަދަދެއްގެ ދުވުންތެރިންނާއެކު ބެއިޖިންގ ހާފު މެރަތަން ބާއްވައިފި

ރެކޯޑް ޢަދަދެއްގެ ދުވުންތެރިންނާއެކު ބެއިޖިންގ ހާފު މެރަތަން ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ރެކޯޑް ޢަދަދެއްގެ ދުވުންތެރިންނާއެކު ބެއިޖިންގ ހާފު މެރަތަން މިއަދު ބާއްވައިފިއެވެ.

ޗައިނާގެ ޓިއަންނަމެން ސްކޮއަރ އިން ފަށާ، ބެއިޖިންގ އޮލިމްޕިކް ޕާކަށް ނިންމި މިއަހަރުގެ ދުވުމުގައި 20,000 އަށްވުރެ ގިނަ ދުވުންތެރިން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ދުނިޔޭގެ 40 ޤައުމަކުން ދުވުންތެރިން ވަނީ ބައިވެރިވެފައެވެ.

ދުވުމުގެ ފެސްޓިވަލެއްގެ ގޮތުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ދުވުމުގައި ހާފު މެރަތަންގެ ކެޓަގަރީން ފިރިހެނުންގެ ބައިން ޗައިނާގެ ލިއު ހޮންގލިއާން އެވެ. އޭނާ ރޭސް ނިންމީ 1:05:24 އިންނެވެ. ދެވަނަ އަދި ތިންވަނައަށް ރޭސް ނިންމާފައިވަނީ ކެންޔާގެ ދުވުންތެރިންނެވެ.

އަންހެނުންގެ ބައިން އެއްވަނަ ހޯދި އެތުއޯޕިއާގެ ޗެރނެޓް މިސްގަނަވް ޓަކެލޭ ރޭސް ނިންމާފައިވަނީ 1:12:21 އިންނެވެ. މި ކެޓަގަރީން ދެވަނަ ހޯދި ޗައިނާގެ މަ ޔުގުއި 1:12:31 އިން ރޭސް ނިންމި އިރު، 3 ވަނައަށް ރޭސް ނިންމި ޗައިނާގެ ޖިއޯ އަންޗިންގ ރޭސް ނިންމާފައިވަނީ 1:18:47 އިންނެވެ.

މިއަހަރުގެ ދުވުމުގައި ބައިލައްކައަށްވުރެ ގިނަމީހުން ރެޖިސްޓްރީކޮށްފައިވާ ކަމަށް ޗައިނާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. އަދި އަހަރަކަށްވުރެ އަހަރެއް މި ދުވުމުގެ ބައިވެރިންގެ ޢަދަދު އިތުރުވެ، ހޯދާ ކާމިޔާބީވެސް އިތުރުވަމުން އަންނަކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ފިޓްނެސް ފޮރ އޯލް' ޝިޢާރުގެ ދަށުން ބެއިޖިންގ ހާފު މެރަތަން ބާއްވަމުން އަންނަތާ 63 އަހަރު ވަނީ ވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް